Advertisement
ކ. މާލެ
|
11 ފެބްރުއަރީ 2020 | އަންގާރަ 13:43
ކޮމަންވެލްތު
ކޮމަންވެލްތު
ރާއްޖެއެމްވީ
ކޮމަންވެލްތު
ކޮމަންވެލްތުގެ މެމްބަރޝިޕާއިއެކު މިހާރު އެޖަމްއިއްޔާގެ 40 ގައުމަކަށް ވިސާ ނެތި ދަތުރުކުރެވޭނެ!
ދިވެހިރާއްޖެއަކީ ކޮމަންވެލްތުގެ މެންބަރު ޤައުމެއްގެ ގޮތުގައި އަލުން ކަނޑައަޅާފައިވަނީ މި ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު
ކޮމަންވެލްތު ސްކޮލަރޝިޕްތަކަށް ކުރިމަތިލެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސަވާފަ

ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ދިވެހިރާއްޖެވުމާއި ގުޅުގެން އެޖަމާޢަތުގެ މެމްބަރު 40 ގައުމަކަށް ދިވެހިންނަށް މިހާރު ވިސާ ނެތި ދަތުރުކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުގެ މެދުގައި ހެދޭ ޚާއްސަ އެއްބަސްވުންތަކުގެ ދަށުން ދިވެހިންނަށް މި 40 ގައުމަކަށް މިހާރު ދަތުރުކުރެވޭ އިރު، މިއީ އަނެއްކާވެސް ދިވެހިންނަށް ލިބިގެންދާ ބޮޑު ފަސޭހައެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި މީގެ ތެރެއިން ބައެއް ގައުމުތަކަށް ދިވެހިންނަށް ވިސާއާއި ނުލައި ކުރިން ދަތުރުކުރެވުނުނަމަވެސް، ކޮމަންވެލްތުގެ މެމްބަރު ގައުމަކަށްވުމުން ވިސާގެ އިތުރު ލުއިތަކަކާ ފަސޭހަކަތެކެއް ލިބިގެންދާނެ ކަމަށެވެ. މިނިސްޓްރީން ބުނީ އެހެން ބައެއް ގައުމުތަކަށް ކުރިންވެސް ވިސާ ލިބެމުން އައި ނަމަވެސް، ކޮމަންވެލްތުގެ މެމްބަޝިޕް ރާއްޖެއިން ދޫކޮށްލުމުން އެގައުމުތަކުން ވަނީ ވިސާގެ އެއްބަސްވުންތައް ސަސްޕެންޑްކޮށްފައެވެ.

މި ސަރުކާރު އައިފަހުން މިހާތަނަށް ގިނަ ގައުމުތަކަކުން ރާއްޖެއަށް ވިސާ ނެތި ދަތުރުކުރެވޭނެ މަގު ވަނީ ތަނަވަސްވެފައެވެ. އެގޮތުން ތައިލެންޑް، ޔޫއޭއީ، ރަޝިޔާ އަދި މޮރޮކޯ އަށް ވިސާނެތި ދިވެހިންނަށް މިހާރު ދަތުރުކުރެވޭއިރު، ލަންކާ، މެލޭޝިއާ ފަދަ ގައުމުތަކަށް ކޮމަންވެލްތުގެ މެމްޝަރިޕްއާއިއެކު ވިސާގެ އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

Advertisement

ރާއްޖެ އަލުން ކޮމަންވެލްތާއި ގުޅުމުން ދިވެހި ދަރިވަރުންނަށް ކޮމަންވެލްތު ސްކޮލަރޝިޕްތަކަށް ކުރިމަތިލެވޭނެ ގޮތް ވެސް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އެދިވަޑައިގަތުމުގެ މަތިން ހަމަޖައްސަވާދެއްވާފައެވެ.

ދިވެހިރާއްޖެއަކީ ކޮމަންވެލްތުގެ މެންބަރު ޤައުމެއްގެ ގޮތުގައި އަލުން ކަނޑައަޅާފައިވަނީ މި ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް