Advertisement
ކ. މާލެ
|
11 ފެބްރުއަރީ 2020 | އަންގާރަ 12:35
ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު
ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ގެއަށް ދައްކާ ކުލީގެ %70 ސަރުކާރުން ދިނުމަށް ގޮވާލާ ޖާބިރު ޤަރާރެއް ހުށަހަޅުއްވައިފި
ކުލީގެގޮތުގައި ރައްޔިތުން ދައްކަމުންދާ ޢަދަދު އިންޞާފުވެރި ކަމާއެކު ބަލައި، އެޢަދަދެއްގެ %70 އިންސައްތަ ސަރުކާރުން އެފަރާތްތަކަށް ލިބިގެންދާނެ ގޮތެއް ހަމަޖެއްސުން
މި ޤަރާރަކީ ބޯހިޔާވަހިކަމާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް ގޮވާލައި ހުށަހަޅާ ޤަރާރެއް

ސަރުކާރުން ފޯރުކޮށްދޭ ބޯހިޔާވަހިކަން ލިބުމާއި ހަމައަށް ފާއިތުވެގެންދާ ދުވަސްތަކުގައި ކުލީގެ ގޮތުގައި އެފަރާތްތަކުންޚަރަދު ކުރަންޖެހިފައިވާ ފައިސާގެ %70 ސަރުކާރުން އެފަރާތްތަކަށް ލިބިގެންދާނެ ގޮތްތަކެއް މިހާރުން މިހާރަށް ހަމަޖެއްސުމަށް ގޮވާލާ ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާއަށް މިޤަރާރު ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ ކުލީގެގޮތުގައި ރައްޔިތުން ދައްކަމުންދާ ޢަދަދު އިންޞާފުވެރި ކަމާއެކު ބަލައި، އެޢަދަދެއްގެ %70 އިންސައްތަ ސަރުކާރުން އެފަރާތްތަކަށް ލިބިގެންދާނެ ގޮތުގެ ހަރުދަނާ އިންތިޒާމުތަކެއް މިހާރުން މިހާރަށް ހަމަޖައްސަވައި އެމަގުން ޢަމަލު ކުރުމަށްދައުލަތުގެ މައްޗަށް ލާޒިމުކުރުމަށް ގޮވާލާކަމަށެވެ.

Advertisement

ޖާބިރު އިތުރަށް ވިދާޅުވީ މި ޤަރާރަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތަކާއެކު، މާލޭގެ ރައްޔިތުން ކުލިދެއްކުމަށް ބޮޑު ޚަރަދެއް ކުރަންޖެހިފައިވުމާއެކު، ބޯހިޔާވަހިކަމާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށްގޮވާލައި ހުށަހަޅާ ޤަރާރެއް ކަމަށެވެ.

ޖާބިރު ވިދާޅުވީ މާލޭގެ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަން ބޭނުންވެފައިތިބި ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވަޢުދަކީ ކޮންމެ ރިޔާސީ ކެނޑިޑޭޓެއްގެ ރިޔާސީ ވަޢުދެއްކަމަށެވެ.

އަދި އެ ވަޢުދު ފުއްދަވާނެކަމުގެ އުއްމީދުގައި ރައްޔިތުން އިންތިޚާބުކުރާ އެއްވެސް ސަރުކާރަކަށް 5 އަހަރުގެދައުރެއް ނިމިގެންދާއިރު، މިދެންނެވުނު މައްސަލައަށް ޙައްލެއް ގެނެސްދެވިފައި ނުވާތީއާއި، މިހާރު ހިނގަމުންމިދާސަރުކާރުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައިވެސް ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވަޢުދު ހިމެނި، އަދި އެވަޢުދު ފުއްދެވުމަށްޓަކައި 2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި 20000 (ވިހިހާސް) ހައުސިންގ ޔުނިޓް އެޅުމަށް ބަޖެޓްކޮށްފައި ވީހިނދު
ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު

މިޤަރާރުގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ މިކަން ކޮށްގެން ދައުލަތުގެ ބަޖެޓުން ދެކޮޅު ނުޖެހޭނެކަން އަޅުގަނޑަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓުން ހުރިހާ ކަމެއް ނުކުރެވޭނެކަަންވެސް އެނގިވަޑައިގަންނަވާ ކަމަށް ޖާބިރު ވިދާޅުވި އެވެ.

މިހާރު ހުޅުމާލެ ހިއްކާފައި ދިއްދޫގައި ހިއްކާފައި. ބިން ވަރަށް ބައިވަރު ހިއްކިއްޖެ. އެއިން ތަނަކުން ގޯއްޗެއްވެސް ދެނީކީ ނޫން، ވާކަމެއް ނޯވޭ. ބޮޑެތި އަގުތަކުގައި ޓެންޑަރުކޮށްގެން އެތަން ވިއްކީމާ ބޯހިޔާވަހިކަކަށް ސޮލިޔުޝަނެއް ނާދޭ. އެހެންވީމާ މި ޤަރާރުގެ ނަތީޖާއަކަށްވީ އަޅުގަނޑުމެން އެމޯޝަން އަށް ނައިސް. އަޅުގަނޑުމެން ވާހަކަދައްކައިގެން ނަތީޖާ އެއް ނެރެންވީ.
ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު

ޖާބިރު އިތުރަށް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ޖަޒުބާތުގައި ނުޖެހި ވާހަކަދައްކައިގެން މިކަމަށް ހައްލެއް ގެންނަންޖެހޭ ކަމަށެވެ. އަދި ހުރިހާ ދިވެހި ރައްޔިތުންނަށްވެސް ބޯހިޔާވަހިކަން ލިބެންޖެހޭ ކަމަށް ޖާބިރު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
12 ފެބްރުއަރީ 2020 | ބުދަ 12:14
ޑިމޮކްރަސީ
ތިންލައްކަ އެށްހާ މީހުންނަށް އެމީހަކު އުޅޭނެ ބޯހިޔާވަހިކަމެއް ލި ބޭނެ މަގު މިހާތަނަށްވެސް ސަރުކާރުތަކުން ރައްޔިތުންނަށް ފޯރުކޮށްދެވިފައި ނުވުމަކީ ބޮޑު އަރަތެއްކަމަށެވެ. ޢެކަން ކޮށްދޭން ބޭނުންނަމަ ކޮށްދެވޭނެ ބޭނުންނުވާތީ ނުކޮށްދެވެނީ