Advertisement
ކ. މާލެ
|
11 ފެބްރުއަރީ 2020 | އަންގާރަ 11:45
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒް އިސްމާއިލް
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒް އިސްމާއިލް
މިނިމަމް ވޭޖް
މަސް ނިމުމުގެ ކުރިން މިނިމަމް ވޭޖް ކަނޑައަޅަނީ!
މިނިމަމް ވޭޖް ކަނޑައެޅުމަކީ ރައީސް ސޯލިހުގެ ވައުދުފުޅެއް
މިނިމަމް ވޭޖް ކަނޑައެޅުން ލަސްވާތީ ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރި
މިނިމަމްވޭޖް ރިޕޯޓު ވަނީ ރައްޔިތުންގެ މަޖިލީހަށާއި ރައީސް ސޯލިހުއަށް އަރުވާފައި

މި ހިނގާ ފެބްރުއަރީ މަސް ނިމުމުގެ ކުރިން މިނިމަމް ވޭޖް ކަނޑައަޅާނެ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

Advertisement

މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވަނީ މި މަސް ނިމުމުގެ ކުރިން ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖްއެއް ކަނޑައެޅިގެންދާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ވަޒީފާއާއިބެހޭ ގާނޫނަށް އިސްލާހުގެނައުމާއި މިނިމަން ވޭޖު ކަނޑައެޅުމަކާއި ގުޅުމެއް ނެތް ކަމަށެވެ.

މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނެ ގޮތާ މެދު ލަފާދޭ ކޮމިޓީ ''ސެލެރީސް އެންޑް ވޭޖްސް އެޑްވައިޒަރީ ބޯޑް' ރައީސް ސޯލިޙު އެކުލަވާލެއްވީ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެންނެވެ. އެ ބޯޑުން ތައްޔާރު ކުރި ރިޕޯޓު މިހާރު ވަނީ ރައީސް ސޯލިހުއަށާއި ރައްޔިތުންގެ މަޖިލީހަށްވެސް ފޮނުވާފައެވެ.

މިނިސްޓަރ މީގެކުރިން ވިދާޅުވެފައިވަނީ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި މިނިމަމް ވޭޖު ކަނޑައެޅިގެންދާނެ ކަމަށެވެ. އެންމެ ކުޑަ މިނުން ދެވޭ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމަށް މާބޮޑަށް ވެސް ލަސްވެއްޖެ ކަމަށް ބުނެ އާއްމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

މިނިމަމްވޭޖް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ މަސައްކަތްތައް ނިންމަވާލައްވައި މެމްބަރުން ޗުއްޓީ އަށް ވަޑައިގެންނެވިއިރު ނުނިމިއޮތީ މިނިމަމްވޭޖް ބިލުގެ މަސައްކަތް އެކަންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
11 ފެބްރުއަރީ 2020 | އަންގާރަ 14:42
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
ބައްލަވާ ބަސް ކޮމެޓީ ( މިނިމަމް ވޭޖް ) އަށް ދޫމަށްޗަށް ނުފަރިތަ އަޑުވެސްނާހާ ބޭނުން ކުރާ ހިތްނުވާ އުދަގޫ ޒާތު ދިވެހި ބަހެއް ހައްދަވާ ލައްވާކަށް ނުވޭތޯ. މިސާލް : ( އަށްކިޕ ޗޮސް ) ނަމަވެސް
11 ފެބްރުއަރީ 2020 | އަންގާރަ 12:04
ހޮއި
10000ރުފިޔާ 8000ރުފިޔާ 7000ރުފިޔާ މިޔަވުރެ ކުޑަވެއްޖެއްޔާ މިރާއްޖޭ ގަދެކޮޅެނުއްޖްއްސޭނެ.......