Advertisement
ކ. މާލެ
|
11 ފެބްރުއަރީ 2020 | އަންގާރަ 12:32
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ވަކިރަށެއްގެ މީހަކަށް ވީތީ ވަކިތަނަކުން ބޯހިޔާވަހިކަން ލިބޭނެ ކަމަށް ބަޔާންކުރާ ޤާނޫނެއް ނެތް: ރައީސް ނަޝީދު
ރައީސް ނަޝީދު ވިދާޅުވީ މިމައުލޫގައި ދެކެވޭ ވާހަކަތައް އަބަދުވެސް ހުންނާނީ ވަރަށް ނާޒުކުކޮށްކަމަށް
މާލޭގެ 7000 ފްލެޓަށް ހުޅުވާލެވުނުއިރު ހުޅުވާލެވުނީ ހުރިހާ ފަރާތަކަށް ފުރުސަތު ދެވިގެން ކަމަށް ނަޝީދު ވިދާޅުވި
ރާއްޖޭގެ އެއް ރަށާއި އަނެއް ރަށާއި އަޅުވައި ކުޑާމީސްކޮށް ވާހަކަ ދެއްކުމަކީ މުޅި ރާއްޖެއަށް ގެއްލުން ބޮޑުވާނެކަމެއް

ވަކި ރަށެއްގެ ރައްޔިތަކަށްވީތީވެ, ވަކިތަނަކުން ގޯތި ނުވަތަ ބޯހިޔާވަހިކަން ލިބޭގޮތަށް އޮންނަކަމަށް ބަޔާންކުރާ އެއްވެސް ޤާނޫނެއްވެސް އަދި ޤާނޫނު އަސާސީގެ އެއްވެސް މާއްދާއެއްވެސް ނޯންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ މާލޭގައި ބޯހިޔާވަހިކަމާއި ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް ގޮވާލާ ހުށަހަޅާފައިވާ ޤަރާރުގައި ރިޔާސަތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިމައުޟޫގައި ދެކެވޭ ވާހަކަތައް އަބަދުވެސް ހުންނާނީ ވަރަށް ނާޒުކުކޮށްކަމަށެވެ. ނަޝީދު ވިދާޅުވީ ބޯހިޔާވަހިކަން ލިބެންޖެހޭނީ ޝަރުތުހަމަވާ މީހުންނަށް ކަމަށާއި، އެޝަރުތުތަކަކީ އެމީހެއްގެ ހުރި ހާލަތު ޚާއްސަގޮތެއްގައި އެމީހެއް ބިންވެރިވެފައިވާ މިންވަރު ނުވަތަ ބޯހިޔާވަހިކަން ލިބިފައިވާ މިންވަރު ކަމަށެވެ.

Advertisement

މިސާލެއްގެ ގޮތުން ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ރައްޔިތުންގެ ވަރަށް ބޮޑު އިންސައްތައެއް މިއަދު ދިއްދޫގައި ގޯތި ދިނުމަށް ހުޅުވާލިއަސް، ތޮއްޑޫގައި ގޯތިދޭން ހުޅުވާލިއަސް އަދި ކުޅުދުއްފުށީގައި ގޯތިދޭން ހުޅުވާލިއަސް ހައްޤުވާނެ ކަމަށެވެ. ނަމަވެސް ހިތާމައަކީ އެރަށްރަށުގެ ކައުންސިލްތަކަކުން އެ ފުރުސަތު ނުދެއްވުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. މާލޭގެ 7000 ފްލެޓަށް ހުޅުވާލެވުނުއިރު ހުޅުވާލެވުނީ ހުރިހާ ފަރާތަކަށް ފުރުސަތު ދެވިގެން ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިތަފާތު ކައުންސިލްތަކާއި މާލޭ ސިޓީ ކައުންސިލާއި ނުވަތަ މާލޭ ރައްޔިތުންނަށާއި މިތަފާތު ފުޅާކޮށް ފެންނަމުންދާއިރެއްގައި މިމައުލޫގައި ދެކެވޭ ވާހަކަ އަބަދުވެސް ހުންނާނީ ވަރަށް ނާޒުކުރުކޮށް. އެއް ފަރާތުން ބަލާއިރުގައި މިރަށުގައި މާލޭގައި ދިރިއެބައުޅޭ ބޯހިޔާވަހިކަން ވަރަށް ބޮޑަށް ދަތިވެފައި ތިބި މީޙުން. އެމީހުންނަށް އެހެން ރަށްރަށުން އެހެން ކޮންމެ ފަދަ ތަނަކުންވިޔަސް ބޯހިޔާވަހިކަމެއް ނުލިބޭ ގޮތަށް މިތަނުގައި ހުރި އެމީހުން ދެކޭގޮތުގައި މިތަނުގައި ހުރި އެއްޗެއް އެހެން މީހަކަށް ދޭގޮތަށް ދައްކާ ވާހަކަތަކަށް ވަރަށް ބޮޑު ހަމަނުޖެހުން އަދި ޚިލާފުއުފެދުން އައުން އަޅުގަނޑުގެ ނަޒަރުގައި އެކަށީގެންވޭ. މިއީ ވިސްނަންޖެހޭ ކަމެއް. ބަހުސްގައިވެސް އަދި ކަންކަން ނިންމުމުގައިވެސް.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

މެމްބަރުން މި ޤަރާރަށް ކުރައްވަމުން ގެންދެވި ބަހުސްތަކަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ރައީސް ވަނީ މިޤަރާރަށް ބަހުސްކުރަމުންދާއިރު ވިސްނަންވީ އެއް ކަމަކީ އެދާއިރާއަކަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރެއްގެ ރަށެއްގައި އަޅާ ފްލެޓަށް މާލޭގައި ދިރިއުޅޭ ބޯހިޔާވަހިކަމެއް ނެތް މީހުންނަށް ޝަރުތުހަމަވާނެ ކަމަށް ދެކެވަޑައިގަންނަވަންތޯ ކަމަށެވެ.

ވިސްނަންވީ ކަމަކީ ކުޑަހުވަދޫގައި އަޅާ 100 ފްލެޓަށް މާލޭގައި ދިރިއުޅޭ ބޯހިޔާވަހިކަމެއް ނެތް މީހުންނަށް ޝަރުތުހަމަވާނެ ކަމަށް ދެކި އެއުސޫލު ގެންގުޅުއްވުމަށް އެދިވަޑައިގަންނަވަންތޯ މިސާލަކަށް ދާންނޫ ދާއިރާގެ މެމްބަރ ނުވަތަ އެހެން ދާއިރާއެއްގެ މެމްބަރެއް. ހަމައެގޮތަށް މާލޭގެ ދާއިރާތަކުގެ އިއްޒަތްތެރި މެމްބަރުން އެއްބަސްވެ ވަޑައިގަންނަވާތޯ އެހެންދާއިރާތަކުގެ މެމްބަރުންނަށް މިމާލޭގައި ބޯހިޔާވަހިކަމށް ޝަރުތުހަމަވާން ޖެހޭނެ ކަމަށް. އަޅުގަނޑަށް ފެންނަފެނުމުގައި 7000 ފްލެޓް ދޫކޮށްފައި އޮތީ މިދެންނެވި އުސޫލުން އަޅުގަނޑަށް ފެންނަފެނުމުގައި މާލޭގައި ބޯހިޔާވަހިކަމަށް ދަތިވެފައިވާ ފަރާތްތަކަށް އެހެން ރަށްރަށުން ފުރުސަތު ލިބޭނަމަ އެމީހުން އެފުރުސަތުގެ ބޭނުން ހިފާނެ ކަމީ އަޅުގަނޑުގެ ހިތުގައި ޝައްކު އުފެދޭ ކަމެއް ނޫން.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖޭގެ އެއް ރަށާއި އަނެއް ރަށާއި އަޅުވައި ކުޑާމީސްކޮށް ނުވަތަ ޒުވާބު އުފެދޭގޮތަށް ވާހަކަ ދެއްކުމަކީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި މުޅި ރާއްޖެއަށް ގެއްލުން ބޮޑުވާނެކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ރަށްތަކުގައި ވަސީލަތްތައް މަދުމިންވަރަކަށް ހަމަނުޖެހުން އުފެދުން ގާތްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މާލޭގައި ބޯހިޔާވަހިކަމުގެ ދަތިކަން އުފެދި މާލޭގައި ދިރިއުޅޭ ދިރިއުޅެން އެދޭ އެންމެންނަށްވެސް ދަތިވަމުންދިޔަ މިންވަރަކަށް މި ހަމަނުޖެހުން ފުންވަމުންދާނެ ކަަމަށް ނަޝީދު ވިދާޅުވި އެވެ.

ސިޔާސީ ލީޑަރުންގެ ގޮތުގައި އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް އެއީ އެބާވަތުގެ ކަންކަން ފުޅާކުރުމަށް އަޅުގަނޑުމެން ބާރު ނޭޅުން. އަދި އެއީ އަޅުގަނޑުގެ އަމިއްލަ ދާއިރާ ނުވަތަ އަޅުގަނޑު އިންތިޚާބުވެފައިވާ ދާއިރާގެ ރައްޔިތުން ގެ ޖޯޝް އިތުރުވާނެ ކަމެއްގެ ކަމުގައި ވިޔަސްވެސް އަދި އަޅުގަނޑުގެ ކާބަފައިންގެ ޖޯޝް އިތުރުވާނެ ކަމެއްކަމުގައި ވިޔަސްވެސް އަޅުގަނޑުމެން އެކަމުގެ ތެރެއަށް ނުވަނުމަށް . އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ މިދިވެހިރާއްޖޭގެ ހާލަތާއި އަދި ރާއްޖޭގެ ކަންކަން ހަމައިން ނެއްޓިދާނެ ބާވަތުގެ އަމަލުތަކަކީ ކޮބައިކަން. ޤައުމުތަކުގެ ހަޔާތުން ގައުމުތަކުގެ ތާރީޚުން އަޅުގަނޑުމެންނަށް މިބާވަތުގެ މިސާލުތައް ބައިވަރު ފެންނަން އެބަހުރި.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

މިފަހަކަށް އައިސް މާލޭގައި އަޅާ ފްލެޓްތައް ރަށްރަށުގެ ރައްޔިތުންނަށް ދޭތީ އެކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. އަދި އެކަމާއި ގުޅިގެން އެވާހަކަތައް ދައްކާ ފަރާތްތަކަށް އަމާޒުވާ ފާޑުކިޔުންތައްވެސް ވަނީ އިތުރުވެގެން ގޮސްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
11 ފެބްރުއަރީ 2020 | އަންގާރަ 15:00
އަހްމަދު
ރަށުގައި ކުދިންނަށް ތަޢުލީމުދެވޭނެ ރަނގަޅު ސުކޫލެއް ނެތް. ފެންވަރު އެހާދަށް. ވަޒިފާއެއް ނެތް. ދެން މާލެ އައިސް ތަނެއް ކުއްޔަށް ހިފައިގެން އުމުރު ހޭދަކުރަން ޖެހިފައި މިއޮތީ. ގޯތި ކީއްކުރަންތޯ. ފްލެޓް ދެންޠާ ދީ. ނުދެންޔާ ނުދީ