Advertisement
ކ. މާލެ
|
11 ފެބްރުއަރީ 2020 | އަންގާރަ 10:10
ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ އާ ފަތްކޮޅު ހަވާލުކުރުމުގެ ތެރެއިން
ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ އާ ފަތްކޮޅު ހަވާލުކުރުމުގެ ތެރެއިން
ރައީސް އޮފީސް
ރައްޔިތުންގެ މަޖިލިސް
ޖެންޑަރ މިނިސްޓަރ އައިޝާގެ ނަން ދިރާސާކުރުމަށް ކޮމިޓީއަށް
މިނަމަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މަޖިލީހަށް ވަނީ ފޮނުއްވާފައި
ނަން ދިރަސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް

ޖެންޑާ މިނިސްޓަަރު ކަމަށް ދާދި ފަހުން އައްޔަން ކުރެެއްވި އައިޝަތު މުހައްމަދު ދީދީ (އައިޝާ)ގެ ނަން ދިރަސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި މިނަން ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައިމިވަނީ މިނަމަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މަޖިލީހަށް ފޮނުއްވުމުންނެވެ. ޖެންޑަރ މިނިސްޓަރ ކަމަށް އައިޝާ އައްޔަނުކުރެއްވީ އެމަގާމުގައި ހުންނެވި ޝިދާތާ ޝަރީފް އިސްތިޢުފާ ދެއްވުމާއި ގުޅިގެންނެވެ.

Advertisement

ޖެންޑާ މިނިސްޓަރު ކަމަށް އައްޔަންކުރެއްވުމުގެ ކުރިން އާއިޝާ ހުންނެވީ އިންޑިއާގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމުގަ އެވެ. މީގެއިތުރުން ރައީސް މައުމޫނުގެ ސަރުކާރުގައި އައިޝާ ވަނީ ޖެންޑާ މިނިސްޓަރުކަން ކުރައްވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް