Advertisement
ކ. މާލެ
|
11 ފެބްރުއަރީ 2020 | އަންގާރަ 10:12
ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށެއް
ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށެއް
ޓުއަރިސްމް މިނިސްޓްރީ
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް
އެމްއެމްޕީއާރްސީއަށް ދޫކުރި ތަންތަނުގެ އެގްރީމަންޓް ހޯދަން ހުށައެޅި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފި
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް މި މައްސަލަ ހުށައެޅީ މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ފަރާތުން
މައްސަލަ ރައްދުވަނީ މިނިސްޓްރީ އޮފް ޓޫރިޒަަމްއަށް
އެމްއެމްޕީއާރްސީއިން ދޫކޮށްފައިވާ ގިނަ ތަންތަން ލީސްކޮށްފައި ހުރީ ނުއަގުގައި

ޓޫރިޒަމް މިނިސްޓްރީން އެމްއެމްޕީއާރްސީ އަށް ދޫކޮށްފައިވާ ރަށްތަކުގެ ލީސް އެގްރީމަންޓް ހޯދަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށައަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް މި މައްސަލަ ހުށައެޅީ، މޯލްޑިވްސް ޓްރޭޑް ޔޫނިއަނުންނެވެ. އަދި މި މައްސަލަ ރައްދުވާ ފަރާތަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އެވެ.

Advertisement

މޯލްޑިވްސް ޓްރޭޑް ޔޫނިއަނުން ހުށައަޅާފައިވަނީ، އެމްއެމްޕީއާރްސީއަށް ޓޫރިޒަމް މިނިސްޓްރީން ދޫކޮށްފައި ހުރި ރަށްތަކުގެ މައުލޫމާތާއި، އެ ރަށްތައް ދޫކުރުމަށް ދެ ފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުންތަކުގެ ތަފްސީލް ހޯދުމަށެވެ. އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި އަޑުއެހުން އޮންނާނީ، އަންގާރަ ދުވަހުގެ 10:30 ގައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ކޮރަޕްޝަނާ ގުޅުންހުރި މައްސަލަތައް ބަލާ ކޮމިޝަނުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، 49 ރަށް/ފަޅު ގެ ލީސް އެގްރީމަންޓް ވަނީ ހަދާފައެވެ. މިއީ ހުސް ނުއަގުގައި ވިއްކާފައި ހުރި ތަންތަން ކަމަށާއި، މި ރަށްތަކުގެ ހަމައަގު ކުރުމުން ދައުލަތަށް ޖުމްލަ 220 މިލިއަން ޑޮލަރު ލިބެންޖެހޭ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް