Advertisement
ކ. މާލެ
|
11 ފެބްރުއަރީ 2020 | އަންގާރަ 01:36
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ޤުރުއާން މާއްދާއިން އިމްތިހާނު ދޭތީ ބެލެނިވެރިންގެ ކަންބޮޑުވުންތައް ބަޔާންކޮށް މަޖިލީހަށް ޕެޓިޝަނެއް
މި ޕެޓިޝަން ވަނީ ޕެޓިޝަން ކޮމިޓީއަށް ފޮނުވާފައި

މިއަހަރު ގްރޭޑް 10 ގައި ކިޔަވާ ކުދިންނަށް ތައްޔާރުވުމަށް ވަގުތު ނުލިބި ޤުރުއާން މާއްދާއިން އެސް.އެސް.ސީ އިމްތިހާން ދިނުމާ މެދު ބެލެނިވެރިންގެ ކަންބޮޑުވުންތައް ބަޔާންކޮށް ހަދާފައިވާ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިޕެޓިޝަންގައި ސޮއިކުރައްވާފައިވަނީ މަކުނުދޫ ދާއިރާގެ މެންބަރ މުޙައްމަދު ރާއީ އެވެ. މިޕެޓިޝަންގެ ތަފުސީލު މަޖިލީހުގެ ޖަލްސާގައި ދެއްވަމުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މި ޕެޓިޝަންގައި ހެނބަދޫ ސްކޫލުން 33 ބެލެނި ވެރިޔަކާއި، ކަލާފާނު ސްކޫލުން 64 ބެލެނިވެރިޔަކާއި، މަޖީދިއްޔާ ސްކޫލުން 7 ބެލެނިވެރިޔަކާއި، އަޙްމަދިއްޔާ ސްކޫލުން 15 ބެލެނިވެރިޔަކާއި، ޖަމާލުއްދީން ސްކޫލުން 9 ބެލެނިވެރިޔަކާއި، ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލުން 53 ބެލެނިވެރިޔަކާއި، އަމީނިއްޔާ ސްކޫލުން 25 ބެލެނިވެރިޔަކާއި، ތާޖުއްދީން ސްކޫލުން 2 ބެލެނިވެރިން ސޮއިކޮށްފައިވާ ކަމަށެވެ.

އަދި އިސްކަންދަރު ސްކޫލުން 20 ބެލެނިވެރިން، ރެހެންދި ސްކޫލުން 11 ބެލެނިވެރިން، ހުރަވީ ސްކޫލުން 47 ބެލެނިވެރިން، ބްރައިޓްވޭ ސްކޫލުން 14 ބެލެނި ވެރިން، ޣާޒީ ސްކޫލުން 18 ،ހަނިމާދޫ ސްކޫލުން 1 ބެލެނިވެރިޔަކު، ޣިޔާޡުއްދީނުން 3 ބެލެނިވެރިން، ބްރިޖު ލަރނިންގުން އެއް ބެލެނިވެރިޔަކު، އަދި ވިލާއިން 01 ބެލެނިވެރިޔަކާ އެކުގައި މުޅި ޖުމުލަ 400 ބެލެނިވެރިން މި ޕެޓިޝަންގައި ސޮއިކޮށްފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement

މި ޕެޓިޝަންގައި ޚާއްޞަ ގޮތެއްގައި ފާހަގަކުރަނީ ތިން ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

2020 ގައި ގްރޭޑް 10 ގައި އުޅޭ ކުދިން ސްޓްރީމްތައް ކަނޑައެޅި އިރު، ކިޔަވަންޖެހޭ މަޖުބޫރު މާއްދާތަކާއި އޮޕްޝަނަލް މާއްދާތަކުގައި ޤުރުއާން މި މާއްދާ ހިމެނިފައިނުވާއިރު، ކުއްލިޔަ ކަށް މި ކުދިންނަށް މި މާއްދާ މަޖުބޫރުކުރަން އުޅުން. ދަރިވަރުންނާއި ޓީޗަރުން ތަމްރީނުނުކޮށް ކުއްލިއަކަށް ޤުރުއާން މާއްދާއިން ޤައުމީ ފެންވަރުގެ އިމްތިހާނެއް ބޭއްވުމަށް ކަނޑައެޅުން. ދަރިވަރުން މި އިމްތިހާނަން އަހުލުވެރިވެފައިނެތުން. ކުދިންނަށް ސްކޫލުތަކުން ކިޔަވައިދިން ގޮތާއި، އެސް.އެސް.ސީ އިމްތިހާން ދޭން ކަނޑައެޅިފައި އޮތް ގޮތް ތަފާތުވުން. މިގޮތުން، މަޚްރަޖުތަކުންނާއި ތަޖުވީދުން ޓެސްޓުކުރަން ކަނޑައަޅާފައިވާ ގޮތާއި ، ސްކޫލުތަކުން ކިޔަވައިދީފައިވާ ގޮތް ތަފާތުވުމުގެ އިތުރުން، ބަލައިގެން ކިޔަވަން އޮތް ބައި ބޮޑުވުން. ދަރިވަރުން އިމްތިހާނަން ތައްޔާރުވެފައިނެތުމުން އިމްތިހާނަން ތައްޔާރުވާން ވަގުތު ބޭނުންވޭ. އޭގެ ސަބަބުން 2020ގައި ކިޔަވަމުންދާ އެހެން މާއްދާތަކަށް ބުރޫ އެރުން.
ރައީސް މުހައްމަދު ނަޝީދު/ މަޖިލީހުގެ ރައީސް

މީގެއިތުރުން ޤުރުއާނަކީ މުސްލިމުން އެންމެ ބޮޑަށް އިހުތިރާމުކުރަންޖެހޭ މުސްލިމުންގެ ދުސްތޫރަށް ވީހިނދު، ދަރިވަރުން ލައްވާ ކުއްލި ގޮތަކަށް މި އިމްތިހާން ހައްދާންޖެހުމުން ޤުރުއާނަށް އޮންނަ ލޯބި ކުޑަވެގެންދާނެކަމުގެ ބިރު އެ ބެލެނިވެރިންނަށް ހީވެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މިކަންބޮޑުވުންތަކާއެކު މި ޕެޓިޝަން ޕެޓިޝަން ކޮމިޓީއަށް ފޮނުވާކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް