Advertisement
ކ. މާލެ
|
11 ފެބްރުއަރީ 2020 | އަންގާރަ 00:05
ރައްޔިތުންގެ މަޖިލީހުގެ ރައީސް ، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް ، ރައީސް މުހައްމަދު ނަޝީދު
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މާފުށީގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ފަތުރުވެރިޔާގެ ކިބައިން މަޖިލީހުން މަޢާފަށް އެދެފި
ޕޮލިސް ކޮމިޝަނަރުވެސް ސިސީލިޔާގެ ކިބައިން މާފަށް އެދިވަޑައިގެންފައިވާކަން ވެސް ނަޝީދު ފާހަގަ ކުރެއްވި
ރައީސް ނަޝީދު ވިދާޅުވީ އެކަން ހިނގާ ދިޔަގޮތުގެ ތަފްސީލް ހޯމް މިނިސްޓަރުގެ ކިބައިން ވެސް ލިބިވަޑައިގެންފައިވާ ކަމަށް

ކ. މާފުށީގައި ބިކިނީލައިގެން އުޅެނިކޮށް ހައްޔަރުކުރި، އިނގިރޭސިވިލާތުގެ ފަތުރުވެރިޔާ ސިސީލިޔާ ޖަސްޓްޒެމްބްސްކާ ކިބައިން ރައްޔިތުން މަޖިލީހުން މަޢާފަށް އެދޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި އިނގިރޭސިބަހުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފަތުރުވެރިޔާއާ ގުޅޭ ގޮތުން ހިނގާދިޔާ ކަންތައްތަކާ ގުޅިގެން ސިސީލިއާގެ ކިބައިން މަޖިލީހުން މަޢާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ޕޮލިސް ކޮމިޝަނަރުވެސް ސިސީލިޔާގެ ކިބައިން މަޢާފަށް އެދިވަޑައިގެންފައިވާކަން ވެސް ނަޝީދު ފާހަގަ ކުރެއްވި އެވެ. މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ އެކަން ހިނގާ ދިޔަގޮތުގެ ތަފުޞީލު ހޯމް މިނިސްޓަރުގެ ކިބައިން ވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ.

އަޅުގަނޑު އުންމީދުކުރަން، ޓޫރިޒަމް މިނިސްޓަރު، ސިސީލިޔާ އަށް އަލުން ރާއްޖެ އައުމަށް، މާފުށީގައި ޗުއްޓީ ހޭދަކުރުމަށް ދައުވަތު ދެއްވާނެ ކަމަށް
ރައީސް މުހައްމަދު ނަޝީދު/ މަޖިލީހުގެ ރައީސް

އިނގިރޭސިވިލާތުގެ ނޫސްތަކުން ބުނާގޮތުންނަމަ، 26 އަހަރުގެ ސިސީލިޔާއަކީ ޓްރެވަލް ބްލޮގަރެއްގެ އިތުރުން، އެ ޤައުމުގެ ޕާލަމަންޓުގެ އެޑްވައިޒަރެއް އަދި ބައެއް މަޝްހޫރު ޓީވީ ޝޯވތަކުގައި ވެސް ބައިވެރިވެފައިވާ ފަރާތެކެވެ.

ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެފައިވަނީ ފަތުރުވެރިޔާ ހައްޔަރުކުރުމުގައި ފުލުހުން ޢަމަލުކުރި ގޮތަކީ މުޅިން ނުބައި ގޮތެއް ކަމަށް ދެންނެވެން ނެތް ކަމަށެވެ. އެހެން ނަމަވެސް އެ ޙާލަތު އެއަށް ވުރެ ރަނގަޅަށް ފުލުހުންނަށް ހޭންޑްލް ކުރެވޭނެ އެވެ.

އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑުން އަންނަނީ މިހާރު ތަހުޤީޤުވެސް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް