Advertisement
ކ. މާލެ
|
11 ފެބްރުއަރީ 2020 | އަންގާރަ 00:17
ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް، ފަލަ ސުރުހީ ޕްރޮގްރާމްގައި
ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް، ފަލަ ސުރުހީ ޕްރޮގްރާމްގައި
ރާއްޖެއެމްވީ
ފަލަ ސުރުހީ
ގޯސްކޮށް ކަންތައްތަކެއް ކުރެވިފައި އެބަހުރި، އިސްލާހުކުރަން ފުރުސަތުދީ: ޑރ. ޝަމީމް
އެއްވެސް ކަމެއްގައި އިހުމާލުވެފައި ނޯއްނާނެ: ސީއެސްސީގެ ރައީސް
ކޮމިޝަންގެ މަސައްކަތަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށް ވިދާޅުވި
ޖަވާބުދާރީވާން ފުރުސަތު ދިނުން އެދެން: ޑރ. އަލީ ޝަމީމް

ގޯސްކޮށް ކަންތައްތަކެއް ކުރެވިފައި އެބަހުރި ކަމަށާއި، އެކަންތައް އިޞްލާޙު ކުރަން ފުރުޞަތު ދިނުމަށް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމް އެދިވަޑައިގެންފިއެވެ.

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ހުރިހާ ވަޒީރުންވެސް ވަނީ ސީއެސްސީގެ މަސައްކަތް ލަސްކަން ފާހަގަކުރައްވާއެވެ. އަދި އެކަމާއި ގުޅިގެން ޑރ. ޝަމީމް ހިމެނިވަޑައިގަންނަވާ ގޮތަށް ސީއެސްސީގެ ހަތަރު މެންބަރަކު މަޤާމުން ވަކިކުރުމަށް ފެންނަ ކަމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. ކޮމިޓީން ނންމި ނިންމުމާއި މެދު ދެކިވަަޑައިގަންނަވާ ގޮތް ރާއްޖެޓީވީގެ ''ފަލަސުރުޚީ'' ޕްރޮގުރާމުގައި ހިއްސާކުރައްވަމުން ސީއެސްސީގެ ރައީސް ވިދާޅުވީ، ކޮމިޓީން އެހެން ނިންމީތީ، އެކަމާއި ހިތާމަކުރައްވާކަމަށެވެ.

އޭނާ ވިދާޅުވީ، ދައުލަތުގެ އެކި މުއައްސަސާތަކުގައި މިހާތަނަށް މަސައްކަތް ކުރައްވާފައިވަނީ ލިޔާޤަތާއި ޤާބިލިއްޔަތުކަން އެންމެ ފުންމިނަށް ތަންދިން ގޮތަށް ކަމަށެވެ. އެކި ދާއިރާތަކުން ކިޔަވާ ވިދާޅުވެފައިވާ ބޭފުޅެއްކަން ފާހަގަކުރައްވަމުން ޑރ. ޝަމީމް ވިދާޅުވީ، މިހާ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވީތީ، އެ ގޮންޖެހުންތައް ބަލައިގަންނަނީ ފިލާވަޅެއްގެ ގޮތުގައި ކަަމަށާއި، އެ ކޮމިޝަނުގައި ހުރިކަންތައް އަދިވެސް މަޝްވަރާ ކޮށްގެން ޙައްލު ކުރެވިދާނެ ކަމަށެވެ.

Advertisement

މީގެ ކުރިން މަޖިލީހުގެ ކޮމިޓީތަކަށް ސީއެސްސީ ހާޒިރުކުރެވުނު އިރު އެ ކޮމިޝަނަށް ދިމާވެފައިވާ ދަތިތައް ޙިއްސާކުރައްވާފައިވާކަން ފާހަަކުރައްވަމުން ޝަމީމް ވިދާޅުވީ، އެކަންތައްތަކަށް މިހާތަނަށް އައިއިރުވެސް ޙައްލެއް ލިބިފައިނުވާ ކަމަށެވެ.

އެ ސަބަބުތަކާއި ހެދި ބައެއް މައްސަލަތައް ދިގުލައިގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. ސިއެސްސީ އަކީ ފަސް މެންބަރުންގެ މައްޗަށް ހިމެނޭ ކޮމިޝަނަކަށްވާއިރު އެ ކޮމިޝަނުގައި މުވައްޒަފުން މަދުކަމަށް ޝަމީމް ވިދާޅުވިއެވެ.

އެ ކޮމިޝަންގައި ކުރިން މެންބަރުންނާ ތިބެނީ އެކި ޑިޕާރޓްމެންޓް ހަވާލުކޮށްފައެވެ. އެކަމަކު އެކަންތައް ބަދަލުކޮށްލީ އެކިއެކި އިލްޒާމުތައް މެންބަރުންގެ ބޮލުގައި އެޅެމުންދާތީ ކަމަށެވެ. ކުރިން އޮތް ގޮތަށް ބަހާލެވިގެން ކުރިޔަށް ގެންދިޔުން މުހިންމުކަން ޑރ. ޝަމީމް ފާހަގަކުރެއްވިއެވެ.

ބައެއް ކަހަލަ ކަންތައްތައް އެބަހުރި އަޅުގަނޑުމެންގެ އަތުން ބޭރުވިޔަސް، އަޅުގަނޑުމެން ދިފާއުގައި ދައްކަނީ މުޅިން އެހެން ވާހަކައެކޭ ނުބުނެވޭނެ. އެކަމަކު އަޅުގަނޑުމެން މައްސަލައެއް ހުރިއްޔާ އެކަން ބަލައި، ހިތުން ރުުހުމުން ބަލައިގަންނަން އަޅުގަނޑުމެންގެ ކިބާގައި ހުރިކަންތައް ގޯސްވެއްޖެއްޔާ އެކަންކަން ރަނގަޅު ކުރުމަށް ފުރުސަތު ލިބުމަށްވެސް އަޅުގަނޑުމެން އެދެން
ޑރ. އަލީ ޝަމީމް ~ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް

ޑރ. ޝަމީމް ވިދާޅުވީ، އެއްވެސް ކަމެއްގައި އެ ކޮމިޝަނުގެ ރައީސްގެ ހައިޞިއްޔަތުން އެއްވެސް އިރެެއްގައި އިހުމާލުވެފައި ނުވާނެ ކަމަށާއި، ހާޒިރީ އަށް ބެލިޔަސް އެންމެ ގިނަ ދުވަހު ކޮމިޝަނަށް ހާޒިރުވެ މަސައްކަތް ކޮށްފައިވާނެ ފަރާތައް އޭނާ ވެގެންދާނެ ކަމަށެވެ. އަދި ކޮމިޝަނުން ނިންމާފައިވާ ގިނަ ނިންމުންތަކަކީ މެންބަރުންގެ އަޣުލަބިއްޔަތުން ނިންމި ނިންމުންތައް ކަމަށް ވިދާޅުވިއެވެ.

ހޯމަ ދުވަހު ކޮމިޓީގައި ސަރުކާރުގެ ވަޒީރުން ސީއެސްސީއާ ބެހޭ ގޮތުން ދެއްކި ވާހަކަތަކަށް އިޝާރާތް ކުރައްވާ ޝަމީމް ވިދާޅުވީ، ވަޒީރުންގެ ކަންބޮޑުވުން ހުރިހާ ފަރާތްތަކުން ބަލައިގަންނަން ޖެހޭ ކަަމަށެވެ.

ސީއެސްސީގެ ކަންބޮޑުވުންތައް އެ ކޮމިޝަނުގެ ރައީސް ހިއްސާކުރައްވާފައިވާއިރު، ކޮމިޓީން ނިންމި ނިންމުން މަޖިލީހުގެ ތަޅުމަށް ހުށައަޅާނެއެވެ. އެއަށް ފަހު ވަކިވަކިން ކޮންމެ މެންބަރަކަށް ޖަވާބުދާރީވުމުގެ ފުރުޞަތުވެސް ލިބޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
11 ފެބްރުއަރީ 2020 | އަންގާރަ 18:38
މޓޒ
ހަމައެކަނި އޭވިއޭޝަން ކޮމާންޑު އިން ކަޑާލި 8 މުވައްޒަފުންގެ މައްސަލަޔަށް ބެލިޔަސް ސިވިލް ސަރވިސް ކޮމިޝަންގެ އެމްމެހައި މެންބަރުން އެއްވެސް ފުރުސަތެއް ނުދީ ވަކިކުރަން ޖެހޭ.
11 ފެބްރުއަރީ 2020 | އަންގާރަ 08:29
ހސނ
އިދާރީ ބައެއް މުވައްޒަފުން ބަދަލު ނުވެ ކިތަންމެގާބިލު މެންބަރުން ލިޔަސް ތި އިދާރާ ރަގަޅެއްނުވާނެ. މިޒަމަނުގައި އެހެންމީހުން ކަންކަން ކުރާގޮތް ބަލާ ދިރާސާކޮށް ކަންކަން ރަގަޅުކުރުމުގެ ގާބިލުކަންހުރި މުވައްޒަފުން އެތާކުނެތް. ކުރާހާ ވެސް ކަމަކީ ކުރިން ކަންކަން ކުުރަމުން އަންނަގޮތް ބަދަލުކޮށް ކަންކަން ރަގަޅުކުރަން މަސައްކަތްކުރާ ގާބިލު މުވައްޒަފުން ބޭރުކުރުކޮށް ނާޖާއިޒު ފައިދާނެގުން. މިހާރު ހިންގަމުންއަންނަގޮތަށް މެމްބަރުން އިދާރީ މުވައްޒަފުންނަށް ވެގެން ވެސް ރަގަޅެއްނުކުރެވޭނެ. އެއިދާރާ ހިންގާގޮތް އެއްކޮށް ބަދަލުނޮކޮށްވެސް ރައްޔިތުންނަށް ފައިދާއެއް ނުކުރާނެ. ނުފޫޒުގަދަ ސިޔާސީ މީހުން ބޭނުންވާ މީހުންނަށް ވަޒީފާދޭން އޮންނަތަނަކަށްވެގެންވެސް ރަގަޅުނުކުރެވޭނެ. ޕާމަނެންޓް ސެކްރެޓަރީން ވަޒީރުން ހިތާވާ ޕާރސަނަލް ސެކެރެޓަރީންނަށް ވާންޖެހޭ ގޮތަށް އޮތުމުން ވަޒީރު ބަދަލުވުމުން އަލަށް އަންނަ ވަޒީރު ހިތާވާ ޕާރސަނަލް ސެކެރެޓަރީއެއް ހޯދަންޖެހޭނެ. މެމްބަރުން މަސައްކަތްކުރަން އެންމެ ރަގަޅުގޮތަކީ ސިޔާސަތު ކަނޑައަޅާ އެ ސިޔާސަތުތައް ތަންފީޒްވޭތޯ ބަލާބަޔަކަށް.