Advertisement
ކ. މާލެ
|
10 ފެބްރުއަރީ 2020 | ހޯމަ 23:12
މިޔަރު ގިނަވެ މަސްވެރިންނަށް އުނދަގޫވަމުން އަންނަކަމަށް މަސްވެރިން ބުނޭ
މިޔަރު ގިނަވެ މަސްވެރިންނަށް އުނދަގޫވަމުން އަންނަކަމަށް މަސްވެރިން ބުނޭ
ސޯޝަލް މީޑިއާ
ރައްޔިތުންގެ މަޖިލިސް
މިޔަރުގެ މަސްވެރިކަމަށް ހުޅުވާލެވޭނީ އެކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު :މިނިސްޓަރ
މިނިސްޓަރ ވިދާޅުވީ މިޔަރު މަސްވެރިކަމަށް ހުޅުވާލުމަށް ގިނަ ފަރާތްތަކަކުން އެދެމުންދާ ކަމަށް
މިޔަރުގެ މަސްވެރިކަން މަނާކުރިއިރު ރާއްޖޭގައި މިޔަރުގެ ހާލަތެއް ބަލާފައެއް ނުވާކަމަށް މިނިސްޓާރ ވިދާޅުވި
މިނިސްޓަރ ވިދާޅުވީ ތަފާސް ހިސާބަށް ބިނާވެގެން ނޫނީ މިކަހަލަ ކަމެއް ހުޅުވާ ނުލެވޭނެކަމަށް

ރާއްޖޭގައި މިޔަރު ގިނަވެ މަސްވެރިންނަށް އެކަމުގެ އުނދަގޫވަމުންދާތީ އެކަމުގެ ޝަކުވާ ލިބެމުންދާކަމަށާއި ނަމަވެސް މިޔަރުގެ މަސްވެރިކަމަށް ހުޅުވާލެވޭނީ އެކަމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު ކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިޔަރުގެ މަސްވެރިކަަމަށް ހުޅުވާލައްވާނެތޯ މެންބަރުން ސުވާލު ކުރެއްވުމުން މިނިސްޓަރ ވިދާޅުވީ މިޔަރު މަސްވެރިކަމަށް ހުޅުވާލުމަށް ގިނަ ފަރާތްތަކަކުން އެދެމުންދާ ކަމަށެވެ. މަސްވެރިންނަށް ދިމާވާ ގޮންޖެހުމެއްގެ ގޮތުން މިވާހަކަ ދެކެވޭކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިޔަރުގެ މަސްވެރިކަން މަނާކުރި އިރު ރާއްޖޭގައި މިޔަރުގެ ޙާލަތެއް ބަލާފައި ނުވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

Advertisement

މިޔަރަކީ އުފެދި ބޮޑުވުމަށް ގިނަ ދުވަސްނަގާ މަދުން ދަރިމައިވާ ބާވަތެއް ކަމަށްވޭ އޭރު. އޭރުގެ ހާލަތު އެއީ. މިހާރުގެ ހާލަތު ބެލުމަށް މަސައްކަތް ކުރަމުންމިދަނީ. މަސްވެރިންގެ ފަރާތުންވެސް ވަރަށް ބޮޑު ޝަކުވާއެއް އާދޭ. މިފަދަ މައުލޫމާތު ލިބޭނެ ކަހަލަ ގޮތަކަށް މިކަން ބައްޓަންވާންޖެހޭ. ތަފާސް ހިސާބު ނެގުމުގެ މަސައްކަތްތައް ކުރުމުގައި އިލެކްޓްރޯނިކް ލޮގް ފޮތެއް ތަޢާރަފްކޮށްފައިވާނެ. މިމައުލޫމާތުތައް އެކަށީގެންވާ ގޮތަކަށް ލިބެންޖެހޭ
ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު

މިނިސްޓަރ ވިދާޅުވީ ތަފާސް ހިސާބަށް ބިނާވެގެން ނޫނީ މިކަހަލަ ކަމެއް ހުޅުވާ ނުލެވޭނެކަމަށެވެ. ތިމާވެށީގެ ގޮތުން ރާއްޖެއަށް ކުރާނީ ކޮންކަހަލަ އަސަރުތަކެއްތޯ ވެސް ވިސްނަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި މިހާރު ކަނޑުފަޅުގެ ދިރާސާއެއް ކުރަމުންދާ ކަމަށާއި މިމަސައްކަތުގައި 690 ގަޑިރުގެ މިޔަރު އުޅޭތޯ ނޫޅޭތޯ ބެލުމަށް ސަރވޭކޮށްފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އިންސާނުންގެ ފުށުންވެސް މިޔަރުގެ އުޅުމަށް ބަދަލުތަކެއް އަންނަކަމަށެވެ. އެގޮތުން ބައެއް ރިސޯޓްތަކުން ޑަސްބިންތައް ބަންޑުންޖަހާ މިޔަރަށް ކާންދޭ ކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ. މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭން އެކުލަވާލަމުންދާއިރު މިކަމާއި ގުޅޭގޮތުން އިތުރަށް ވަކާލާތުކުރަމުންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިޔަރު ގިނަވެ މަސްވެރިކަން ކުރުމަށް މަސްވެރިންނަށް ގިނަ ގޮންޖެހުންތައް ކުރިމަތިވަމުންދާކަން މަސްވެރިން ފާހަގަކުރަމުންދާތާ ދުވަސް ތަކެއް ވަނީ ވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
10 ފެބްރުއަރީ 2020 | ހޯމަ 23:52
މިޔަރުބައްޕަ
500 މީޓަރު 400 މީޓަރު ފުނުގަ އުޅޭ މިޔަރު ރަށްރަށު ފަޅުބޭރަށް އަޜާނެ ކަމަކަށްނުބެލެވޭ ފުނުން މިޔަރު ބޭނުމަކީ މިޔަރު ފަޅުތަކު ކައިރިން މަދުވާނެ ކަމެތްނޫން ސަބަބަކީ ފަޅު ކައިރީގަ އުޅެނީ ކުދި މަޔަރު އެއެތްޗެ ހި ނުބޭނިޔަސް 500 މީޓަރު އަޑިން ރަށާ 40 މޭލު ބޭރުން މިޔަރު ބޭނިޔަސް އެކަމުގެ އަސަރު ނުކުރާނެ ފަތުރުވެރިކަަކަށް މީމަގޭ ދިރާސާއިން ދައްކާގޮތް