Advertisement
ކ. މާލެ
|
10 ފެބްރުއަރީ 2020 | ހޯމަ 19:35
އިގްތިސާދީ ކޮމެޓީގެ ތެރެއިން
އިގްތިސާދީ ކޮމެޓީގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
މަސްވެރިން
މަސްވެރިންނަށް ހަމަ އަގު ނުލިބޭ މައްސަލާގައި ކަމާ ބެހޭ މުއައްސަސާތައް ކޮމެޓީއަށް!
މަސްވެރިންނަށް ހަމައަގު ނުލިބޭ މައްސަލަ ބޮޑު
މަސްވެރިން ކުރާ މަސައްކަތުގެ އަގު ދޭންޖެހޭ
މަސްވެރިންނަށް ހަމައަގު ދިނުމަކީ މިސަރުކާރުގެ ވައުދެއް

މަސްވެރިންނަށް ހަމަ އަގު ނުލިބޭ މައްސަލާގައި ކަމާބެހޭ މުއައްސަސާތައް އިޤުތިޞާދީ ކޮމެޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.

މަސްވެރިންނަށް ހަމަ އަގު ނުލިބޭ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު(ޓޮމް) އެވެ.

މަސްވެރިންނަށް ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަކީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދެއް ކަން ފާހަގަކުރައްވާ ކޮމެޓީގައި މުޤައްރިރު ކަން ކުރައްވާ އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުސައިން ވިދާޅުވީ، ސަރުކާރުން ވެފައިވާ ވަޢުދުގައި ހަމަ އަގުކަމުގައި ބަޔާންކޮށްފައިވަނީ މިހާރު މަހުގެ އަގު ހުރި ކަމަށްވާ ބޮޑު ކަންނެލި ކިލޯއެއް 45 ރުފިޔާއާއި 35 ރުފިޔާ ތޯއާއި، އަދި ކަޅުބިލަމަހުގެ ކިލޯއެއް 19 ރުފިޔާއާ 12 ރުފިޔާގެ ދެމެދުގައި ތޯ ބަލަން ޖެހޭ ކަމަށެވެ.

Advertisement

އެގޮތުން މިމައްސަލައާ ބެހޭ ގޮތުން ކޮމެޓީގައި ވާހަކަދައްވަމުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވިދާޅުވީ މަސްވެރިންނަށް ހަމަ އަގު ނުލިބޭ މައްސަލައަކީ މުޅި ޤައުމަށް ދިމާވެފައިވާ މައްސަލައެއް ކަމަށެވެ. މަސްވެރިންނަށް ހަމަ އަގެއް ހޯދައިދިނުމަކީ ހުރިހާ ސަރުކާރަކުންވާ ވަޢުދެއް ނަމަވެސް އެއްވެސް ސަރުކާރަކުން މިކަން ހަޤީޤަތަކައް ހަދާދިފައިނުވާކަން މެންބަރު ފާހަގަކުރެއްވިއެވެ.

މެންބަރު ޒަރީރު ވިދާޅުވީ މަސްވެރިކަމުގެ ދާއިރާގެ ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށާއި، ފާއިތުވެދިޔަ 05 އަހަރު ދުވަހު މިފްކޯ ވެސް 810 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށެވެ.

މިފާއިތުވެދިޔަ 05 އަހަރުގެ ތެރޭގައި ބޮޑެތި ގެއްލުންތަކެއް ވެފައި އެބަހުރި. އަޅުގަނޑުމެން ޖެހޭ މިމައްސަލަތައް ދެނެގަނެ ހައްލު ހޯދަން. މަސްވިއްކުމަށްޓައި އިތުރު ބޭރުގެ މަރކެޓްތަކެއް ހޯދަން އެބަޖެހޭ. ސަރުކާރުން ފައިދާވާ ގޮތަށް ކުންފުނިތަކުން މަސައްކަތް ކުރަންޖެހޭ.
މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ މަސްވެރިންނަށް އެމީހުން ކުރާ މަސައްކަތުގެ އަގު ހޯދައިދޭންޖެހޭ ކަމަށެވެ. ނަމަވެސް މަސްވެރިކަން ރަނގަޅުވާ މޫސުމެއްގައި މަސްކިރޭނެތޯ ސުވާލު އުފައްދާ މަސްވެރިން ކަންބޮޑުވުންފާޅުކުރާ ކަމަށެވެ.

މިމައްސަލާގައި ކޮމެޓީން ނިންމީ ކަމާބެހޭ މިނިސްޓްރީތަކާއި މުއައްސަސާތަކުގެ ބޭފުޅުން ކޮމެޓީއަށް ހާޒިރުކުރުމަށެވެ.

ކޮމެޓީއަށް ހާޒިރުކުރުމަށް ނިންމީ ފިޝަރީޒް މިނިސްޓްރީ، މިފްކޯ، ފޮރިން މިނިސްޓްރީ، ޕްރައިވެޓް ފެކްޓްރީތައް، އީޕީއޭ، އެންވަޔަރަމަންޓް މިނިސްޓްރީ، އެމްއޭސީއެލް އަދި އެސްޓީއޯގެ ބޭފުޅުންނެވެ.

މީގެ އިތުރުން ކޮމެޓީގައި ވަނީ ކާޑުގެ ބާވަތްތަކާއި، އެސްޓީއޯއިން ފަރމަސީތަކަށް ބޭސްތައް ދޫކުރާ ގޮތް އަދި އެލައިޑް އިންޝުއަރެންސްގެ ކަންތަކުގައި އެންމެ އިންސާފުވެރިކޮށް ކަންތައްނުދާކަމުގެ މަޢުލޫމާތު ލިބިފައިވާތީ އެސްޓީއޯގެ ބޭފުޅުން ހާޒިރުކޮށް މަޢުލޫމާތުތައް ސާފުކުރަން ވެސް ނިންމާފައެވެ. ނަމަވެސް މިމުއައްސަސާތަކާއި، މިނިސްޓްރީތައް ހާޒިރު ކުރާނެ ވަކި ތާރީޚެއް ކަނޑައަޅާފައެއްނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް