Advertisement
ކ. މާލެ
|
10 ފެބްރުއަރީ 2020 | ހޯމަ 15:53
އިސްލާމިކް މިނިސްޓަރު، އާލާއާ ބައްދަލުކުރައްވަނީ
އިސްލާމިކް މިނިސްޓަރު، އާލާއާ ބައްދަލުކުރައްވަނީ
އިސްލާމިކް މިނިސްޓްރީ
ޤުރުއާން މުބާރާތް
މިސްރުގައި އޮންނަ ޤުރުއާން މުބާރާތަށް އާލާ!
ޤުރުއާން މުބާރާތް ކުރިއަށް ދަނީ ޤާހިރާގައި މިމަހުގެ 13 އަށް
އާލާ ހާފިޘްކަމުގެ ސަނަދު ހާޞިލްކޮށްފައިވަނީ 2016 ވަނަ އަހަރު
ކެންޑިޑޭޓުގެ ޓިކެޓް ޚަރަދާއި، ހުރުމުގެ ޚަރަދު ދެނީ މިސްރުގެ ސަރުކާރުން

މިސްރުގައި ބާއްވާ 27 ވަނަ އިންޓަރނޭޝަނަލް ކޮންޓެސްޓެ ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ރާއްޖެއަށް ލިބިފައިވާ ދައުވަތުގައި ފޮނުވާނެ ދަރިވަރެއްގެ ގޮތުގައި ގައުމީ ޔުނިވަރސިޓީގެ ދަރިވަރެއް ކަމުގައިވާ އާލާ ޢަޡްމަތު ޖަމީލު ހޮވިއްޖެއެވެ.

މިޤުރުއާން މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ މިސްރުގެ ޤާހިރާގައި ފެބްރުއަރީ 8 ން 13 އަށްށެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ދަރިވެރެއްކަމުގައިވާ އާލާ ހާފިޘްކަމުގެ ސަނަދު ހާޞިލުކޮށްފައިވަނީ 2016 ވަނަ އަހަރު ކީރިތި ޤުރުއާނާއިބެހޭ ޤައުމީ މަރުކަޒުންނެވެ. އަދި ޝަހާދަ ޘާނަވިއްޔާ ހާސިލުކޮށްފައިވަނީ ޢަރަބިއްޔާ ސުކޫލުންނެވެ.

އާލާ ވަނީ 2017 ވަނަ އަހަރު މެލޭޝިއާގައި ބޭއްވުނު 59 ވަނަ އިންޓަރނޭޝަނަލް އަލްޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒިންގ އެސެމްބްލީ މުބާރާތުގެ އިތުރުން 2017 ވަނަ އަހަރު ޑުބާއީ ގައި ބޭއްވުނު ޝައިޚާ ފާޠިމާ ބިންތި މުބާރަކު ބައިނަލްއަޤުވާމީ 2ވަނަ ޤުރްއާން މުބާރާތުގައި ވެސް ބައިވެރިވެ ޤުރުއާން ކިޔަވާފައެވެ.

Advertisement

މިމުބާރާތުގައި ހިމެނޭ ގޮފިތަކުގެ ތެރެއިން ކޮންމެވެސް އެއް ގޮތްޕެއްގައި ރާއްޖެއިން ބައިވެރިވުމުގެ ފުރުސަތު ލިބިފައިވަނީ 01 ކެންޑިޑޭޓަކަށެވެ.

އެގޮތުން މިމުބާރާތުގައި ރާއްޖެއިން އާލާ ބައިވެރިވާނީ ތަޖުވީދުގެ ހަމަތަކާއެކު މުޅި ޤުރްއާން ހިތުދަސް ބައިންނެވެ. ދުނިޔޭގެ 70 ވަރަކަށް ގައުމުތަކުން ބައިވެރިވާ މިމުބާރާތަކީ، ކޮންމެ އަހަރަކުވެސް މިސްރުގެ މިނިސްޓްރީ އޮފް އައުޤާފުން އިންތިޒާމު ކުރާ މުބާރާތެކެވެ.

މިމުބާރާތުގައި ބައިވެރިވެ ވަޑައިގަންނަވާ ކެންޑިޑޭޓުގެ ޓިކެޓް ޚަރަދާއި، ހުރުމުގެ ޚަރަދު ދިނުމަށް ހަމޖެހިފައިވަނީ މިޞްރު ސަރުކާރުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
10 ފެބްރުއަރީ 2020 | ހޯމަ 20:42
ޫ
ماشاء الله