Advertisement
ކ. މާލެ
|
10 ފެބްރުއަރީ 2020 | ހޯމަ 09:50
އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މައިނޯރިޓީ ލީޑަރަކަށް ރެޑްވޭވް ސަލީމް
މެމްބަރު ސަލީމަކީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރެއް
ޕީޕީއެމްއަށް މައިނޯރިޓީ ލިބުނީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އެޕާޓީއާ ގުޅިވަޑައިގަތުމުން
މިހާރު ޕީޕީއެމްގެ 6 މެމްބަރުން މަޖިލީހުގައި ތިއްބަވާ

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރުގެ ގޮތުގައި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ކަނޑައަޅައިފިއެވެ.

މިކަން އާދީއްތަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި އިއުލާނު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. މައިނޯރިޓީ ލީޑަރަކަށް ރެޑްވޭވް ސަލީމް ވެވަޑައިގެންނެވީ އިދިކޮޅު ޕީޕީއެމްއަކީ މިހާރު ރައްޔިތުންގެ މަޖިލީހުގައި ދެވަނަ އެންމެ ގިނަ ގޮނޑި ތަމްސީލްކުރާ ޕާޓީކަމަށް ވުމުންނެވެ.

Advertisement

ކުރިން ފަސް މެމްބަރުން ތިއްބެވި ޕީޕީއެމް ތަމްސީލްކުރާ މެމްބަރުންގެ އަދަދު ހަޔަކަށް އިތުރުވީ، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް އެޕާޓީއާ ގުޅިވަޑައިގެންނެވެމުންނެވެ. އޭނާ ޕީޕީއެމްއާ ގުޅިވަޑައިގެންނެވީ ނޮވެމްބަރު މަހުގެ ތެރޭގައި ޕީޕީއެމްއިން "ހިބަރު ވަދު" ގެ ނަމުގައި ބޭއްވި ޖަލްސާގައެވެ.

މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ، ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީގެ 65 މެމްބަރުން، ކޯލިޝަން ޕާޓްނަރު ޖުމްހޫރީ ޕާޓީގެ މެމްބަރުން، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ 3 މެމްބަރުން، އެމްޑީއޭގެ 2 މެމްބަރުން އަދި މިނިވަން 6 މެމްބަރުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް