ކ. މާލެ
|
10 ފެބްރުއަރީ 2020 | ހޯމަ 08:04
އީސީން ބޭއްވި ނޫސްކޮންފަރެންސެއްގެ ތެރެއިން
އީސީން ބޭއްވި ނޫސްކޮންފަރެންސެއްގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
އިލެކްޝަން ކޮމިޝަން
މިހާތަނަށް ހުށައެޅިފައިވަނީ ތިން އެޕްލިކޭޝަން ފޯމް: އީސީ
ފަހު ވަގުތު މަޑުު ނުކޮށް ފޯމް ހުށައަޅާ: އީސީ
6،000 އަށްވުރެ ގިނަ ކެނޑިޑޭޓުން މި ފަހަރު ވާދަކުރާނެ
545 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައި

އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރުމަށް މިހާތަނަށް ތިން ފަރާތަކުން ފޯމް ހުށައަޅާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އީސީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، އާދިއްތަ ދުވަހުގެ 15:00 އާ ހަމަަޔަށް ތިން ފަރާތެއްގެ އެޕްލިކޭޝަން ފޯމް ލިބިފައިވާ ކަމަށެވެ. އިންތިހާބުގައި ވާދަކުރާ ފަރާތްތަކުން އެންމެ ފަހު ވަގުތާ ހަމަޔަށް މަޑުނުކޮށް އަވަހަށް ފޯމް ހުށައެޅުމަށް އީސީން ވަނީ އިލްތިމާސް ކޮށްފައެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އީސީން ރަސްމީކޮށް ހުޅުވާލާފައިވަނީ މި ހިނގާ މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އީސީން ބުނީ، ލޯކަލް ކައުންސިލް އިންތިޚާބަށް ފެބްރުއަރީ ހަތަރަކުން ފެށިގެން ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ފޯމުތައް ހުށައެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ފޯމު ހުށައެޅުމަށް އީސީން ދީފައިވާ މުއްދަތަކީ ހަތަރެއް ފެބްރުއަރީން ފެށިގެން 24 ފެބްރުއަރީއާ ހަމަޔަށެވެ.

އިލެކްޝަންސް ކޮމިޝަނުން ލަފާކުރާ ގޮތުން މި ފަހަރުގެ އިންތިޚާބުގައި 6،000 އަށް ވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރާނެއެވެ. އޮފިޝަލުންގެ ގޮތުގައި ހަތް ހާހަކަށް ވަރަކަށް މީހުން ޙަރަކާތްތެރިވާއިރު، އިންތިޚާބުގައި ޖުމުލަ 545 ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވާއިރު ބަހައްޓާނެ ފޮށިތަކުގެ ސީދާ ޢަދަދު އަންގާނީ ރީ ރެޖިސްޓްރޭޝަން ޕްރޮސެސް އަށް ފަހު ކަމަށް އީސީން ވަނީ ހާމަކޮށްފައެވެ.

- ކޮމެންޓް