Advertisement
ކ. މާލެ
|
9 ފެބްރުއަރީ 2020 | އާދީއްތަ 23:53
ލަންކާގެ ވެރިރަށް ކޮލަމްބޯގެ މަތިން ނަގާފައިވާ މަންޒަރެއް
ލަންކާގެ ވެރިރަށް ކޮލަމްބޯގެ މަތިން ނަގާފައިވާ މަންޒަރެއް
ގެޓީ އިމޭޖަސް
ސްރީލަންކާ
ލަންކާގެ އިމާރާތަކުން ވެއްޓި ދިވެހި ކުއްޖެއްގެ ހާލު ސީރިއަސް
އެ ކުއްޖާ އަށް ދަނީ ލަންކާ ހޮސްޕިޓަލުގައި ފަރުވާ ދެމުން
ކުއްޖާ ވެއްޓުނު ސަބަަބެއް ނޭނގެ
އެމްބަސީން ދަނީ އެ ކަންތައް ގާތުން ބަލަމުން

އަވަށްޓެރި ސްރީލަންކާގެ އުސް ޢިމާރާތަކުން ވެއްޓުނު ދިވެހި ކުއްޖަކަށް ފަރުވާދޭން ފަށައިފިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކުއްޖާ ވެއްޓިފައިވަނީ އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

އެކަމާއި ގުޅޭ ގޮތުން ރާއްޖެ.އެމްވީ އަށް މަޢުލޫމާތު ދެއްވަމުން ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުގެ ޑެޕިއުޓީ ހައިކޮމިޝަނަރ އަޝްލަމް ޝާކިރު ވިދާޅުވީ، ޢިމާރާތުން ވެއްޓުނީ އުމުރުން ދެ އަހަރާއި ބައިގެ ކުއްޖެއް ކަމަށާއި، އޭނާ އަށް ލަންކާ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެެވެ.

Advertisement

އަދި އެ ކުއްޖާގެ ޙާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ހައިކޮމިޝަނުން މިހާރު ވަނީ އެ ކުއްޖާއަށް އާސަންދަ ހަމަޖައްސައި ދީފައެވެ. އެކަމަކު އެ ކުއްޖާ ވެއްޓުނީ ކިހިނެއްްވެގެން ކަމަށް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދިވެހި ކުއްޖާ ވެއްޓިފައިވަނީ ގިނަ ޢަދަދެއްގެ ދިވެހިން ދިރިއުޅޭ ކަޅުބޯވިލާ ޞަރަޙައްދުގައި ހުންނަ އިމާރާތަކުންނެވެ. އެކަމަކު އެ އިމާރާތުގެ ކިތައްވަނަ ފަންގިފިލާއިން ކަމެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް