Advertisement
ކ. މާލެ
|
9 ފެބްރުއަރީ 2020 | އާދީއްތަ 18:11
ފިޝަރީޒް މިނިސްޓަރ ޒަހާ އާ ސުވާލުކުރުމަށް ހޯމަ ދުވަހުގެ ޖަލްސާގައި ވަނީ އެޖެންޑާކޮށްފައި
ފިޝަރީޒް މިނިސްޓަރ ޒަހާ އާ ސުވާލުކުރުމަށް ހޯމަ ދުވަހުގެ ޖަލްސާގައި ވަނީ އެޖެންޑާކޮށްފައި
ފިޝަރީސް މިނިސްޓްރީ
ރައްޔިތުންގެ މަޖިލިސް
ފިޝަރީޒް މިނިސްޓަރ މާދަމާ މަޖިލީހަށް ހާޒިރުކުރަނީ
ފިޝަރީޒް މިނިސްޓަރާއި ސުވާލުކުރައްވަނީ މަޑަވެލި ދާއިރާގެ މެމްބަރ ހުސައިން ފިރުޝާން
ސަރުކާރުގެ ފަރާތުން ހުށަހަޅާ ތިން ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމަށްވެސް ވަނީ އެޖެންޑާކޮށްފައި

މަސްފެކްޓްރީ އެއް ހެދުމަށްޓަކައި ހޮރައިޒަން ފިޝަރީޒް އަށް ފިޝަރީޒް މިނިސްޓްރީން ގދ ހޯނޑެއްދޫއިން ބިންދޫކޮށްފައިވާތީ އާއި އެކަމާއި ގުޅޭ އެއްބަސްވުމާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދާ ސުވާލުކުރުމަށް ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

ފިޝަރީޒް މިނިސްޓަރާއި މިކަމާއި ގުޅޭގޮތުން ސުވާލުކުރައްވަނީ މަޑަވެލި ދާއިރާގެ މެންބަރ ހުސައިން ފިރުޝާން އެވެ. ފިރުޝާން މިނިސްޓަރާއި ކުރައްވާ ސުވާލުގައި ވަނީ މަސް ފެކްޓްރީ އެއް ހެދުމަށް ހޮރައިޒަން ފިޝަރީޒް އަށް ހޯނޑެއްދޫއިން ބިން ދޫކޮށްފައިވާތާ ގާތްގަޑަކަށް 14 އަހަރުވެފައިވާ ކަމަށެވެ. މަސްފެކްޓްރީގެ މަސައްކަތް ނިންމުމަށް އެއްވެސް މުހުލަތެއް އެއްވެސް އިރެއްގައި ދީފައިވާނަމަ، އެކަމުގެ ތަފުޞީލު ދެއްވުމަށް ފިރުޝާންގެ ސުވާލުގައި ވަނީ އެދިވަޑައިގަންފަ އެވެ.

މީގެއިތުރުން ހޮރައިޒަން ފިޝަރީޒް އާއި ފިޝަރީޒް މިނިސްޓްރީ އާ ދެމެދުވެފައިވާ އެއްބަސްވުމާއި އެއްވެސް ފަރާތަކުން ޚިލާފުވެފައިވާނަމަ، އެކަމުގެ ތަފުޞީލު ދެއްވުމަށްވެސް ފިރުޝާންގެ ސުވާލުގައި އެދިވަޑައިގަންފައިވެ އެވެ.

Advertisement

މީގެއިތުރުން ހޯމަ ދުވަހު އޮންނަ ޖަލްސާއަށް ސަރުކާރުގެ ފަރާތުން ހުށަހަޅާ ތިން ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމަށްވެސް ވަނީ އެޖެންޑާކޮށްފަ އެވެ.

ކޮމިޓީތަކުން ހުށަހަޅާ ކަންކަމުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާގުޅޭ ޕާލިމަންޓަރީ އިންކުއަރީ ރިޕޯޓް ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާކޮށް ނިންމިގޮތް މަޖިލީހަށް ހުށަހެޅުމަށް ވަނީ އެޖެންޑާކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް