Advertisement
ކ. މާލެ
|
9 ފެބްރުއަރީ 2020 | އާދީއްތަ 12:22
ހުޅުމާލޭގައި ވަޅިން ދިން ހަމަލާގައި ޒަހަމްވި މީހަކު ހޮސްޕިޓަލަށް ގެންދަނީ--
ހުޅުމާލޭގައި ވަޅިން ދިން ހަމަލާގައި ޒަހަމްވި މީހަކު ހޮސްޕިޓަލަށް ގެންދަނީ--
ޓްވިޓަރ
ފަތުރުވެރިންނަށް ހަމަލާދިނުން
ފަތުރުވެރިނަށް ހަމަލާދިނުމަށް ރާވާފައިވަނީ ވަރަށް ފުޅާކޮށް، އިސް މީހާ ހައްޔަރުކޮށްފިން: އިމްރާން
އެ ހަލަމާއާ ގުޅިގެން ފުލުހުން ވަނީ ހަ މީހަކު ހައްޔަރު ކޮށްފަ
އާންމުކުރި ވީޑިއާގުޅޭ ކަންކަން ދަނީ ތަހުގީގު ކުރަމުން
އެމީހުން ރާވާފައުވާ ގޮތަކަށް ކަންކަން ނުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް އިމްރާން ވިދާޅުވި

މިދިޔަ އަންގާރަ ދުވަހުގެރޭ ހުޅުމާލޭގައި ފަތުތުވެރިޔަކަށާއި ރާއްޖޭގައި މަސައްކަތްކުރާ ޗައިނާ އަދި އޮސްޓްރޭލިއާގެ ރައްޔިތަކަށް ދިން ހަމަލާގައި އިސްކޮށް އުޅުނު މީހާ ހައްޔަރުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ، އެމީހުންގެ ވިސްނުން ހުރީ ރާއްޖޭގައި އުޅޭ ފަތުރުވެރިންނަށް ވަރަށް ފުޅާކޮށް ހަމަލާތައް ދިނުމަށް ކަމަށާއި އެކަން އެގޮތަށް ކުރުމަށް ރާވާފައިވާ ކަމަށެވެ. ނަމަވެސް ހަމަލާ އިންތިޒާމުކުރި ފަރާތްތަކުން ބޭނުންވި ފުޅާމިނުގައި އެކަން ނުކުރެވުނީ ރާއްޖޭގެ ސަލާމަތީ ބާރުތަކުން، ޚާއްސަކޮށް ފުލުހުން އަޅާފައިވާ ހަރުދަނާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ، އެކަމުގައި އެންމެ އިސްކޮށް އުޅުނު މީހާއާއެކު އިތުރުބަޔަކުވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. އިމްރާން ވިދާޅުވީ، ފަތުރުވެރިންނަށް ދިން އެހަމަލާއާއެކު އެކަށީގެންވާ ވަގުތެއްގެ ތެރޭގައި އެކަމުގައި ހިމެނޭ ފަރާތްތައް ފުލުހުން ހައްޔަރުކުރިކަމަށާއި އެއާއެކު ދެން އާންމުކުރި ވީޑިއޯއާގުޅޭ މުހިއްމު ގިނަ މައުލޫމާތުތަކެއް ފުލުހުން މިހާރު ހޯދާފައިވާކަމަށެވެ.

Advertisement

އިމްރާން ވިދާޅުވީ، އެ ވީޑިއޯ އާގުޅޭގޮތުން ބަލަންޖެހޭ މުހިއްމު ކަންތައްތަކެއް އެބަހުރި ކަމަށާއި އެ ވީޑިއޯގައި ބިރުވެރިކަން ގެނައުމައްޓަކައި އެހާމަކުރި ހާމަކުރުން، ނުވަތަ އެވިސްނި ވިސްނުން އެގޮތަށް ކުރިއަށް ނުގެންދެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ހުޅުމާލޭގައި ދިން އެ ހަމަލާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާއިރު، އެ ތިން މީހުންނަށް ހަމަލަދިނީ ހެލްމެޓް އަޅައިގެން ސައިކަލްގައި ދިޔަ ދެ މީހަކު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
9 ފެބްރުއަރީ 2020 | އާދީއްތަ 15:01
މަޒްދޫގް
ރާއްްޖޭގެ ލޭނާރުކަމުގައި މިހާރުވާ ޓޯރިޒަމްއަށް ގެއްލުންވާކަހަލަކަމެއް ހިންގި އަދި އެފަދަ އިންސާނުންގެ ކަރާމާތް ގެއްލުވާކަހަލަ ކަމެއްހިންގި މީހަކާއި މެދު ރަގަޅަށް ގާނޫންދެވެން އޮތް އެއްމެމަތީ އަދަބެއް ދުނުންއެދެން.