Advertisement
ކ. މާލެ
|
8 ފެބްރުއަރީ 2020 | ހޮނިހިރު 21:03
މި ސްކޮލަރޝިޕް އަކީ ޓިއުޝަންފީ ހިލޭ ސްކޮލަރޝިޕެއް
މި ސްކޮލަރޝިޕް އަކީ ޓިއުޝަންފީ ހިލޭ ސްކޮލަރޝިޕެއް
ޝުއައިބް މުހައްމަދު އިގްބާލް
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން
ސްރީލަންކާ ޓެކްނޮލޮޖިކަލް ކެމްޕަސް ސޮކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
މި ސްކޮލަރޝިޕް އަކީ ޓިއުޝަންފީ ހިލޭ ސްކޮލަރޝިޕެއް
މިކޯހުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 2020 ވަނަ އަހަރު މާރޗް މަހު
ކޯހަށް ހުށަހެޅުމުގެ ސުންގަޑިއަކީ 23 ފެބްރުއަރީ 2020 ވާ އާދިއްތަ ދުވަހުގެ 13.30 ގެ ކުރިން

ސްރީލަންކާ ޓެކްނޮލޮޖިކަލް ކެމްޕަސް ސޮކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ކޮށްފައިވާއިޢުލާނުގައި ވަނީ ބެޗެލަރސް ޑިގްރީއަށް ކުރިމަތި ލުމުގެ 5 ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން 14 ދާއިރާއަކުން ތަޢުލީމު ޙާޞިލު ކުރެވޭއިރު މިސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު އެ މިނިސްޓްރީގެ ވެބްސައިޓުންނާއިhttps://sltc.ac.lk/study/undergraduate-studyމި ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އިޢުލާނުގައިވެއެވެ.

އަދި ސްކޮލަރޝިޕަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުޠު ހަމަވާ ކެންޑިޑޭޓުން ނޮމިނޭޓް ކުރެވޭނެ ކަމަށާއި ފައިނަލް ސެލެކްޝަން ހަދަނީ ސްރީލަންކާ ޓެކްނޮލޮޖިކަލް ކެމްޕަސް އިން ކަމަށް ވެއެވެ. އަދި އެންމެ ފަހުގެ ސެލެކްޝަން ހަދައި ސްކޮލަރޝިޕް ލިބުމުން، ފުރުމުގެ ކުރިން ސްކޮލަރޝިޕް ލިބުނު ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ނުވަތަ ރާއްޖޭގައި މަސައްކަތް ކުރުމުގެ ލައިސަންސް ދޭ އެހެނިހެން އޮތޯރިޓީތަކުން ޤަބޫލު ކުރާ ކޯހެއްތޯ ބަލަންވާނެ ކަމަށް މިނިސްޓްރީގެ އިޢުލާނުގައިވެއެވެ.

Advertisement

އިޢުލާނުގައި ވަނީ މިނިސްޓްރީން ކެންޑިޑޭޓުން ނޮމިނޭޓް ކުރި ނަމަވެސް ސްކޮލަރޝިޕް ދޭ ފަރާތުން ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ އޭގެ ބަދަލުގައި އެހެން ފުރުޞަތެއް އެ ކެންޑިޑޭޓުންނަށް ހޯދައި ނުދެވޭނެ ކަމަށެވެ. އަދި ކޯހަށް ހޮވޭ ފަރާތްތަކާއި މިނިސްޓްރީއާއި މެދު ވެވޭ އިޤުރާރާއި އެއްގޮތަށް ދިވެހިރާއްޖެއަށް ޚިދުމަތް ކުރަންވާނެ ކަމަށެވެ.

ހަޔަރ އެޑިއުކޭޝަނުން ބުނީ މި ސްކޮލަރޝިޕަކީ ޓިއުޝަންފީ ހިލޭ ސްކޮލަރޝިޕެއް ކަމަށާއި، ނަމަވެސް އިންޝުއަރަންސާއި ދިރިއުޅުމުގެ ޚަރަދުތައް ފަދަ އެހެނިހެން ޚަރަދުތައް ހަމަޖައްސަން ޖެހޭނީ ދަރިވަރު އަމިއްލަ އަށް ކަމަށެވެ.

މިކޯހުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 2020 ވަނަ އަހަރު މާރޗް މަހުއެވެ. ކޯހަށް ހުށަހެޅުމުގެ ސުންގަޑިއަކީ 23 ފެބްރުއަރީ 2020 ވާ އާދިއްތަ ދުވަހުގެ 13.30 ގެ ކުރިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް