Advertisement
ކ. މާލެ
|
8 ފެބްރުއަރީ 2020 | ހޮނިހިރު 19:14
މިނިސްޓަރު އަމީން ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަށް ކުރެއްވި ޒިޔާރާތުގެ ތެރެއިން
މިނިސްޓަރު އަމީން ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަށް ކުރެއްވި ޒިޔާރާތުގެ ތެރެއިން
ހެލްތު މިނިސްޓްރީ
ހެލްތް މިނިސްޓަރު
ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަށް ހެލްތު މިނިސްޓަރު ޒިޔާރަތް ކުރައްވައިފި
އިތުރަށް ހަރުދަނާ ކުރެވޭނެ ކަންތައްތަކާއި ބެހޭ ގޮތުން މައުލޫމާތު އޮޅުންފިލުއްވި
ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައި

ފަރުކޮޅުފުށީގައި ޤާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަށް ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ޒިޔާރަތްކުރައްވަފިއެވެ.

ހޮނިހިރު ދުވަހު ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ފަރުކޮޅުފުށީގައި ޤާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަށް ޒިޔާރަތްކުރައްވާ އެތަނުގެ މަސައްކަތްދާ ގޮތް ވަނީ ބައްލަވާލައްވާފައެވެ. އަދި މިހާރު ޤާއިމްުށްފައިވާ ފެސިލިޓީތަކާއި، އިތުރަށް ހަރުދަނާ ކުރެވޭނެ ކަންތައްތަކާއި ބެހޭ ގޮތުން މަޢުލޫމާތު އޮޅުންފިލުއްވިއެވެ.

Advertisement

ފަރުކޮޅުފުށީގައި ޤާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަށް މިނިސްޓަރު ޒިޔާރަތްކުރައްވާފައިވާއިރު، ކޮރޯނާވައިރަސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުހިމިނެއްގައި ފެތުރެމުންދާތީ ރައްކާތެރިވުމުގެ ގޮތުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

އެގޮތުން ވައިރަސްގެ އަސަރުކޮށްފައިވާ މީހުން ކަރަންޓީނު ކުރުމަށް ކ. ފުނަދޫގައި އައިސޮލޭޝަން ފެސިލިޓީ ވަނީ ޤާއިމުކޮށްފައެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ރާއްޖެ އަންނަ ފަރާތްތައް ސްކްރީން ކުރުމަށް މިހާރު ދަނީ އެއަރޕޯޓުގެ އިތުރުން ސީ ޕޯޓުތަކުގެ ވެސް ތަރމަލް ކެމެރާތައް ބޭނުންކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް