Advertisement
ކ. މާލެ
|
8 ފެބްރުއަރީ 2020 | ހޮނިހިރު 18:45
ދޯނި ފަރަށް އެރި ސަރަހައްދުން ކޯސްޓުގާޑުން ހޯދި ތުވާލި
ދޯނި ފަރަށް އެރި ސަރަހައްދުން ކޯސްޓުގާޑުން ހޯދި ތުވާލި
އެމްއެންޑީއެފް
ފުލުހުން
ކައްޕި ގެއްލުން: ފެނުނު ވަޅިއާއި ތުވާލީގައި ހުރީ ލެއެއް ނޫން: ފުލުހުން
ސުވާލުކުރަންޖެހޭ ފަރާތްތަކާއި ސުވާލުކޮށް ބަޔާންތައް ނެގިފައި
ތުވާއްޔާއި ވަޅީގައި ހުރީ ދަވާދާއި ގްލޫ
މިމައްސަލާގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ

ކ. ކަގި ކައިރިއަށް ފަރަށް އެރި "ޓީޓީއެސް ފާނަ" ދޯނީގެ ކައްޕި މުހައްމަދު ޔޫސުފް ގެއްލުނު ހިސާބުން ފެނުނު ތުވާއްޔާއި، ވަޅީގައި ހުރީ ލޭ ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

Advertisement

މިމައްސަލައާ ގުޅިގެން ހޮނިހިރު ދުވަހު ފުލުހުން ބުނީ ޖެނުއަރީ 05 ވަނަ ދުވަހު ކަގި ކައިރި އޮތް ފަހަރަކަށް އެރި ދޯންޏެއްގައި ހުރި ދިވެހި ފިރިހެނަކު ގެއްލުނު މައްސަލާއާ ގުޅިގެން ތަހުގީގުގައި ސުވާލުކުރަންޖެހޭ ފަރާތްތަކާއި ސުވާލުކޮށް ބަޔާންތައް ނެގިފައިވާ ކަމަށެވެ. އަދި އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި، ހެކި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެސަރަހައްދުން ކޯސްޓުގާޑުން ހޯދި ވަޅި

ފުލުހުން ބުނީ އެމްއެންޑީއެފުން، އެސަރަހައްދު ކަނޑުއަޑިން ހޯދާފައިވާ ތުވާއްޔާއި، ވަޅީގައި ހުރީ ލޭ ނޫން ކަމަށާއި، މިހާތަނަށް ކުރި ތަހުލީލުތަކުން އެއީ ދަވާދާއި، ގްލޫކަމަށް އެނގިފައިވާކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ ކަނޑު އަޑިން ފެނުނު ތަކެއްޗާއި، އެދޯނިން ގެއްލުނު 37 އަހަރުގެ ދިވެހި މީހާ ގެއްލުނު މައްސަލައާ ގުޅުމެއް ވޭތޯ ބަލަމުންދާ ކަމަށެވެ.

ފުލުހުން ބުނީ ބެލިބެލުމުން އެދޯނިގައި ތިބީ 2 ދިވެހިންނާއި، 2 ބިދޭސީން ކަމަށެވެ. އަދި ދޯނީގައި ތިބި މީހުންނާ ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަންޖެހެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް