ކ. މާލެ
|
8 ފެބްރުއަރީ 2020 | ހޮނިހިރު 12:57
ފުލުުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
ފުލުުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
ޕޮލިސް
ފުލުހުން
އަނބިމީހާއަށް އަނިޔާ ކުރި މައްސަލައެއްގައި ފިރިމީހާ ހައްޔަރުކޮށްފި
ހައްޔަރުކުރި މީހާގެ އުމުރަކީ 34 އަހަރު
ފުލުހުންގެ ބެލުމުގެ ދަށަށް އެމީހާ ގެންދިޔައީ ހުކުރު ދުވަހުގެ ރޭ
ލިބުނު އަނިޔާތަކަށް ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު އަންހެން މީހާވަނީ މިހާރު ދޫކޮށްފައި

އަނބިމީހާއަށް އަނިޔާރުކުރި މައްސަލައައެއްގައި އޭނާގެ ފިރިމީހާ ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ހޮނިިހިރު ދުވަހު މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ، 7 ފެބްރުއަރީ 2020 ވަނަ ދުވަހުގެ 22:34 ހައިރު ނޯރތް ޕޮލިސް ޑިވިޝަންގެ (ނ، ރ، ބ، ޅ) އަތޮޅުގައި ހިމެނޭ ރަށެއްގައި އަންހެނަކާއި މެދު އޭނާގެ ފިރިމީހާ މަރާމާރީ ހިންގުމުގެ ސަބަބުން ސިއްހީ މަރުކަޒަކަށް ގެންދިޔަކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށާއި މައްސަލައާއި ގުޅިގެން ރަށުގެ ސިއްހީ މަރުކަޒަށް ރައްޔިތުން އެއްވެފައިވާކަމަށެވެ.

ފުލުހުން ބުނެފައިވަނީ އެ އަންހެން މީހާގެ ހާލު ސީރިއަސް ނޫންކަމަށާއި ލިބުނު އަނިޔާތަކަށް ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްފައިވާކަމަށެވެ. އަދި އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް އޭނާގެ ފިރިމީހާ ހުކުރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ގެނެސްފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ހައްޔަރުކުރި މީހާގެ އުމުރަކީ 34 އަހަރުކަން ފާހަގަކޮށް ފުލުހުން ބުނެފައިވަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށެވެ.

- ކޮމެންޓް