Advertisement
ކ. މާލެ
|
7 ފެބްރުއަރީ 2020 | ހުކުރު 22:24
ފުލުހުންގެ މައި އިދާރާ
ފުލުހުންގެ މައި އިދާރާ
ދަ އެޑިޝަން
ކުޅުޖެހި މައްސަލަ
އަންހެން ކުއްޖެއް ގަޔަށް ކުޅުޖެހި ފިރިހެނެއް ހައްޔަރުކޮށްފި
ހައްޔަރުކުރީ 34 އަހަރުގެ ދިވެހި ފިރިހެނެއް
މައްސަލަ ރިޕޯޓުކުރީ ހުކުރު ދުވަހުގެ 13:59 ގައި
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން

މާލޭގެ މަގުމަތީގައި ހުރި އަންހެން ކުއްޖެއް ގަޔަށް ކުޅުޖެހި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާލޭގެ މަގުމަތީގައި ހުރި އަންހެން ކުއްޖެއް ގަޔަށް ހިނގާފައި ދިޔަ މީހަކު ކުޅު ޖަހާފައިވާ މައްސަލައެއް ހުކުރު ދުވަހުގެ 13:59 އެހާކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

Advertisement

ފުލުހުން ބުނީ މިމައްސަލާގައި އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
8 ފެބްރުއަރީ 2020 | ހޮނިހިރު 07:22
އިއްސޭ
ޖަލު އޮ ފިސަރެއްގެ މޫނަށް މުހުތާޒު ކިޔާ މީހަކު ކުޅުޖެހި މައްސަލަ ވެސް ބަލަން ވީ ނޯންތޯ؟