ކ. މާލެ
|
7 ފެބްރުއަރީ 2020 | ހުކުރު 22:54
މަޑުއްވަރީގައި ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަންގެ ތެރެއިން
މަޑުއްވަރީގައި ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަންގެ ތެރެއިން
އަބުދުﷲ ނަސީރު އިބްރާހިމް
ހަރުކަށި ފިކުރުގެ މީހުން
މަޑުއްވަރިން ހައްޔަރުކުރި ހަރުކަށި ފިކުރު މީހުންނަށް ދައުވާ ކުރުމަށް މަޝްވަރާކުރަނީ
ދައުވާކުރުމަށް އިތުރަށް ފުރިހަމަ ކުރުމަށް ބުނެފައިވާ ކަންކަމުގެ މަސައްކަތް ދަނީ ކުރަމުން
މަޑުއްވަރީގައި ޚާއްސަ އޮޕަރޭޝަނެއް ހިންގީ 18 ޑިސެންބަރު 2019 ގައި

ރ.މަޑުއްވަރީން ހައްޔަރުކުރި ހަރުކަށި ފިކުރު މީހުންނަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލް އޮފީސް (ޕީޖީ) އާއެކު މަޝްވަރާކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މަޑުއްވަރީން ހައްޔަރުކުރި ހަރުކަށި ފިކުރު މީހުންގެ މައްސަލަ ދައުވާކުރުމަށް ޕީޖީއަށް ފޮނުވުމަށްޓަކައި ޕީޖީއާއި މަޝްވަރާކުރަމުންދާ ކަމަށާއި، މިމަޝްވަރާތަކުގެ ތެރެއިން ދައުވާކުރުމަށްޓަކައި އިތުރަށް ފުރިހަމަ ކުރުމަށް ބުނެފައިވާ ކަންކަމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދީނީ ހައްދު ފަހަނަ އަޅާފައިވާ މީހުން ހޯދުމަށް ފުލުހުންނާއި ޤައުމީ ދިފާޢީ ބާރާއި ގުޅިގެން މަޑުއްވަރީގައި ޚާއްސަ އޮޕަރޭޝަނެއް ހިންގީ 18 ޑިސެންބަރު 2019 ގައެވެ.

މަޑުއްވަރީގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ހިންގީ އެރަށުން އުމުރުން 13 އަހަރުގެ ކުއްޖަކު ކޯޓުން ބޭރުން ކައިވެނި ކޮށްގެން ދަރިއަކަށް ބަލިވެއިން މައްސަލަ އެއް ފެންމަތިވެފައިވަނިކޮށްށެވެ.

އެމައްސަލަ ފެންމަތިވީ މަޑުއްވަރީ ޒުވާނަކަށް ލަނޑާ ނަގާ ދޯންޏެއްގައި ވަޅިން ހަމަލާދީ މަރާލަން އުޅުނު މައްސަލައިގެ ތެރެއިންނެވެ. އެ ފިރިހެން މީހާ އަކީ އެރަށު ހަރުކަށި ފިކުރު ގެންގުޅޭ އާއިލާ އަކަށް ނިސްބަތްވާ މީހެކެވެ.

ހަރުކަށި ފިކުރު މީހުންގެ މައްސަލަތައް ފެންމަތިވަމުންދާއިރު، މިމަހުގެ 04 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ތިން ފަތުރުވެރިއަކަށް ވެސް ބަޔަކު ވަނީ ހަމަލާދީފައެވެ. އަދި މިމައްސަލާގައި މިހާތަނަށް 06 މީހަކު ހައްޔަރުކޮށްފައިވާއިރު، މިކަމުގެ ޒިންމާ ނަގާ ވީޑިއޯއެއް ވަނީ އާންމުކޮށްފައެވެ. މިވީޑިއޯގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު، ތިމަންނާމެންމީ އިސްލާމިކް ސްޓޭޓްގެ ދިވެހިރާއްޖޭގެ ގޮފިކަމަށް ބުނެފައިވެއެވެ. މިވީޑިއޯގެ ޞައްޙަކަން ކަށަވަރުކުރުމަށް ފުލުހުން ވަނީ ޚާއްސަ ތަހުގީގެއް ފަށާފައެވެ.

- ކޮމެންޓް