އިމާދުއްދީން ސުކޫލްގެ ޕްރިންސިފަލްގެ މަގާމުގައި ހުންނެވި ޕްރިންސިޕަލް އާއި ޑެޕިއުޓީ ފިރިންސިޕަލް އެހެން ސްކޫލުތަކަކަށް ބަދަލުކޮށްފިއެވެ.
އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލްއަކަށް ހުންނެވީ އިބްރާހިމް ސާތިރްއެވެ. އަދި ޑެޕިއުޓީ ޕްރިންސިޕަލްއަށް ހުންނެވީ ލަތީފާ އަހުމަދު އަދި ޝަކީބާ އަލީއެވެ. ނަމަވެސް ތިން ބޭފުޅުން ވަޒީފާއިން ކަނޑާލިކަމަށް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.
މިމައްސަލައާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ރާއްޖެއެމްވީއަށް ބުނީ އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ދެ ޑެޕިއުޓީ ޕްރިންސިޕަލުންގެ ތެރެއިން އެކަކު ހިރިޔާ ސްކޫލަށް ބަދަލުކޮށްފައިވާއިރު، އަނެއް ޑެޕިއުޓީ ޕްރިންސިޕަލް ތާޖުއްދީން ސްކޫލަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލްއަކަށް ހުންނެވި ހުސެއިން ސައީދު އެއްޓާމަށް އިމާދުއްދީން ސްކޫލަށް ބަދަލުކޮށްފައިވާ ކަމަށް މިނިސްޓްރީން މައުލޫމަތުދެއެވެ.
އޭޑިއުކޭޝަން މިނިސްޓްރީން ބުނީ މިހުރިހާ ބޭފުޅުން ވެސް އާދިއްތަ ދުވަހު ވަޒީފާއަށް ނުކުންނާނެ ކަމަށެވެ.
އިމާދުއްދީން ސުކޫލްގެ ޕްރިންސިފަލްއާއި ދެ ޑިއުޓީން ޕްރިންސިޕަލް އެހެން ސްކޫލުތަކަށް ބަދަލުކޮށްފައިވަނީ އެސްކޫލުގެ ބެލެނިވެރިންތަކެއް އެބޭފުޅުން ވަކިކުރުމަށް ޕެޓިޝަނެއްގައި ސޮއިކޮށް އެޑިއުކޭޝަން މިނިސްޓްރީއަށް މައްސަލަ ހުށަހަޅާފައިވަނިކޮށް ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް މިކަން އެޑިޔުކޭޝަން މިނިސްޓްރީން ކަށަވަރުކޮށެއް ނުދެއެވެ. އަދި އެބޭފުޅުން ބަދަލުކުރި ސަބަބެއް ވެސް ހާމައެއް ނުކުރެއެވެ.