ކ. މާލެ
|
7 ފެބްރުއަރީ 2020 | ހުކުރު 19:08
ޗައިނާއިން ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 31،211 އަށް އަރާފައި
ޗައިނާއިން ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 31،211 އަށް އަރާފައި
ބީޑީނިއުސް24
ކޮރޯނާވައިރަސް
ޗައިނާގައި ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 637 އަށް!
 
ޗައިނާގައި މި ވައިރަސްގެ އަސަރު 31،211 މީހަކަށް ކޮށްފައިވޭ
 
ޗައިނާއިން ބޭރުން ޖުމުލަ 270 ކޭސްއެއް ޕޮޒިޓިވްވެފައިވޭ
 
ޗައިނާއިން ބޭރުން މި ބަލީގައި މަރުވެފައިވަނީ ފިލިޕީންސް މީހެއް

މިހާރު ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސްގައި ޗައިނާއިން މަރުވި މީހުންގެ އަދަދު 637 އަރައިފިއެވެ.

ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޗައިނާގައި މި ވައިރަސްގެ އަސަރު 31،211 މީހަކަށް ކޮށްފައިވާކަން މިހާތަނަށް ވަނީ ކަށަވަރު ކުރެވިފައެވެ. އަދި ޗައިނާއިން ބޭރުން 24 ޤައުމަކުން މި ވައިރަސްއަށް ޕޮޒިޓިވްވި މީހުން ފެނިފައިވާއިރު، ޗައިނާއިން ބޭރުން ޖުމުލަ 270 ކޭސްއެއް މިހާތަނަށް ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައިވާކަން ކަށަވަރު ކުރެވިފައެވެ.

އޭގެ އިތުރުން، ޗައިނާއިން 637 މީހުން މަރުވެފައިވާއިރު، ޗައިނާއިން ބޭރުން މި ބަލީގައި މަރުވެފައިވަނީ އެންމެ މީހަކެވެ. އެއީ ފިލިޕީންސްއަށް ނިސްބަތްވާ އުމުރުން 44 އަހަރުގެ މީހެކެވެ. އެގޮތުން އޭނާއަކީ އެންމެ ފުރަތަމަ ފިލިޕީންސް އިން މިވައިރަސް ޖެހިގެން ރިޕޯޓުކުރި މީހާގެ ފިރިމީހާ އެވެ.

ޗައިނާއާއި ދުނިޔޭގެ ކަމާއި ގުޅުން ހުރި ފަންނީ ބޭފުޅުން މިހާރު އެންމެ ފުރަކޮށް މަސައްކަތްކުރަމުން ދަނީ މި ބަލި އިތުރަށް ފެތުރުނަނުދީ، މި ބައްޔަށް ދޭނެ ފަރުވާއެއް ނުވަތަ ވެކްސިން އެއް އީޖާދު ކުރުމަށެވެ. ފާހަގަކޮށްލަންޖެހޭ އެއްކަމަކީ މިބަލިން ފަރުވާ ލިބި ފަސޭހަވާ މީހުންގެ ނިޞްބަތް ކުރިޔާ އަޅާބަލާއިރު، ގިނަވެފައި މަރުވާ މީހުންގެ ނިޞްބަތް ދަށްވުމެވެ. ކޮރޯނާވައިރަސްގައި މަރުވާމީހުންގެ ނިޞްބަތް މިހާރު ހުރި 2.4 އިން ސައްތައިގައި ހިފެހެއްޓިފަައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ވަނީ، ކޮރޯނާވައިރަސް ފެތުރެމުންދާތީ، ބައިނަލްއަޤުވާމީ ކުއްލި ޞިއްޙީ އެމަރޖެންސީއެއް އިޢުލާންކޮށްފައެވެ. އަދި މިދަނޑިވަޅުގައި އެއްވެސް ޤައުމަކުން ވިސްނުމެއް ނެތި ކަމާގުޅުން ހުރި ޞައްޙަ ހެކި ނެތި އެެެއްވެސް ކަމެއް ނުކުރުމަށް ނުވަތަ ފިޔަވަޅެއް ނޭޅުމަށް ޑަބްލިއުއެޗްއޯއިން ވަނީ ގޮވާލާފައެވެ. އަދި މިކަމުގައި ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އެޖަމްޢިއްޔާއިން ވަނީ ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް