Advertisement
ކ. މާލެ
|
7 ފެބްރުއަރީ 2020 | ހުކުރު 15:20
ޑިފެންސް މިނިސްޓަރު މާރިޔާ އަދި އިންޑިއާގެ ޗީފް އޮފް ޑިފެންސް ބިޕިން ރަވަތް
ޑިފެންސް މިނިސްޓަރު މާރިޔާ އަދި އިންޑިއާގެ ޗީފް އޮފް ޑިފެންސް ބިޕިން ރަވަތް
އަވަސް.އެމްވީ
އިންޑިއާ - ރާއްޖެ
އިންޑިއާއިން އިތުރު އުޅަނދެއް ގެނައުމަށް ރާއްޖެއިން އެދިއްޖެ
ގުޅުން ބަދަހިކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި
އިންޑިއާ އިން ވަނީ މީގެ ކުރިންވެސް އުޅަނދެއް ހަދިޔާކޮށްފައި
ދެ ގައުމު ދެމެދުގައި ދަނީ އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން

ރާއްޖެއަށް އިންޑިއާގެ، އިތުރު އުޅަނދެއް ގެނައުމަށް އެދިއްޖެ އެވެ. އެކަމަށް އެދިވަޑައިގެންނަވީ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އެވެ.

އިންޑިއާގެ ލަކްނޯގައި ބޭއްވި ޑިފެންސް އެކްސްޕޯއަށް ވަޑައިގެން އުޅުއްވާ ޑިފެންސް މިނިސްޓަރު މާރިޔާ އިންޑިއާގެ ''ވިއޮން'' ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެކްސްޕޯ ވަރަށް ކާމިޔާބު ކަމަށާއި، އިންޑިއާގެ ޗިފް އޮފް ޑިފެންސް ބިޕިން ރަވަތްއާ ބައްދަލުވެވަޑައިގެންނެވި ކަމަށެވެ.

Advertisement

ދެ ބޭފުޅުން ދެމެދުގައި ރަނގަޅު މަޝްވަރާތައް ކުރެވުނުކަން ފާހަގަކުރައްވަމުން މާރިޔާ ވިދާޅުވީ، ދެ ގައުމުގެ އަސްކަރިއްޔާ ދެމެދު ގުޅުން ރަނގަޅު ބަދަހި ކުުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ހުސްވި އަހަރުގެ ޑިސެމްބަރު މަހު އިންޑިޔާއިން ވަނީ ''ކާމިޔާބު'' ކިޔާ އުޅަނދެއް ހަދިޔާކޮށްފައެވެ. މި ސަރުކާރު އައުމަށް ފަހު ރާއްޖެއިން ދަނީ އިންޑިއާ އެކު ''ގާތް'' ގުޅުމެއް ބާއްވަމުންނެވެ. އެގޮތުން އިންޑިއާއިން ދަނީ އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް