Advertisement
ކ. މާލެ
|
7 ފެބްރުއަރީ 2020 | ހުކުރު 15:13
ވޫހާންގައި ތިބި ދިވެހިން ގެނައި ފްލައިޓް
ވޫހާންގައި ތިބި ދިވެހިން ގެނައި ފްލައިޓް
ޓްވިޓަރ
ކޮރޯނާވައިރަސް
ވޫހާން ސިޓީން ގެނައި 7 ދިވެހިން ކޮރޯނާ ވައިރަސް އަށް ނެގެޓިވް
އިންޑިއާ ސަރުކާރުން 7 ދިވެހިންނާއި މެދު ކަންތައް ކުރަމުން ގެންދަނީ ވަރަށް ރަނގަޅަށް
އިތުރު ޓެސްޓްތައް ހެދިއިރު ހުރިހާ އެންމެވެސް ވައިރަސްއަށް ނެގެޓިވް
ކަރަންޓީންކުރުމަށް ހަމަޖެހިފައިވާ މުއްދަތު ހަމަވުމާއެކު އުންމީދަކީ ވީހާވެސް އަވަހަށް އެނބުރި އެ ފަރާތްތަކަށް ރާއްޖެއާދެވުން

ކޮރޯނާވައިރަސް އެންމެ ގަދަޔަށް ފެތުރެމުންދާ ޗައިނާގެ ހޫބޭ ޕްރޮވިންސުގެ ވުހާން ސިޓީން ގެނައި 7 ދިވެހިންވެސް އެ ވައިރަސްއަށް ނެގެޓިވްކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

ވުހާންގައި ދިރިއުޅެމުންދިޔަ 7 ދިވެހިން އެއަރ އިންޑިއާގެ B747 ފްލައިޓުން އިންޑިއާގެ ދިއްލީއަށް ގެނެސްފައިވާއިރު، ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ އިންޑިއާގެ ވިއޯން ނިއުސްއަށް ދިން ބަސްދީގަތުމެއްގައި ވިދާޅުވީ، ދިވެހިން ގެނައުމުގައި އެހީތެރިވެދިނުމަށް އިންޑިއާ ސަރުކާރުގައި އެދުމާއެކު ވޫހާން ސިޓީގައި ތިބި އިންޑިއާގެ 323 ރައްޔިތުންނާއެކު 7 ދިވެހިން ގެނެސްފައިވާކަމަށެވެ. އިންޑިއާ ސަރުކާރުން 7 ދިވެހިންނާއި މެދު ކަންތައް ކުރަމުން ގެންދަނީ ވަރަށް ރަނގަޅަށްކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ އިތުރު ޓެސްޓްތައް ހެދިއިރު ހުރިހާ އެންމެވެސް ވައިރަސްއަށް ނެގެޓިވްކަމަށެވެ. އަދި ކަރަންޓީންކުރުމަށް ހަމަޖެހިފައިވާ މުއްދަތު ހަމަވުމާއެކު އުންމީދަކީ ވީހާވެސް އަވަހަށް އެނބުރި އެ ފަރާތްތަކަށް ރާއްޖެއާދެވުންކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

ދިވެހިން ކަރަންޓީނު ކުރެވިފައިވަނީ ދިއްލީގެ މެނަސޫރުގައި ގާއިމު ކުރެވިފައިވާ ޚާއްސަ ފެސިލިޓީއެއްގައެވެ. ދިވެހިން ގެނައުމުގައި އިންޑިއާ އެމްބަސީއައި ފޮރިން މިނިސްޓްރީއާއި ވަރަށް ގާތުން މަސައްކަތް ކޮށް މިކަމުގައި ބެއިޖިންގްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން އެއްބާރުލުން ލިބުނު ކަމަށް މީގެކުރިންވެސް ފޮރިން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅޭގޮތުން އާދިއްތަ ދުވަހު ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި، އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ ޖައި ޝަންކަރުގެ އިތުރުން، އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މިއީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ދައްކުވައިދޭ މިސާލެއްގެ ގޮތުގައި ރައީސް ޞާލިޙު ވަނީ ސިފަ ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް