Advertisement
ކ. މާލެ
|
7 ފެބްރުއަރީ 2020 | ހުކުރު 12:58
ފުލުހުން ސީންއެއްގައި ހަރަކާތްތެރިވަނީ
ފުލުހުން ސީންއެއްގައި ހަރަކާތްތެރިވަނީ
ޕޮލިސް
ފަތުރުވެރިންނަށް ހަމަލާ ދިނުން
ފަތުރުވެރިންގެ ގަޔަށް ވަޅި ހަރައި ޒަހަމް ކޮއްލި މައްސަލަ ބައިނަލްއަގްވާމީ މީޑިއާތަކުގެ ސަމާލުކަމަށް!
3 މީހުންގެ ހާލުވެސް ރަނގަޅު
އެޙާދިސާގައި އަނިޔާވި ތިން ބިދޭސީންނަށް ބޭނުންވާ ޞިއްޙީ ފަރުވާ ސަރުކާރުން ދަނީ ފޯރުކޮށްދެމުން
މި ހަބަރު ދުނިޔޭގެ ހަބަރު ފަތުރާ ވަސީލަތްތަކުގެ ސަމާލުކަމަށް ވަނީ އައިސްފައި

މި މަހުގެ 4 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ފަތުރުވެރިއަކާއި ރާއްޖޭގައި މަސައްކަތް ކުރާ އޮސްޓްރޭލިއާ އަދި ޗައިނާގެ މީހަކަށް ވަޅިން ހަމަލާދިން މައްސަލަ ބައިނަލްއަގްވާމީ މީޑިއާތަކުގެ ސަމާލުކަމަށް އައިސްފިއެވެ.

ހުޅުމާލޭގައި ހިނގައިދިޔަ މި ހާދިސާގައި 3 މީހަކަމަށް ވަޅިން ހަމާލާދީ ޒަހަމްކޮށްލާފައިވާއިރު މި ހަބަރު ވަނީ ބައިނަލްއަގްވާމީ މީޑިއާތަކުގެ ސަމާލުކަމަށް އައިސްފައެވެ. ހަމަލާގައިއޮސްޓްރޭލިއާއަށްނިސްބަތްވާ މީހަކަށް އަނިޔާވުމާއި ގުޅިގެން އެގަމުގެ ހަބަރު ފަތުރާ ވަސީލަތްތަކުން ވަނީ މި ހަބަރު ހޫނު ހަބަރެއްގެ ގޮތުގައި ގެނެސްދީފައެވެ. މީގެއިތުރުންބީބީސީ، ސީއެންއެންދަ ގާޑިއަންފަދަ ބޮޑެތި މީޑިއާތަކުންވެސް މި ހަބަރު ވަނީ ގެނެސްފައެވެ.

މިޙަމަލާގެ ޒިންމާ ނެގުމަށް ފަހު، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު، ތިމަންނާމެންމީ އިސްލާމިކް ސްޓޭޓްގެ ދިވެހިރާއްޖޭގެ ގޮފިކަމަށް ބުނެފައިވާ ވީޑިއޯއެއް އާންމުކޮށްފައިވާއިރު މިކަމުގެ ޞައްޙަކަން ކަށަވަރުކުރުމަށް ތަހުގީގު ހިންގަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Advertisement

ރާއްޖެ ފަދަ ފަތުރުވެރިކަމަށް ބަރޯސާވެފައި އޮންނަ ގައުމެއްގައި މިފަދަ ހާދިސާއެއް ހިނގައި ބައިނަލްއަގްވާމީ މީޑިއާތަކުގައި ޓެރަރިސްޓް ޖަމާއަތް، އައިސިސްއިން މިކަމުގެ ޒިންމާ ނަގާފައިވާކަން ރިޕޯޓުކޮށްފައިވުމާއި ގުޅިގެން ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރުކުރާނެކަމަށް ދާއިރާގެ މާހިރުން ވަނީ ބުނެފައެވެ.

އެޙާދިސާގައި އަނިޔާވި ތިން ބިދޭސީންނަށް ބޭނުންވާ ޞިއްޙީ ފަރުވާ ފޯރުކޮށްދެމުންދާކަމާއި، އެ ތިން މީހުންގެ ޙާލު ރަނގަޅުކަމަށް ރައީސް ސޯލިހު ވެސް ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ ޙަމަލާތަކާއި، ހަރުކަށި ފިކުރުގެ މިފަދަ އެހެން ޢަމަލުތަކަކީ ޤައުމީ ސަލާމަތަށްހުރި ވަރަށް "ސީރިއަސް" ނުރައްކަލެއްގެ ގޮތުގައި ސަރުކާރުން ދެކޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް