Advertisement
ކ. މާލެ
|
5 ފެބްރުއަރީ 2020 | ބުދަ 11:37
އައިޖީއެމްއެޗްގައި ބޭއްވި މައުލޫމާތު ދިނުމުގެ ސެޝަންގެ ތެރެއިން
އައިޖީއެމްއެޗްގައި ބޭއްވި މައުލޫމާތު ދިނުމުގެ ސެޝަންގެ ތެރެއިން
igmh
ނޮވެލް ކޮރޯނާވައިރަސް
52 ހެލްތު ސެންޓަރެއް އެއް ވިއުގައަކުން ގުޅާލައި ކޮރޯނާވައިރަސްގެ މައުލޫމާތު ދީފި
ރާއްޖޭގެ 52 ހެލްތު ސެންޓަރަކަށް ވަނީ މައުލޫމާތު ދީފައި
މިއީ އެއް ވަގުތެއްގައި މައުލޫމާތު ސެޝަންތައް ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރު
މި ބައްދަލުވުން ކުރިއަށް ގެންދިޔައީ މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނާއި ގުޅިގެން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސްއާ ގުޅޭ މަޢުލޫމާތު ދިނުމަށް ރާއްޖޭގެ 52 ހެލްތު ސެންޓަރެއް އެއް ވިއުގައަކުން ގުޅާލައިގެން މަޢުލޫމާތު ދިނުމުގެ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފިއެވެ.

Advertisement

އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނީ، މިއީ ރާއްޖޭގައި ހެލްތު ސެންޓަރުތައް އެއް ވިއުގައަކުން ގުޅާލައިގެން އެއް ވަގުތެއްގައި މަޢުލޫމާތު ސެޝަންތައް ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރު ކަމަށެވެ.

މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނާއި ގުޅިގެން ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި ޑރ ޝަހީދު، ޑރ މުއާޒް، ޑރ ނަޒްލާ އަދި ކްލިނިކަލް ނަރުހެއްގެ ގޮތުން ޝެހެނާޒް ރަޝީދު ބައިވެރިވެފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

އައިޖީއެމްއެޗުން މަޢުލޫމާތު ބައްދަލުވުން ބާއްވާފައިވާއިރު، ކޮރޯނާވައިރަސްއަށް ޢާންމުން ހޭލުންތެރިކުރުމުގެ ޚާއްޞަ ޕްރޮގުރާމުތަކެއް ހެލްތު މިނިސްޓްރީން ވަނީ ފަށާފައެވެ.

ހެލްތު މިނިސްޓްރީން ބުނީ އަތޮޅުތެރެއަށް ޢަމާޒުކޮށްގެން ކުރިއަށްގެންދާ މިޕްރޮގުރާމުތަކުގައި ރާއްޖެގެ ހުރިހާ އަތޮޅެއް ކަވަރކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރަށްރަށުގައި ކުރިއަށްގެންދާ މިޕްރޮގުރާމުގެ ތެރެއިން ދޮރުން ދޮރަށް (ޑޯ-ޓު-ޑޯ/ ހޯމް ވިސިޓް)ކޮށް މަޢުލޫމާތު ދިނުމާއި ސްކޫލްތަކުގައި ތަޢުލީމު ޙާޞިލުކުރަމުން އަންނަ ކުދިންނަށާއި އޮފީސްތަކާއި އެކި މުއައްސަސާތަކުގައި ސެޝަންތައް ކުރިއަށް ގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށްރަށުގައި ހުރި ހޮސްޕިޓަލް، ޞިއްޙީ މަރުކަޒު އަދި ޞިއްޙީ އިދާރާތަކާއި މިކަމާ ބެހޭ އެހެނިހެން ފަރާތްތައް ގުޅިގެން އަންނަނީ މަސައްކަތްކުރަމުންނެވެ. މިވައިރަހުން ރައްކާތެރިވުމަށް ރާއްޖޭގެ ފަތުރުވެރިންނަށް ޚިދުމަތްދޭ ރިސޯޓުތަކުގައި ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް