Advertisement
ކ. މާލެ
|
2 ފެބްރުއަރީ 2020 | އާދީއްތަ 21:59
ސިވިލް ސަރވެންޓުންނަށް ވަކި ޚާއްސަ ޗުއްޓީއެއް ހަމަޖައްސައިދިނުމަށް ސީއެސްސީން ވަނީ އެދިފައި
ސިވިލް ސަރވެންޓުންނަށް ވަކި ޚާއްސަ ޗުއްޓީއެއް ހަމަޖައްސައިދިނުމަށް ސީއެސްސީން ވަނީ އެދިފައި
މުހައްމަދު ޝަރުހާން
ކޮރޯނާވައިރަސް
ކޮރޯނާވައިރަސް އާ ގުޅިގެން ކަރަންޓީނުކުރާ ސީއެސްސީގެ މުވައްޒަފުންނަށް ޚާއްސަ ޗުއްޓީއެއް ދެނީ
ކަރަންޓީނުކުރެވިފައި ހުންނަ މުއްދަތުގައި އޮފީހަށް ހާޒިރުނުވެވޭނެތީ، އެ ދުވަސްތަކަށް ޚާއްސަ ޗުއްޓީއަށް ހަމަޖައްސައިދިނުމަށް ސީއެސްސީން ނިންމާފައިވޭ
މިގޮތަށް ކަރަންޓީނުކުރެވޭ މުވައްޒަފުން ކަރަންޓީނުކުރެވޭ މުއްދަތަށް ޗުއްޓީގެ ކަންތައްތައް އެ އިދާރާއަކުން ހަމަޖައްސައިދިނުމަށް ސީއެސްސީން އެދޭ

ކޮރޯނާވައިރަސް އަށް ޝައްކުކުރެވިގެން ކަރަންޓީނުކުރާ މުވައްޒަފުންނަށް ޚާއްސަ ޗުއްޓީ އެއް ދިނުމަށް ނިންމާފައިވާކަމަށް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ން ބުނެފި އެވެ.

އެކޮމިޝަނުން ބުނީ ރޯގާއާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅެއްގެ ގޮތުގައި މި ރޯގާއަށް ޝައްކުކުރެވޭ މީހުން ކަރަންޓީނުކުރުމަށް ނިންމަވާފައިވާކަމަށެވެ. އަދި މި ރޯގާއާ ގުޅިގެން ކަރަންޓީނުކުރެވޭ ސިވިލް ސަރވިސްގެ މުވައްޒަފުން، ކަރަންޓީނުކުރެވިފައި ހުންނަ މުއްދަތުގައި އޮފީހަށް ހާޒިރުނުވެވޭނެތީ، އެ ދުވަސްތަކަށް ޚާއްސަ ޗުއްޓީއަށް ހަމަޖައްސައިދިނުމަށް ސީއެސްސީން ނިންމާފައިވާކަމަށެވެ.

Advertisement

އަދި މިގޮތަށް ކަރަންޓީނުކުރެވޭ މުވައްޒަފުން ކަރަންޓީނުކުރެވޭ މުއްދަތަށް ޗުއްޓީގެ ކަންތައްތައް އެ އިދާރާއަކުން ހަމަޖައްސައިދިނުމަށް އެދޭކަމަށްވެސް ސީއެސްސީން ބުނެއެވެ.

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް އާ ގުޅިގެން މިހާތަނަށް އާއިރު ރާއްޖޭގެ ތިން މީހަކު ކަރަންޓީނުކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވަނީ ވިދާޅުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް