Advertisement
ކ. މާލެ
|
1 ފެބްރުއަރީ 2020 | ހޮނިހިރު 12:45
ހުޅުމާލެ
ހުޅުމާލެ
މިހާރު
މަލީހު ޖަމާލު
ހުޅުމާލޭގައި 100 ބުރިއާ ހަމަޔަށް ނުގެންދަންވީ އެއްވެސް ސަބަބެއް ނެތް: މަލީހު
ގުޅީފަޅު ޕޯޓު ނިންމުމަށްފަހު ހުޅުމާލޭގައި އިމާރާތްތައް 100 ބުރިއާއި ހަމަޔަށް ނޭޅެންވީ އެއްވެސް ސަބަބެއް ނެތް: މަލީހު
ވަރޓިކަލް ސިޓީޒް ތަކަކީ ބުރިބުރިއަށް ޑިޒައިން ކުރެވިގެން ތަރައްގީ ކުރެވޭ ސިޓީތައް

ހުޅުމާލޭގައި އިމާރާތްތައް 100 ބުރިއާއި ހަމަޔަށް ނޭޅެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ވިދާޅުވެއްޖެއެވެ.

Advertisement

ހޮނިހިރު ދުވަހު ކުރެއްވި ޓުވީޓެއްގައި މަލީހު ވިދާޅުވީ ރާއްޖޭގައި ބިން މަދުކަމަަަށާއި ބިމުގެ އަގު ބޮޑު ކަމަށެވެ. މަލީހު ވިދާޅުވީ އެއަރޕޯޓު ނިންމާ، މާލެ، ވިލިމާލެ، ގުޅީފަޅު ތިލަފުށީ ބްރިޖް ނިންމާ، ގުޅީފަޅު ޕޯޓު ނިންމުމަށްފަހު ހުޅުމާލޭގައި އިމާރާތްތައް 100 ބުރިއާއި ހަމަޔަށް ނޭޅެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

މަލީހު މިހެން ވިދާޅުވެފައިވާއިރު ރާއްޖެއަށް ބޭނުންވާ ހައްލަކީ ވަރޓިކަލް ސިޓީޒް ކަމަށް ވެސް މީގެކުރިން ވިދާޅުވެފައިވެއެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ ބުރިބުރިއަށް ނަގައިގެން ޖާގަ އިތުރުކުރުމާއި ހުސްބިމުން ގޯތި ދެވޭނެތީ ރާއްޖޭގެ އެއްވެސް ރަށެއް ނުފުރޭ ކަމަށެވެ. ވަރޓިކަލް ސިޓީޒް ތަކަކީ ބުރިބުރިއަށް ޑިޒައިން ކުރެވިގެން ތަރައްގީ ކުރެވޭ ސިޓީ ތަކެވެ.

މިކަމާއި ގުޅިގެން ރާއްޖެއެމްވީ އަށް މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް އޮތް އަނެއް ގޮތަކީ ހޮރިޒޯންޓަލް ސިޓީ ތަރައްގީ ކުރުންކަމަށެވެ. އެއީ މަތިމައްޗަށް އިމާރާތްތައް ނުނަގާ، ބިމުގެ ބޮޑުބައެއްގައި އިމާރާތްކޮށްގެން ކުރެވޭ ތަރައްގީ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް