Advertisement
ކ. މާލެ
|
1 ފެބްރުއަރީ 2020 | ހޮނިހިރު 09:20
އިދިކޮޅު ކޯލިޝަން
އިދިކޮޅު ކޯލިޝަން
ރާއްޖެއެމްވީ
ކޮރޯނާވައިރަސް
ފޮރުވުމެއް ނެތި ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް މައުލޫމާތު ހާމަކުރޭ: އިދިކޮޅު
އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައިވޭ
ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެފައިވޭ

ކޮރޯނާ ވައިރަސް އާއި ގުޅޭ މަޢުލޫމާތު ފޮރުވުމެއް ނެތި ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ހާމަކުރުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅުން ނެރުނު ބަޔާނުގައި ވަނީ އެފަދަ ނުރައްކާތެރި ބައްޔަކަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިފައިވާ އިރު، އެ ބައްޔާ ބެހޭ ގޮތުން ޢާންމު ރައްޔިތުން ހޭލުންތެރި ކުރުވާ، އެބައްޔާ ބެހޭ ގޮތުން ލިބިދޭން ޖެހޭ ފުރިހަމަ މަޢުލޫމާތުތައް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެއްވަމުން ގެންދެވުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ. އަދި މިބައްޔާ ގުޅިގެން ރައްޔިތުންގެ ރައްކާތެރިކަށްޓަކައި އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައްއަޅުއްވާ، ފަސޭހައިން މިބައްޔަށް ޓެސްޓް ކުރެވޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖައްސަވާ، ރައްޔިތުންގެ ރައްކާތެރިކަމަށް އިސްކަންދިނުމަށް އިލްތިމާސްކޮށްފައިވެއެވެ. މީގެއިތުރުން، ވަމުންދާ ގޮތުގެ މަޢުލޫމާތުތައް އެއްވެސް މިންވަރަކަށް ފޮރުވުމެއް ނެތި ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ހާމަކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ވަނީ ގޮވާލާފައެވެ.

އަދި މިބައްޔަކީ ފަސޭހައިން ފެތުރޭ ބައްޔަކަށް ވާއިރު، ތުއްތު ކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު އަންހެނުންނާއި، ސްކޫލްތަކުގެ ދަރިވަރުންނާއި، އަދިވެސް، ބަލިތައް ފަސޭހައިން ޖެހިދާނެ ކަމަށް ބެލެވޭ ޙާލަތުގައި ތިބި އެންމެންގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅާ، ސްކޫލްތަކާއި ޢާންމުން ގިނައިން އެއްވެ އުޅޭ ތަންތަނުގެ ރައްކާތެރިކަމަށް އިސްކަން ދިނުމަށްވެސް ކޯލިޝަންގެ ފަރާތުން އިލްތިމާސްކޮށްފައިވެއެވެ.

Advertisement

ހަމައެއާއު އެކު އެ ފަދަ ގައިންގަޔަށް އަރާ ބޮޑެތި ބަލިތަކުން ރައްކާތެރިވެ ތިބުމަށްޓަކައި، ޞިއްޙީގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް ރައްޔިތުންނަށްވެސް ނަޞޭޙަތްތެރިވާކަމަށެވެ. ޕްރޮގްރެސިވް ކޯލިޝަނުން ބުނީ އެކޯލިޝަނުން އަބަދުވެސް އިސްކުރާނީ ޤައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަމަށްވާތީ، މިދަނޑިވަޅުގައި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި، ކުރަންޖެހޭ ކޮންމެ ކަމެއްގައި މިކޯލިޝަންގެ ބައިވެރިވުމާއި އެއްބާރުލުން ލިބިދެވޭނެ ކަމަށެވެ.

ކޮރޯނާ ވައިރަސް ހުރި ކަމަށް ބެލެވޭ މީހަކު ރާއްޖެއިން ފެނިފައިވާ ކަމަށް ސަރުކާރުގެ ފަރާތުން އިޢުލާނުކޮށްފައިވާ އިރު، ކޮރޯނާވައިރަހަކީ ސިއްޙީ ގޮތުން ވަރަށް ނުރައްކާތެރި ވައިރަހެއްކަން ދުނިޔޭގެ ޞިއްޙީ ޖަމްޢިއްޔާތަކުންވެސް ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ ދުނިޔޭގެ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތެއްގެ ގޮތުގައި ޑަބްލިއު.އެޗް.އޯއިން ވެސް ވަނީ އިޢުލާނު ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
1 ފެބްރުއަރީ 2020 | ހޮނިހިރު 11:10
މަހުފޫޒް
ދިވެހިރާއްޖޭގެ ފަޅުތަކާއި ގިރިތައް ވިއްކައިގެން ނެގި ޑޮލަރ ތަކާއި ދިވެހި ރުފިޔާ ތަކަށް ހެދިގޮތް ދިވެހިރައްޔިތުންނަށް އެއްވެސް ފޮރުވުމެއްނެތި ދިވެހިރައްޔިތުންނަށް ކިޔާދީބަލަ.
1 ފެބްރުއަރީ 2020 | ހޮނިހިރު 11:10
މަހުފޫޒް
ދިވެހިރާއްޖޭގެ ފަޅުތަކާއި ގިރިތައް ވިއްކައިގެން ނެގި ޑޮލަރ ތަކާއި ދިވެހި ރުފިޔާ ތަކަށް ހެދިގޮތް ދިވެހިރައްޔިތުންނަށް އެއްވެސް ފޮރުވުމެއްނެތި ދިވެހިރައްޔިތުންނަށް ކިޔާދީބަލަ.