Advertisement
ކ. މާލެ
|
31 ޖެނުއަރީ 2020 | ހުކުރު 23:59
އެއަރޕޯޓް ޓާރމިނަލް އޭރިޔާގައިވާ ފަސިންޖަރުން ސްކްރީންކުރާ ތަނުގައި ބެހެއްޓިފައިވާ ތާމަލް ކެމެރާ
އެއަރޕޯޓް ޓާރމިނަލް އޭރިޔާގައިވާ ފަސިންޖަރުން ސްކްރީންކުރާ ތަނުގައި ބެހެއްޓިފައިވާ ތާމަލް ކެމެރާ
ގޫގުލް
ކޮރޯނާވައިރަސް
ކޮރޯނާވައިރަސްގެ އަލާމާތެއް ފެނޭތޯ އިތުރު ދެމީހަކު މޮނިޓަރ ކުރަނީ
ބަލި މުޅި ދުނިޔޭގައި ދަނީ ފެތުރެމުން
ބައްޔަށް ޝައްކުކުރެވެނީ 20 އަހަރުގެ ދިވެއްސެއް ވަނީ ކަރަންޓީން ކޮށްފައި
ފާއިތުވެގެންދިޔަ 24 ގަޑައިރު ތެރޭގައި ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ އިތުރު މީހަކު ފެނިފައިނުވޭ

ކޮރޯނާވައިރަސްގެ އަލާމާތެއް ފެނޭތޯ އިތުރު ދެމީހަކު މޮނިޓަރ ކުރަމުންދާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ހެލްތް މިނިސްޓްރީގައި ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ފާއިތުވެގެންދިޔަ 24 ގަޑައިރު ތެރޭގައި ނޮވެލް ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ އިތުރު މީހަކު ފެނިފައިނުވާ ކަމަށެވެ.

މިނިސްޓަރ އަމީން ވިދާޅުވީ ޝައްކު ކުރެވޭ އިތުރު މީހަކު ފެނިފައިނުވާ ކަމަށެވެ. ނަމަވެސް ކޮރޯނާވައިރަސްގެ އަލާމާތެއް ފެނޭތޯ އިތުރު ދެމީހަކު މޮނީޓާ ކުރަމުންދާ ކަމަށެވެ.

Advertisement

އިތުރު ދެމީހަކު މޮނިޓަރ ކުރަމުންދާކަން ހާމަކޮށްފައިވާއިރު، 20 އަހަރުގެ ދިވެއްސެއް ކޮރޯނާވައިރަސްއަށް ޝައްކުކުރެވިގެން ކ.ފޮނަދޫގައި ޤާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓިގައި ކަރަންޓީން ވަނީ ކޮށްފައެވެ. އޭނާގެ ޙާލު ސީރިއަސް ނޫންކަމަށް ވެސް މައުލޫމާތު ލިބެއެވެ. އޭނާގެ ހަށިގަނޑުގައި ކޮރޯނާވައިރަސްގެ އަސަރުވޭތޯ ކަށަވަރު ކުރުމަށް، އެކަމަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު ތަހުލީލު ކުރުމަށް މިހާރު ރާއްޖެއިން ބޭރަށް ވަނީ ފޮނުވާފައެވެ.

ނޮވެލް ކޮރޯނާވައިރަސްއަށް ޝައްކު ކުރެވޭ އަދި އިތުރަށް ބަލާ މޮނިޓަރ ކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަކީ:

  • އަލާމާތްތައް ފެނުމުގެ 14 ދުވަސް ކުރިން ޗައިނާގެ ވުހާން ނުވަތަ ހޫބޭ ޕްރޮވިންސަށް ގޮސްފައިވުން
  • އަލާމާތްތައް ފެނުމުގެ 14 ދުވަސް ކުރިން ޗައިނާގައި ހުންނަ މީޓް މާކެޓަކަށް ޒިޔާރަތް ކޮށްފައިވުން
  • ކޮރޯނާ ވައިރަސްގެ އަލާމާތްތައް ކަމަށްވާ، ހުންއައުން، ކެއްސުން، ކަރުގައި ރިއްސުން، އަދި ނޭވާ ކުރުވެ، ނޭވާލާން އުނދަގޫވުން
  • ބަލި އުޅޭ ސަރަހައްދެއްގައި ހުރި ހޮސްޕިޓަލެއްގައި ސިއްހީ ހިދުމަތްދޭ މީހަކަށްވުން
  • އަލާމާތްތައް ފެނުމުގެ 14 ދުވަސް ކުރިން ބަލި ޖެހިފައިވާ ކަމަށް ބެލެވޭ މީހަކާއި އެކީ އުޅުން/ އެފަދަ މީހުން ތިބި ތަނަކަށް ދިޔުން

ރާއްޖެއިން ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ މީހަކު ފެނިފައިވާއިރު، މި ވައިރަސްގެ ސަބަބުން ޗައިނާއިން ރާއްޖެއަށް ދަތުރުކުރާ ސީދާ ފްލައިޓުތައް ވަގުތީ ގޮތުން ވަނީ ހުއްޓާލާފައެވެ. އަދި ބޭރުގެ ގައުމުތަކަށް ދަތުރުކުރާއިރު އެ ގައުމެއްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރަޖިސްޓްރީވުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ވަނީ އިލްތިމާސްކޮށްފައެވެ.

ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާގެ ވޫހަން ސިޓީން ފެނުނު ކޮރޯނާވައިރަސް ދުނިޔޭގެ އެކި ޞަރަޙައްދުގައި ފެތުރެމުންދާއިރު، އެ ބަލި އިތުރަށް ފެތުރިދާނެތީ ދުނިޔޭގެ އެކި ޤައުމުތަކުން ދަނީ އެކަމަށް ތައްޔާރުވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް