Advertisement
ކ. މާލެ
|
31 ޖެނުއަރީ 2020 | ހުކުރު 22:48
ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް ރާއްޖެއިން ވަނީ ފިޔަވަޅުތައް އަޅާފައި
ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް ރާއްޖެއިން ވަނީ ފިޔަވަޅުތައް އަޅާފައި
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ކޮރޯނާވައިރަސް
ކޮރޯނާވައިރަސް އާއި ގުޅޭގޮތުން މައުލޫމާތު ފެތުރުމުގައި ޒިންމާދާރުވުމަށް އެމްއެމްސީ އާއި ބްރޯޑްކޮމުން އެދެފި
ވަކި ކަންކަމަކަށް ސަމާލުކަން ދިނުމަށް މިދެތަނުން ވަނީ ވަކިވަކިން ބަޔާން ނެރެފައި
ބްރޯޑްކާސްޓަރުން ގެނެސްދޭ ޚަބަރާއި މައުލޫމާތު ބްރޯޑްކޮމް އިން ވަރަށް ގާތުން މޮނިޓަރކުރަމުންގެންދާ ކަމަށް އެކޮމިޝަނުން ބުނޭ

ކޮރޯނާވައިރަހާއި ނުރައްކާތެރި ބަލިތަކާއި ބެހޭ މައުލޫމާތު ގެނެސްދިނުމުގައި ޒިންމާދާރުވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން (ބްރޯޑްކޮމް) އާއި މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ) އިން އިލްތިމާސްކޮށްފި އެވެ.

މިދެތަނުން އެގޮތަށް އިލްތިމާސްކޮށްފައިވަނީ ވަކިވަކިން ނެރުނު ބަޔާން ތަކުގަ އެވެ.

މިކަމާއި ގުޅިގެން ބްރޯޑްކޮމްއިން ނެރެފައިވާ ސަރކިޔުލާރގައި ބުނެފައިވަނީ ދުނިޔޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ވަރލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއު. އެޗް. އޯ) އިންކަނޑައަޅާފައިވާ ނޮވެލް ކޮރޯނާ ވައިރަހުގެ ސަބަބުން ފެތުރެމުންދާ ބަލިމަޑުކަމާ ގުޅޭގޮތުން، ޢާންމުންގެ މެދުގައި ބިރުވެރިކަންއުފެދި، ނުތަނަވަސްކަން އަންނަ ގޮތަށް ސާބިތު ނުހިފޭ މަޢުލޫމާތު ގެނެސްދިނުމުން އެއްކިބާވުމަށް ނަސޭހަތްތެރިވާ ކަމަށެވެ. އަދި މިކަމާ ގުޅޭ އެންމެހާކޮންޓެންޓް ގެނެސްދިނުމުގައި ޒިންމާދާރު ނޫސްވެރިކަން ކުރިއަށް ނެރުމަށް ބްރޯޑްކާސްޓަރުންނަށް ނަސޭހަތްތެރިވެ، އިލްތިމާސްކުރާކަމަށް މި ސަރކިޔުލަރގައި ބުނެފައިވެ އެވެ.

Advertisement

މީގެއިތުރުން ނޮވެލް ކޮރޯނާ ވައިރަހުގެ ސަބަބުން ފެތުރެމުންދާ ބަލިމަޑުކަމާ ގުޅޭ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގައި، ސާފު ސީދާ ތެދުމަޢުލޫމާތު ގެނެސްދިނުމަށާއި، ކަމާގުޅޭ އިދާރާތަކުގެ ބަސް ހޯދައި، އެފަރާތްތަކާ ހަވާލާދީ ކޮންޓެންޓް ގެނެސްދިނުމަށްވެސް ބްރޯޑްކޮމް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އަދި ބްރޯޑްކާސްޓަރުން އަމަލުކުރުމަށް ލާޒިމްކުރާ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާއި އުސޫލުތަކަށާއި ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެ މަތިން އަމަލުކުރުމަށް ވެސް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސް ކުރާކަމަށް ބްރޯޑްކޮމް އިން ބުނެއެވެ. އަދި މިހައްސާސް ދަނޑިވަޅުގައި ބްރޯޑްކާސްޓަރުން ގެނެސްދޭ ޚަބަރާއި މައުލޫމާތު މި ކޮމިޝަނުން ވަރަށް ގާތުން މޮނިޓަރކުރަމުންގެންދާ ވާހަކަ ވެސް ބްރޯޑްކޮމް އިން ވަނީ ބުނެފަ އެވެ.

މިކަމާއި ގުޅޭގޮތުން އެމްއެމްސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދުނިޔޭގެ ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ "ކޮރޯނާ" ވައިރަސް އާ ގުޅޭގޮތުން ޚަބަރާއި މަޢުލޫމާތުފެތުރުމުގައި މިކަންކަމަށް ހުރިހާ މީޑިއާތަކުން ސަމާލުކަން ދިނުމަށް ކައުންސިލުން އިލްތިމާސްކުރާކަމަށެވެ.

  • 1. ދިވެހިރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި އިތުރަށް ބިރުވެރިކަން ނުއުފެދޭނެގޮތަށް ވިސްނުމަށާއި ރާއްޖޭގެ އިގުތިޞާދާއި ގައުމީ މަސްލަހަތަށް އިސްކަންދީގެން ޚަބަރާއި މަޢުލޫމާތު ފެތުރުން؛
  • 2. ނުރައްކާތެރި "ކޮރޯނާ" ވައިރަސްގެ ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި WHO ގެ ހިސާބުތަކަށް ރިޢާޔަތް ކުރުމަށް އިސްކަން ދިނުން؛
  • 3. މި ވައިރަސްއާ ބެހޭގޮތުން ފަތުރާ މަޢުލޫމާތުތަކަކީ ތެދު މަޢުލޫމާތުކަން ކަށަވަރު ކުރުމަށް ހާއްސަ ސަމާލުކަމެއްދިނުން.

ކޮރޯނާވައިރަސް މުޅި ދުނިޔޭގައި ހަލުވި މިނުގައި ފެތުރެމުންދާއިރު މިބައްޔަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިފައިވާކަމަށް ހެލްތު މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ. އަދި މިވައިރަސް އާއި ގުޅޭގޮތުން ރާއްޖޭގެ މީޑިޔާތަކުން އަންނަނީ ޚަބަރާއި މައުލޫމާތު ފޯރުކޮށްދެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް