Advertisement
ކ. މާލެ
|
31 ޖެނުއަރީ 2020 | ހުކުރު 19:02
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
ރާއްޖެއެމްވީ
އެމްޑީޕީ ޕްރައިމަރީ
ލާމަރުކަޒީ ގާނޫނު ހިނގަން ފެށުމާއިއެކު ރަށްވެހިކަމަށް އާ ފަތިހެއް އަންނާނެ: ރައީސް ނަޝީދު
ފެބްރުއަރީ މަހު ކައުންސިލްތައް ހިންގަމުންދާ އުސޫލުތަކާއި ހަމަތަކާއި ގަވާއިދުތަކަށް ބަދަލު އަންނާނެ: ރައީސް ނަޝީދު

ލާމަރުކަޒީ ގާނޫނު ހިނގަން ފެށުމާއިއެކު ދިވެހިރާއްޖޭގެ ރަށްވެހިކަމަށް އާ ފަތިހެއް އަންނާނެކަމާއި މެދު ޝައްކެއް ނެތް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީ އިންތިހާބުގައި ވޯޓު ލެއްވުމަށްފަހު ރާއްޖެއެމްވީއަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހާއިއެކު އަންނަ ފެބްރުއަރީ މަހު ކައުންސިލްތައް ހިންގަމުންދާ އުސޫލުތަކާއި ހަމަތަކާއި ގަވާއިދުތަކަށް ބަދަލު އަންނާނެ ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިންނަށް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް ދަތުރުކޮށް ބޭއްވި ވަރކްޝޮޕްތަކަށް އަލިއަޅުއްވާލައްވާ އެމަނިކުފާނު ވިދާޅުވީ އެ ވަރކްޝޮޕްތަކުން ރަށްރަށުގައި ލޯކަލް ކައުންސިލް އިންތިހާބަށް ޕާޓީގެ ފަރާތުން ވާނެ ވައުދުތަކާއި ގެންގުޅޭނެ ސިޔާސަތުތައް ފާހަގަކޮށްފައިވާނެ ކަމަށެވެ.

Advertisement

މިހާރު އެމްޑީޕީން ވަނީ އެ ޕާޓީގެ ސިޔާސަތުތަކާއި ގުޅޭ މަޝްރޫއުތައް އެކުލަވާލާފައި ކަމަށާއި އެ މަޝްރޫއުތައް ވެގެންދާނީ ކައުންސިލްތަކުން ހިންގާ މަޝްރޫއުތަކަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެ މަޝްރޫއުތައް ވެގެންދާނީ ކައުންސިލްތަކުން ހިންގާ މަޝްރޫއުތަކަށް. އަޅުގަނޑު ދެކޭ ގޮތުގައި ލަމަރުކަޒީ ގާނޫނަށް މިގެނެވުނު އިސްލާހާއި އަދި ރާއްޖޭގެ ރައްޔިތުން މިކަމަށް ޝައުގުވެރިކަން ހުރި މިންވަރާއި މިކަންކަން އެކުވެ މި ގާނޫނު، މި ނިޒާމު، ހިންގަން ފެށުމުން ދިވެހިރާއްޖޭގެ ރަށްވެހިކަމާއި ވަރަށް ވަރަށް އުޖާލާ ފަތިހެއް އަންނާނެކަމާއި ގުޅޭގޮތުން އަޅުގަނޑުގެ ހިތުގައި ހަމަ އެއްވެސް ޝައްކެއް ނުއުފެދޭ.
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީއަކީ އާއްމުކޮށް އެތެރޭގެ އިންތިހާބުތައް ބާއްވަމުން އަންނަ ޕާޓީއެއްކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ޕާޓީގެ ސެކެޓޭރިއެޓާއި، އަދި އެހެނިހެން އިދާރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެސް އިންތިހާބުތަކަށް ވަރަށް ފަރިތަވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް