Advertisement
ކ. މާލެ
|
31 ޖެނުއަރީ 2020 | ހުކުރު 11:26
ދިވެހިންތަކެއް މާސްކު އަޅައިގެން
ދިވެހިންތަކެއް މާސްކު އަޅައިގެން
މުހައްމަދު ޝަރުހާން
އެސްޓީއޯ
މާސްކު ހުހެއްނުވޭ، އެކަށީގެންވާ ވަރަށް އެބަހުރި: އެސްޓީއޯ
ބުރާސްފަތި ދުވަހު ހަވީރުން ފެށިގެން އެސްޓީއޯ އިން ވިއްކަނީ މީހަކަށް ތިން މާސްކް
މާސްކު ކޮންޓްރޯލް ކުރަން ޖެހުނީ ބޮޑެތި ވިޔަފާރިތަކުން ބަންޑަލްކޮށް މާސްކު ގަނެގެން ގޮސް އަގުބޮޑު އަގުގައި ވިއްކާތީ
އެޗްޕީއޭ އިން ވަނީ ކޮރޯނާ ވައިރަސްގެ ސަބަބުން ރައްކާތެރިވުމަށް މާސްކު ބޭނުންކުރަން އިލްތިމާސްކޮށްފައި

މޫނުގައި އަޅާ މާސްކު ހުސްނުވާ ކަމަށާއި، އެކަށީގެންވާ ވަރަށް މާސްކު އެސްޓީއޯގައި އެބަހުރި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އެސްޓީއޯގެ ފިހާރަތަކުން މާސްކު ނުލިބޭ ކަމަށާއި، ވިއްކަމުންދާ އަދަދު ''ލިމިޓް'' ކޮށްފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ޝޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބުރާސްފަތި ދުވަހު ހަވީރުން ފެށިގެން އެސްޓީއޯ އިން ވިއްކަނީ މީހަކަށް ތިން މާސްކެވެ.

Advertisement

ރާއްޖެ.އެމްވީއަށް އަމްރު ވިދާޅުވީ، މާސްކު ކޮންޓްރޯލް ކުރަން ޖެހުނީ ބޮޑެތި ވިޔަފާރިތަކުން ބަންޑަލްކޮށް މާސްކު ގަނެގެން ގޮސް އަގުބޮޑު އަގުގައި ވިއްކާތީ ކަމަށެވެ.

''އަޅުގަނޑުމެން (އެސްޓީއޯ) އަތުން 2.50ރ ގަނެގެން ގޮސް 9 ރުފިޔާ އަށް ވިއްކަނީ މާސްކު''
ހުސެއިން އަމްރު / އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ

އެކަމަކު އެކަށީގެންވާ ވަރަށް އަދި މި ދަނޑިވަޅަށް ބޭނުންވާ ވަރަށް މާސްކު އެސްޓީއޯއިން ލިބެން ހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަމްރު ވަނީ ދެއްވާފައެވެ. މިފަދަ ނާޒުކު ހާލާތްތަކުގައި އާއްމުން ތެރޭގައި ދޮގު ހަބަރު ނުފެތުރުމަށް އަމްރު ވަނީ ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

ހެލްތް ޕޮރްޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ކޮރޯނާ ވައިރަސްގެ ސަބަބުން ރައްކާތެރިވުމަށް މާސްކު ބޭނުންކުރަން އިލްތިމާސްކޮށްފައެވެ.

ޗައިނާގެ ވޫހަން ސިޓީން ފެނުނު މި ވައިރަސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރުމުގެ ސަބަބުން، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިއުއެޗްއޯ އިން ވަނީ ކޮރޯނާވައިރަހަކީ ދުނިޔޭގެ ސިއްހީ ނުރައްކަލެއްގެ ހާލަތެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ކޮރޯނާވައިރަހަށް ޝައްކުވާ މީހަކު ރާއްޖެއިން ފެނިފައިވާ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުރާސްފަތި ދުވަހުގެރޭ ހާމަކޮށްފައެވެ. އެ ބައްޔަށް ޝައްކުވާ އުމުރުން 20 އަހަރުގެ ދިވެހި ޒުވާނާ އަކީ ޗައިނާގައި އުޅުމަށް ފަހު ރާއްޖެއައި މީހެކެވެ. އެންމެ ފަހުގެ މައުލޫމާތުތައް ބުނާގޮތުން ދުނިޔޭގެ 9600 މީހަކަށް ވަނީ މި ބަލި ޖެހިފައެވެ. އޭގެ ތެރެއިން 213 މީހަކު ވަނީ މަރުވެފައެވެ. އަދި އަދަދުތައް އަންނަނީ ކޮންމެ ގަޑިއިރަކު އިތުރުވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
31 ޖެނުއަރީ 2020 | ހުކުރު 17:19
ޢިއްސެ
ހުހެއް ނުވޭ ކުރިން -/2ރ. މިހާރު -/10ރ އަށް "ކުރުދޮށިން ބާނަނީ" އެއިންވެސް ނާޖާއިޒު ފާއިދާ!