Advertisement
ކ. މާލެ
|
31 ޖެނުއަރީ 2020 | ހުކުރު 09:12
ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް
ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް
މޯލްޑިވްސް ޓައިމްސް
ވެށިފަހި މާލެ
މާލެއިން ބިން ކޮޅު ދޫކޮށްލުމުން ހުޅުމާލެއިން 1000 އަކަ ފޫޓު ދިނުން އިންސާފުވެރިއެއް ނޫން: އުޝާމް
އެ ފަރާތްތަކަށް ދޭނީ ކިތައް ފޫޓު ކަމެއް އެޗްޑީސީން އަދި ހާމަކޮށްފައެއް ނުވޭ
ރައްޔިތުންނަށް އަތްފޯރާ އަގެއްގައި ބިން ވިއްކުން މާ ރަނގަޅު:އުޝާމް

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފެށި "ވެށިފަހި މާލެ" ޕްރޮގުރާމުގެ ދަށުން، މާލެއިން ކުދި ބިންކޮޅު ދޫކޮށްލާފައިވާ ފަރާތްތަކަށް، ހުޅުމާލެއިން 1000 އަކަ ފޫޓު ދިނުން އިންސާފުވެރި ނޫން ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

Advertisement

"މާލެއިން ބިންކޮޅު ދޫކޮށްލި މީހުންނަށް ހުޅުމާލެއިން ގޯތި ދެނީ" މި ނަމުގައި ރާއްޖެއެމްވީ އިން ލިޔުނު ޚަބަރު ރީޓްވީޓު ކުރައްވާ އުޝާމް ވިދާޅުވީ މާލެއިން 50 އެއްހާ އަކަފޫޓުގެ ބިން ކޮޅެއް ދޫކޮށްލުމުން އޭގެ ބަދަލުގައި ހުޅުމާލެއިން 1000 އަކަފޫޓުގެ ބިމެއް ދިނުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ. އަދި ރައްޔިތުންނަށް އަތްފޯރާ އަގެއްގައި ބިން ވިއްކުން މާ ރަނގަޅު ކަމަށް އުޝާމް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އަންގާރަ ދުވަހު އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ މާލެ ސިޓީ ތަމްސީލު ކުރައްވާ މެންބަރުންގެ އިތުރުން، މާލެ ސިޓީ ކައުންސިލުން، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިސް ފަރާތްތަތަކާއެކު ބައްދަލުވުމެއް ބާއްވާފައިވެއެވެ.

އެމްޑީޕީން ބުނީ ''ވެށިފަހި'' މާލެ ޕްރޮގުރާމުގެ ދަށުން މާލެއިން ގޯތިތައް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފަހުން ގޯތިދޭނެ ކަމަށް ލިޔުން ޙަވާލުކޮށްފައިވާ ފަރާތްތަކަށް ގޯތި ދިނުމަކީ އެމްޑީޕީގެ ވަޢުދަކަށްވާއިރު، ލިޔުން ދޫކޮށްފައި ގޯތި ނުލިިބި 200 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށެވެ. އެހެން ކަމުން އެ ގޯތިތައް ދިނުމަށް އެޗްޑީސީގައި އެދިފައިވާ ކަމަށެވެ.

އެ ފަރާތްތަކަށް ދޭނީ ކިތައް ފޫޓު ކަމެއް އެޗްޑީސީން އަދި ހާމަކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
1 ފެބްރުއަރީ 2020 | ހޮނިހިރު 20:26
ޙަސޫ
ޟމާލެ މީ ހުނަށް އެއްވެސް ތާކުން ދޭނެކަމެއްނެއް ހުރިހާ ހާލުގައި އެއްޗެއްވެސް ރާއްޖެތޭރޭ މީ ހުނަށް