Advertisement
ކ. މާލެ
|
31 ޖެނުއަރީ 2020 | ހުކުރު 00:00
އެއަރޕޯޓް ޓާރމިނަލް އޭރިޔާގައިވާ ފަސިންޖަރުން ސްކްރީންކުރާ ތަނުގައި ބެހެއްޓިފައިވާ ތާމަލް ކެމެރާ
އެއަރޕޯޓް ޓާރމިނަލް އޭރިޔާގައިވާ ފަސިންޖަރުން ސްކްރީންކުރާ ތަނުގައި ބެހެއްޓިފައިވާ ތާމަލް ކެމެރާ
ގޫގުލް
ނޮވެލް ކޮރޯނާވައިރަސް
ކޮރޯނާވައިރަސްއަށް ޝައްކު ކުރެވޭ ދިވެއްސަކު ފެނިއްޖެ
ޗައިނާއިން މިދުވަސްވަރު ފެންނަ ގޮތްނޭންގޭ ބައްޔަކީ ކޮރޯނާ ވައިރަސް އިން ޖެހޭ ބައްޔެއް
ބަލި މުޅި ދުނިޔޭގައި ދަނީ ފެތުރެމުން
ބައްޔަށް ޝައްކުކުރެވެނީ 20 އަހަރުގެ ދިވެއްސެއްގެ ގައިން

ކޮރޯނާވައިރަސް ހުރިކަމަށް ޝައްކުކުރެވޭ ދިވެއްސަކު ފެނިފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ. ޗައިނާގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް އަށް ޝައްކުކުރެވޭ މީހަކީ ޗައިނާއަށް ޒިޔާރަތްކުރި ދިވެއްސަކަށް ކަމަށް ހެލްތުން ބުނެއެވެ.

Advertisement

މިކަން ހާމަކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ހެލްތު މިނިސްޓްރީން ބޭއްވި ކުއްލި ޕްރެސްކޮންފަރެންސެއްގައެވެ. މި ބައްދަލުވުމުގައި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ، ވައިރަސް އަށް ޝައްކު ކުރެވޭ މީހާއަކީ އުމުރުން 20 އަހަރުގެ ދިވެއްސެއް ކަމަށެވެ. އެމީހާ މިހާރު ފޮނަދޫގައި ޤާއިމުކޮށްްފައިވާ އައިސޮލޭޝަން ފެސިލިޓިގައި ކަރަންޓީން ކުރެވިފައިވާކަމަށާއި، އޭނާގެ ޙާލު ސީރިއަސް ނޫންކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ. އޭނާގެ ހަށިގަނޑުގައި ކޮރޯނާވައިރަސްގެ އަސަރުވޭތޯ ކަށަވަރު ކުރުމަށް، އެކަމަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު ތަހުލީލު ކުރުމަށް މިހާރު ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށްވެސް މިނިސްޓރ ވިދާޅުވިއެވެ. ޑަބްލިއުއެޗްއޯގެ އެހީގައި ތަހުލީލު ކުރުމުގެ މަރުޙަލާ ކުރިޔަށްގެންދާކަމަށް ވެސް ހެލްތު މިނިސްޓަރު ވިދާޅުވެއެވެ.

ނޮވެލް ކޮރޯނާވައިރަސްއަށް ޝައްކު ކުރެވޭ އަދި އިތުރަށް ބަލާ މޮނިޓަރ ކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަކީ:

  • އަލާމާތްތައް ފެނުމުގެ 14 ދުވަސް ކުރިން ޗައިނާގެ ވުހާން ނުވަތަ ހޫބޭ ޕްރޮވިންސަށް ގޮސްފައިވުން
  • އަލާމާތްތައް ފެނުމުގެ 14 ދުވަސް ކުރިން ޗައިނާގައި ހުންނަ މީޓް މާކެޓަކަށް ޒިޔާރަތް ކޮށްފައިވުން
  • ކޮރޯނާ ވައިރަސްގެ އަލާމާތްތައް ކަމަށްވާ، ހުންއައުން، ކެއްސުން، ކަރުގައި ރިއްސުން، އަދި ނޭވާ ކުރުވެ، ނޭވާލާން އުނދަގޫވުން
  • ބަލި އުޅޭ ސަރަހައްދެއްގައި ހުރި ހޮސްޕިޓަލެއްގައި ސިއްހީ ހިދުމަތްދޭ މީހަކަށްވުން
  • އަލާމާތްތައް ފެނުމުގެ 14 ދުވަސް ކުރިން ބަލި ޖެހިފައިވާ ކަމަށް ބެލެވޭ މީހަކާއި އެކީ އުޅުން/ އެފަދަ މީހުން ތިބި ތަނަކަށް ދިޔުން

މިނިސްޓަރ ވިދާޅުވީ އެއަރޕޯޓުގައި ސްކްރީން ކުރެވުނު އިރު، އޭނާގެ ގައިގަ ހުމުގެ އަސަރެއް ނެތް ކަމަށެވެ. ނަމަވެސް އެމީހާ ރާއްޖެ އައުމަށްފަހު ރޯގާ ޖެހުމުންވެސް ޓެސްޓު ކުރި ކަމަށެވެ. ނަމަވެސް އޭރުވެސް ހުމުގެ އަސަރެއް ނެތް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ސްކްރީނިންގް ގެ ތެރޭގައި އޭނާގެ ޓްރެވެލް ހިސްޓްރީ ބެލިއިރު އޭނާ ވޭތުވެ ދިޔަ 14 ދުވަހުގެ ތެރޭގައި މީޓް މާރކެޓަކަށް ޒިޔާރާތް ކުރިކަން ފާހަގަ ކުރެވުނު ކަމަށެވެ.

އަމީން ވިދާޅުވީ އެ 20 އަހަރުގެ މި ފިރިހެން މީހާ ރާއްޖެއަށް ދަތުރުކުރީ ޗައިނާގެ ޒިޔަމަން ސިޓީގައި ހުރެފައި ކަމަށެވެ. އަދި މިހާރު އަންނަނީ ހެދިފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ޞިއްޙީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ކަމަށެވެ. އަދި ކޮރޯނާ ވައިރަސސްގެ ބަލިހުރިކަން ޔަގީން ކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ސާމްޕަލް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބަލިން ރައްކާތެރިވުމަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯރޓްގައާއި، ގަން އިންޓަނޭޝަނަލް އެއަރޕޯޓްގައި ދަތުރުވެރިންގެ ހަށިގަނޑުގެ ބޭރުފުށުގެ ފިނި ހޫނު މިންހުރި މިންވަރު ދެނެގަތުމަށް ތާރމަލް ކެމެރާ ބޭނުންކުރަން ވަނީ ފަށާފައެވެ. އަދި އެއަރޕޯރޓްތަކުގެ ޓާރމިނަލްގައި ތާރމަލް ކެމެރާއިން ހުން ހުރިކަމަށް ދައްކާ ފަސިންޖަރުން ސްކްރީންކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި ބައްޔަށް ޝައްކުކުރެވޭ އަދި ބަލީގެ އަލާމާތްތައް ފެންނަ ފަރާތްތަކަށް ރައްކާތެރިކަމާއެކު ފަރުވާދިނުމުގެ އިންތިޒާމު ހަމަޖެއްސުން ވެސް ފާހަގަކޮށްލެވެއެވެ.

ރާއްޖެއިން ކޮރޯނާވައިރަސް ފެނިފައިވާއިރު، މި ވައިރަސްގެ ސަބަބުން ޗައިނާއިން ރާއްޖެއަށް ދަތުރުކުރާ ސީދާ ފްލައިޓުތައް ވަގުތީ ގޮތުން ހުއްޓާލަން ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ބޭރުގެ ޤައުމުތަކަށް ދަތުރުކުރާއިރު އެ ޤައުމެއްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރަޖިސްޓްރީވުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ވަނީ އިލްތިމާސްކޮށްފައެވެ.

ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާގެ ވޫހަން ސިޓީން ފެނުނު ކޮރޯނާވައިރަސް ދުނިޔޭގެ އެކި ޞަރަޙައްދުގައި ފެތުރެމުންދާއިރު، އެ ބަލި އިތުރަށް ފެތުރިދާނެތީ ދުނިޔޭގެ އެކި ޤައުމުތަކުން ދަނީ އެކަމަށް ތައްޔާރުވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
31 ޖެނުއަރީ 2020 | ހުކުރު 01:50
ސާމީ
ޢަވަސް ޝިފާއަކަށް އެދެން