Advertisement
ކ. މާލެ
|
31 ޖެނުއަރީ 2020 | ހުކުރު 00:42
ޝަފީގާ ލިޔުއްވާފައިވާ ދެ ފޮތް ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޝަފީގާ ލިޔުއްވާފައިވާ ދެ ފޮތް ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
އެމް 7 ބުކްޝޮޕް
ފަތިމަތު ޝަފީގާގެ ކުރު ދެވާހަކަ ފޮތް ނެރެފި
ފޮތް ނެރެދެއްވީ ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ
ފޮތް ހުންނަނީ ސިލަބަސް ތަކާއި ގުޅުވާލައިގެން

''އެމް7'' ބުކްޝޮޕުން ކުރިޔަށް ގެންދާ ތުއްތު ކުދިންގެ ފޮތް އުފެއްދުމުގެ ސިލްސިލާގެ ދަށުން ފަތިމަތު ޝަފީގާ ލިޔުއްވާފައިވާ ކުރު ދެ ވާހަކަ ފޮތް ނެރެފިއެވެ. އެ ވާހަކަ ފޮތްތަކަކީ ''މާމަޔާ ޖެޓްސްކީ'' އަދި ''ތުއްތު ކަމަނާއާއި ޑިންޑިން'' އެވެ.

ދިވެހިރާއްޖޭގެ އަޑު ގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ ފޮތް ރަސްމީކޮށް ނެރެދެއްވީ ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީއެވެ.

އެ ދެ ވާހާކަ ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ފޮތުގެ މުސައްނިފް ޝަފީގާ ބުނީ، ވާހަކަ ފޮތަށް ނަންދެވުނު ގޮތާއި މެދު މީހުން ސުވާލުކުރަމުންދާ ކަމަށެވެ.

އޭގެ ޖަވާބަކަށް އޭނާ ބުނީ، އެންމެ ބޮޑަށް އިސްކަންދިނީ މިހާރުގެ ކުދިންނަށް ޝައުޤުވެރިވާ ކަހަލަ ފޮތްތަކަކަށް ކަމަށެވެ. އޭނާ ބުނީ، އެ ފޮތުގެ މަސައްކަތް މީގެ އަހަރެއް ކުރިން ފެށިއިރު، ޝައުުޤުވެރިވާ ކަހަލަ ގޮތަކަށް ފޮތްތައް ބައްޓަން ކުރެވޭނެ ގޮތްތަށް ހޯދި ކަމަށެވެ.

Advertisement

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ''އެމް7'' ގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަބްދުއްސައްތާރު ވިދާޅުވީ، މިހާރު މަދުވެފައި އޮތީ ތައުލީމު ނޫން ކަމަށާއި، ފޮތްތަކުގެ މައިގަނޑު ޢަމާޒު ހިފާފައި ހުންނަނީ ވަކި މިޞްރާބަކަށް ކަމަށެެވެ.

ސައްތާރު ވިދާޅުވީ، ތަޢުލީމީ ދާއިރާގައި މުސައްނިފުންނާއި މަޝްވަރާ ކުރެވިގެން އެ ބުކްޝޮޕުން ނެރޭ ފޮތްތަކުން އަމާޒު ހިފާފައިވަނީ މިހާރު ތިބި ކުދިންނަށް ޚާއްޞަކޮށް ސްޓޭޖުތަކަށް ބަހާލައިގެން ކަމަށެވެ. އެ ފޮތްތައް ލިބެން ހުންނާނީ ''އެމް 7'' ބުކްޝޮޕުންނެވެ.

އެ ފޮތްތައް ހުންނާނީ އެޑިއުކޭޝަންގެ އެކަޑެމިކް ސިލަބެސް ތަކާއި ގުޅުވާލައިގެން ކަމަށް ސައްތާރު ފާހަގަކުރެއްވިއެވެ. އެ ރަސްމިއްޔާތުގައި, އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ އަދި ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ޠާރިގު ބައިވެރިވެވަޑައިގަތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް