Advertisement
ކ. މާލެ
|
30 ޖެނުއަރީ 2020 | ބުރާސްފަތި 22:30
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު
ޔޫސުފް ސޮފްވާން ރަޝީދު
ފޮރިން މިނިސްޓްރީ
ބޭރުގެ ގައުމުތަކަށް ދަތުރުކުރާއިރު އެގައުމެއްގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
ބޭރު ގައުމެއްގައި ދިރިއުޅޭ ދިވެހިން ކަމާބެހޭ ސިއްޙީ އިދާރާތަކުން ދެއްވާ އިރުޝާދަށް އަމަލުކުރަންޖެހޭ
ރަޖިސްޓްރީ ކުރުމަށް ބޭނުންވާ މައުލޫމާތު، މިމިނިސްޓްރީއާއި އެމްބަސީތަކުގެ ވެބްސައިޓުން ލިބޭނެ
ޗައިނާއަށް ދަތުރުނުކުރުމަށް ވަނީ އިލްތިމާސްކޮށްފައި

ބޭރުގެ ޤައުމުތަކަށް ދަތުރުކުރާއިރު އެ ޤައުމެއްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރަޖިސްޓްރީވުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ބޭރު ޤައުމުތަކަށް ދަތުރުކުރާއިރު އެޤައުމެއްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ނުވަތަ އެޤައުމާ އެންމެ ކައިރި ދިވެހި އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް ވެސް އިލްތިމާސްކުރާ ކަމަށެވެ. އަދި ބޭރު ޤައުމެއްގައި ދިރިއުޅޭ ދިވެހިން އެ ދިރިއުޅޭ ޤައުމެއްގެ ކަމާބެހޭ ސިއްޙީ އިދާރާތަކުން ދެއްވާ އިރުޝާދުތަކަށް ސަމާލުކަންދިނުމަށާއި ޢަމަލުކުރުމަށް ވެސް އެދޭ ކަމަށެވެ.

Advertisement

ދިވެހިރާއްޖޭގެ އެމްބަސީތަކުގައި ރަޖިސްޓްރީ ކުރުމަށް ބޭނުންވާ މަޢުލޫމާތު، މިމިނިސްޓްރީއާއި އެމްބަސީތަކުގެ ވެބްސައިޓުން ލިބޭނެ ކަމަށް ވެސް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން ޗައިނާގައި ނޮވެލް ކޮރޯނާވައިރަސް ނުހަނު ބާރަށް ފެތުރެމުންދާތީ، މިވަގުތު ކޮންމެހެން ފުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ، ދިވެހިން ޗައިނާއަށް ދަތުރުނުކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިބަލި ފެތުރެމުންދާ އެހެން ޤައުމުތަކަށް ވެސް، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް