Advertisement
ކ. މާލެ
|
30 ޖެނުއަރީ 2020 | ބުރާސްފަތި 22:38
އެއަރޕޯޓުގައި އަޅާފައިވާ ފިޔަވަޅުތައް މިނިސްޓަރު ބައްލަވާލައްވަނީ
އެއަރޕޯޓުގައި އަޅާފައިވާ ފިޔަވަޅުތައް މިނިސްޓަރު ބައްލަވާލައްވަނީ
ޓޫރިޒަމް މިނިސްޓްރީ
ޓޫރިޒަމް މިނިސްޓްރީ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޓޫރިޒަމް މިނިސްޓްރީގެ ހެލްޕް ޑެސްކެއް ގާއިމުކޮށްފި
ދަތުރުވެރިންނާއި އޮޕަރޭޓަރުން ހޮޓްލައިންއަށް ގުޅުމަށް ވަނީ އެދިފައި
ފަތުރުވެރިކަމަށް އަންނަމުންދާ ޙާލަތު ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައްދަނީ އަޅަމުން
ޗައިނާއިން ރާއްޖެއަށް އަންނަ ޑައިރެކްޓް ފްލައިޓްތައް ވަނީ ހުއްޓުވާފައި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޓޫރިޒަމް މިނިސްޓްރީގެ ހެލްޕް ޑެސްކެއް ޤާއިމުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ދުނިޔޭގައި ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސްއާ ގުޅިގެން ދިވެހި ސަރުކާރުން ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ބުރާސްފަތި ދުވަހުގެރޭ 7:00 އިން ފެށިގެން މިޙާލަތު ބަދަލުވަންދެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޓޫރިޒަމް މިނިސްޓްރީގެ ހެލްޕް ޑެސްކެއް ޤާއިމު ކޮށްފައިވާ ކަމަށެވެ. އަދި ދަތުރުވެރިންނާއި، އޮޕަރޭޓަރުން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، އެމިނިސްޓްރީގެ ސިޗުއޭޝަން މޮނިޓަރިންގ ޔުނިޓުގެ ހޮޓްލައިން ނަންބަރު 7223131 އަދި ހެލްޕް ޑެސްކް ނަންބަރު 9423131 އާ ގުޅުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އެދިފައެވެ.

Advertisement

ޓޫރިޒަމް މިނިސްޓްރީން ކަމާބެހޭ އިދާރާތަކާ ގުޅިގެން މި ދަނޑިވަޅުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ޙާލަތު ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ. އަދި އެ މިނިސްޓްރީގައި ސިޗުއޭޝަން މޮނިޓަރިންގ ޔުނިޓް' އެއް ޤާއިމު ކުރެވި ޤަވާޢިދުން ޓޫރިޒަމް ސިނާޢަތުގެ މަޞްލަޙަތުވެރިންނާއެކު ދުރާލާ ކުރަންޖެހޭ ކަންތައްތައް ކުރަމުންދާ ވެސް ޓޫރިޒަމް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުގެ ދަށުން ޗައިނާއިން ރާއްޖެއަށް އަންނަ ސީދާ ފްލައިޓުތައް މިވަގުތަށް ހުއްޓާލުމަށް ބުރާސްފަތި ދުވަހު ސަރުކާރުން ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް