Advertisement
ކ. މާލެ
|
30 ޖެނުއަރީ 2020 | ބުރާސްފަތި 19:25
ވެބްސައިޓް އިފްތިތާހްކުރި ރަސްމިއްޔާތުގެ ތެރެއިން
ވެބްސައިޓް އިފްތިތާހްކުރި ރަސްމިއްޔާތުގެ ތެރެއިން
ފިޝަރީސް މިނިސްޓްރީ
ފިޝަރީޒް މިނިސްޓްރީ
ގަވް ޑޮޓް އެމްވީ ޕޯޓަލައަށް ފުރަތަމަ ބަދަލުކުރި މިނިސްޓްރީއަކަށް ފިޝަރީޒް
ވެބްސައިޓް ޑިވެލޮޕްކޮށްދިނީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ
ގަވް ޑޮޓް އެމްވީއަށްގެ ތެރެއިން ސަރުކާރު ފެންނާނީ އެއްތަނެއްގެ ގޮތުގައި
ރައްޔިތުންނަށް މައުލޫމާތު ހޯދުމަށް ފަސޭހަވެގެންދާނެ

ގަވް ޑޮޓް އެމްވީ ޕޯޓަލްއަށް ފިޝަރީޒް މިނިސްޓްރީ ވެބްސައިޓް ބަދަލުކޮށް އިފްތިތާޙުކޮށްފިއެވެ.

މިވެބްސައިޓް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް މެރިން ރިސޯސަސް ޒަހާ ވަހީދެވެ. އަދި ވެބްސައިޓް ޑިވެލޮޕްކޮށްދިނީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީންނެވެ.

Advertisement

މިވެބްސައިޓް އިފްތިތާޙުކުރުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރު މަލީހު ޖަމާލު ވިދާޅުވީ އިނިޝިއޭޓެއް ގަވް ޑޮޓް އެމްވީއަށް ސަރުކާރުގެ މައިގަނޑު އިދާރާތައް ބަދަލު ކުރުމުގެ މަސައްކަތް މީގެ މަސްތަކެއް ކުރިން ފަށާފައިވާ ކަމަށެވެ.

މިނިސްޓަރު މަލީހު ވިދާޅުވީ އެކި މިނިސްޓްރީތަކުގެ ވެބްސައިޓް ފަރުމާކޮށްފައިވަނީ އެކިގޮތްގޮތަށް ކަމަށާއި، ގަވް ޑޮޓް އެމްވީގެ ތެރެއިން ސަރުކާރު ފެންނާނީ އެއްތަނެއްގެ ގޮތުގައި ކަމަށެވެ. އޭގެ ސަބަބުން މަޢުލޫމާތު ހޯދުމަށް ފަސޭހަވެގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން އެއްމެ ފުރަތަމަ އިދާރާއެއްގެ ގޮތުގައި ގަވް ޑޮޓް އެމްވީއަށް މައިގްރޭޓް މިކުރެވުނީ ފިޝަރީޒް މިނިސްޓްރީ. ސަރުކާރުގެ އެހެން މިނިސްޓްރީތައް ވެސް ޕޯޓަލްއަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން. އެގޮތުން އަންނަ ހަފްތާގައި ވެސް އިތުރު މިނިސްޓްރީއެއް ގަވް ޑޮޓް އެމްވީއަށްގެ ފްރޭމް ތެރެއަށް ވަދެގެންދާނެ.
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މަލީހު ޖަމާލް

މިމަސައްކަތް ނިމުމާއެކު، މިނިސްޓްރީތަކުގަ ބެކް އޮފީސް އޮޓޮމެޓޭޝަންގެ މަސައްކަތް ވެސް ކުރިއަށްދާނެކަން މިނިސްޓަރު މަލީހު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިނިސްޓަރު މަލީހު ވިދާޅުވީ މަސައްކަތް އަވަސްކޮށް ރައްޔިތުންނަށް ދެވޭ ޚިދުމަތް އަވަސްކުރުމަށްޓަކައި އިތުރު މުހިންމު މަސައްކަތްތަކެއް ފެށިފައިވާ ކަމަށާއި، އޭގެ މައުލޫމާތު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.

ފިޝަރީޒް މިނިސްޓަރު ޒަހާ ވިދާޅުވީ ގަވް ޑޮޓް އެވީ ޕޯޓަލްއަށް މިނިސްޓްރީގެ ވެބްސައިޓް ބަދަލުކުރެވިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ސަރުކާރުން ފައްޓަވާ އާ ޕްރޮގްރާމްގެ އާސިޔާސަތުގެ ދަށުން ހުރިހާ މިނިސްޓްރީތަކެއް އެއްވިއުއަކަށް ގެނައުމަށްޓަކައި ކުރެވޭ މަސައްކަތުގެ ދަށުން ފުރަތަމަ އޮފީހުގެ ގޮތުގައި އަޅުގަނޑުމެންގެ ވެބްސައިޓް ފާހަގަކުރެވިގެން މިދަނީ.
މިނިސްޓަރ އޮފް ފިޝަރީޒް އެންޑް މެރިން ރިސޯސަސް ޒަހާ ވަހީދު

މިނިސްޓަރު ޒަހާ ވިދާޅުވީ މިފްލެޓްފޯމްގެ ދަށުން ރައްޔިތުންނަށް ވަރަށް ލުއިފަސޭހަތައް ލިބިގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް