Advertisement
ކ. މާލެ
|
29 ޖެނުއަރީ 2020 | ބުދަ 08:43
ޖިންސީ ގޯނާއާއި ދެކޮޅަށް މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން
ޖިންސީ ގޯނާއާއި ދެކޮޅަށް މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
އުތެމަ
އިޖްތިމާއީ ރައްކާތެރިކަމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އެކަށީގެންވާ އުޖޫރައެއް ދޭންޖެހޭ: އުތެމަ
މަސްއޫލިއްޔަތާއި އެއްވަރު އުޖޫރައެއް ދޭން ޖެހޭ
އަތޮޅުތަކުގެ ސެންޓަރު ތަކުގައި މަސައްކަތް ކުރަން ތިބެނީ 2 މުވައްޒަފުން
ފާއިތުވި އަހަރު 19 ސެންޓަރު ހިންގުމަށް ކަނޑައެޅިފައިވަނީ 21،497،202ރ

އިޖުތިމާއީ ރައްކާތެރިކަމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އެކަށީގެންވާ އުޖޫރައެއް ދޭންޖެހޭކަމަށް އަންހެނުންގެ ހައްޤުތަކަށް ވަކާލާތުކުރާ ޖަމިއްޔާއެއްކަމަށްވާ އުތެމައިން ބުނެފިއެވެ.

އުތެމައިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިޖްތިމާއީ ރައްކާތެރިކަމުގެ ޚިދްމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ނިޒާމު އެކަށީގެންވާ މިންވަރަށް މަސައްކަތްކުރާ ހާލަތަށް ގެނައުމަށްޓަކައި އެ މަސައްކަތްކުރާ މުވައްޒަފުން އަދާކުރަންޖެހޭ މަސްއޫލިއްޔަތާއި އެއްވަރު އުޖޫރައެއް ދޭން ޖެހޭ ކަމަށެވެ.

އެގޮތުން ފާއިތުވި އަހަރުވެސް ރާއްޖޭގެ އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުތައް ހިންގުމަށް އެކަށީގެންވާ ބަޖެޓް ނެތްކަން ފާހަގަކޮށް އެ ޖަމިއްޔާއިން ބުނީ، އަތޮޅުތަކުގެ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރު ތަކުގައި މަސައްކަތް ކުރަން ތިބެނީ 2 މުވައްޒަފުން ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރަން މީހުން ޝައުޤުވެރި ނުވަނީ ކުރަންޖެހޭ ބުރަ މަސައްކަތަށް އެކަށީގެންވާ އުޖޫރަ ނުދޭތީކަން އެ ޖަމިއްޔާއިން ވަނީ ފާހަގަ ކޮށްފައެވެ.

Advertisement

އޭގެއިތުރުން، އެހެން ރަށްތަކުގައި ހިނގާ ކަންކަން ބެލުމަށް ދަތުރު ކުރުކުރުމާއި، ޚިދުމަތް ފޯރުކުރަން އެކަށީގެންވާ ބަޖެޓާއި އިންސާނީ އަދި އެހެނިހެން ވަސީލަތްތަކެއް ހަމަޖެހިފައި ނުވާކަން ފާހަގަކޮށް އެ ޖަމިއްޔާއިން ބުނީ، މައްސަލަތަކަށް އިޖާބަދިނުމަށް ކުރަންޖެހޭ ކަންކަން ކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ނުވާ ކަމަށެވެ.

އޭގެއިތުރުންވެސް އެ ޖަމިއްޔާއިން ވަނީ އަންހެނުންނަށް ކުރާ އެކިއެކި ޖިންސީ ގޯނާއާއި ޖިސްމާނީ މައްސަލަތައް ބަލައި އެކަށީގެންވާ ނިޒާމެއްގެ ދަށުން ފިޔަވަޅު އެޅޭނެ އިންތިޒާމެއް ޤާއިމު ކުރުމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

ފާއިތުވި އަހަރު ރާއްޖޭގެ ރަށްރަށުގައި ޤާއިމު ކުރެވިފައިވާ 19 ސެންޓަރު ހިންގުމަށް ކަނޑައެޅިފައިވަނީ 21،497،202ރ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް