ކ. މާލެ
|
28 ޖެނުއަރީ 2020 | އަންގާރަ 19:12
ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މެންބަރުން
ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މެންބަރުން
ޝުއައިބް މުހައްމަދު އިގްބާލް
ޖޭއެސްސީ
ހަތަރު ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތައް ބަލަން ތަހުގީގު ކޮމިޓީ އެކުލަވާލައިފި
18 މައްސަލައެއް ތާވަލުކުރެވި 4 މައްސަލައެއްގެ ތަހުގީގު ކޮމިޓީ ވަނީ އެކުލަވާލާފައި

ހަތަރު ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތައް ބަލަން ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކޮމިޓީ އެކުލަވާލައިފިއެވެ.

ކޮމިޝަންގެ މިއަހަރުގެ 9 ވަނަ ބައްދަލުވުމުގައި ނިންމި ކަންކަން ހާމަކުރަމުން އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 22.1 ވަނަ މާއްދާގެ (ބ) ގައި ވާފަދައިން، މައްސަލަ ބެލުމާއި މެދު ގޮތެއް ނިންމާ ކޮމިޓީއިން ބެލުމަށްފަހު، ކޮމިޝަންގެ ބައްދަލުވުމަށް 18 މައްސަލައެއް ތާވަލުކުރެވި، އެ ކޮމިޓީން ބަލަން ނިންމާފައިވާ 04 މައްސަލައެއްގެ ތަޙްޤީޤު ކޮމިޓީ އެކުލަވާލެވުނެ ކަމަށެވެ.

އެގޮތުން ތަޙްޤީޤު ކޮމިޓީ އެކުލަވާލީ އދ. ދަނގެތީ މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް މުޙައްމަދު އާމިރު، ގއ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް ޢަބްދުލްމުޙްސިން ޢަބްދުލްޙަކީމް، ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓްގެ ކ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުޙައްމަދު މޫސާ އަދި ސިވިލް ކޯޓް އިސްޤާޟީ ޢަބްދުﷲ ޢަލީއެވެ.

- ކޮމެންޓް