ކ. މާލެ
|
27 ޖެނުއަރީ 2020 | ހޯމަ 19:28
ކްރޯނާ ވައިސްއާއި ގުޅިގެން އޮފިޝަލުންތަކެއް ހަރަކާތްތެރިވަނީ
ކްރޯނާ ވައިސްއާއި ގުޅިގެން އޮފިޝަލުންތަކެއް ހަރަކާތްތެރިވަނީ
ވޮޝިންގްޓަން ޓައިމްސް
ކޮރޯނާ ވެކްސިން
ކޮރޯނާއަށް އެންމެ އަވަހަށް ވެކްސިންއެއް އުފެއްދޭނީ 6 މަހާއި 1 އަހަރު ދުވަހާ ދޭތެރޭގައި!
 
އޮސްޓްރޭލިއާއިން ބުނެފައިވަނީ 6 މަސް ދުވަސް އަދި އެމެރިކާއިން ބުނެފައިވަނީ 1 އަހަރު ނަގާނެ ކަމަށް
 
އޮސްޓްރޭލިއާގެ އިތުރުން އެމެރިކާ އަދި ޗައިނާ އިން ވެސް ދަނީ ވެކްސިއެއް އުފެއްފުމުގެ މަސައްކަތް ކުރަމުން
 
ސީއީޕީއައި ޖަމިއްޔާއިން ވަނީ ނިއު ކޮރޯނާ ވެކްސިން އުފެއްދުމަށް 15.4 އޮސްޓްރޭލިއާ ޑޮލަރު ދިނުމަށް ނިންމާފައި

ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވޫހާން ސިޓީގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ނިއު ކޮރޯނާ ވައިރަސްއަށް ވެކްސިންއެއް އެންމެ އަވަހަށް ހެދޭނީ 6 މަހާއި 1 އަހަރު ދުވަހާ ދޭތެރޭގައި ކަމަށް ސައިންސްވެރިން ބުނެފިއެވެ.

ކޮރޯނާއަށް ވެކްސިންއެއް އުފައްދާކަން މިހާތަނަށް އިޢުލާންކޮށްފައިވާ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ކްއީންސްލޭންޑުން ބުނެފައިވަނީ އެ ޔުނިވަރސިޓީގެ ރެޕިޑް ރެސްޕޯންސް ޓެކްނޮލަޖީ ބޭނުންކޮށްގެން ކޮރޯނާއަށް ވެކްސިންއެއް އުފެއްދުމަށް އެދިފައިވާ ކަމަށެވެ.

ޔުނިވަރސިޓީން ނެރުނު ބަޔާނެއްގައި ސްކޫލް އޮފް ކެމިސްޓްރީ އެންޑް މޮލިކިއުލަރ ބައޯސައިންސްގެ ހެޑް ޕްރޮފެސަރ ޕައުލް ޔަންގް ވިދާޅުވެފައިވަނީ އެ ޔުނިވަރސިޓީގެ ކެމްޕަހުގައި އާ ޓެކްނޮލަޖީތައް އެބަހުރި ކަމަށާއި، އަވަސް މުއްދަތެއްގައި ވެކްސިން ހެދުމުގެ ޤާބިލުކަން ޔުނިވަރސިޓީއަށް ލިބިގެންވާ ކަމަށެވެ.

އެގޮތުން އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި 6 މަސް ދުވަހުގެ ތެރޭގައި ވެކްސިންއެއް އުފެއްދިދާނެ ކަމަށެވެ. އަދި މިއީ ކޮރޯނާ ވައިރަސްގެ އައުޓްބްރޭކް ހުއްޓުވާ މުޅި ދުނިޔެއަށް ވައިރަސް ފެތުރުން ހުއްޓުވުމަށް އުފެއްދޭނެ ވެކްސިން ކަމަށް ޔަންގު ވަނީ ވިދާޅުވެފައެވެ.

ކޯލިޝަން ފޮރ އެޕިޑެމިކް ޕްރިޕެއަރޑްނެސް އިނޮވޭޝަން (ސީއީޕީއައި) ނުވަތަ ވެކްސިންތައް އުފެއްދުމުގެ މަސައްކަތަށް އެހީވާ ޖަމިއްޔާއިން ވަނީ ކުއީންސްލޭންޑްގެ ޔުނިވަރސިޓީއާއި ގުޅިގެން އަވަހަށް ވެކްސިން އުފައްދަން އެހީތެރިވާނެކަމަށް ބުނެފައެވެ. އެ ޖަމްޢިއްޔާއިން ވަނީ ނިއު ކޮރޯނާ ވެކްސިން އުފެއްދުމަށް 15.4 އޮސްޓްރޭލިއާ ޑޮލަރު ދިނުމަށް ނިންމާފައެވެ.

އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުން ވެސް ދަނީ ކޮރޯނާ ވައިރަސްއަށް ވެކްސިންއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ވެކްސިންގެ ފުރަތަމަ ސާމްޕަލްތައް އުފައްދާ ކްލިނިކަލް ޓެސްޓްތައް ހަދަން މަސްތަކެއް ނަގާނެ ކަމަށް އެ އިންސްޓިޓިއުޓުން ވަނީ ބުނެފައެވެ. އަދި މި ވެކްސިން ދާއިމީކޮށް ލިބެން އަދި އަހަރު ދުވަސް ނަގާނެ ކަމަށް އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލަރޖީ އެންޑް އިންފެކްޝަސް ޑިޒީސްގެ ޑިރެކްޓަރު ޑރ. އެންތަނީ ފައުޗީވަނީ ވިދާޅުވެފައެވެ.

ޓެކްސަސް، ނިއުޔޯކް އަދި ޗައިނާގެ ސައިންޓިސްޓުންގެ ޓީމްތަކުން ދަނީ ވެކްސިންއެއް އުފެއްދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް