ކ. މާލެ
|
27 ޖެނުއަރީ 2020 | ހޯމަ 00:22
ޗައިނާގެ ފަތުރުވެރިން އަނބުރާ ވޫހާންއަށް އަނބުރާ ފޮނުވާލި ރޯޔަލް އެއަރލައިންގެ ބޯޓު
ޗައިނާގެ ފަތުރުވެރިން އަނބުރާ ވޫހާންއަށް އަނބުރާ ފޮނުވާލި ރޯޔަލް އެއަރލައިންގެ ބޯޓު
ސީ.އެން.އެން
ފިލިޕީންސް - ނިއު ކްރޯނާ ވައިރަސް
ފިލިޕީންސްއަށް އެތެރެވި ޗައިނާގެ ފަތުރުވެރިން އަނބުރާ ގައުމަށް ފޮނުވާލައިފި
 
ޗައިނާއިން 500 އާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން ކަލިބޯ އެއަރޕޯޓަށް ޒިޔާރަތްކުރި
 
މިއީ ކަލިބޯ އިން ވޫހާންއަށް ދަތުރުކުރާނެ ފަހު ފުލައިޓް ކަމަށް ފިލިޕީންސް އިން ވަނީ ހާމަކޮށްފައި
 
ޗައިނާގެ ވޫހާންސިޓީން ދަތުރުކުރި 156 ޗައިނާ މީހުން ކަލިބޯ އިންޓަރނޭޝަނަލް އެއަރޕޯޓުން ރޯޔަލް ޗާޓާޑް ފުލައިޓެއްގައި އަނބުރާ ފޮނުވާލާފައިވޭ

ޗައިނާގެ އެންމެ ހަލުވިކަމާއެކު ނިއު ކޮރޯނާ ވައިރަސް ފެތުރެމުންދާ ވޫހާން ސިޓީން ފިލިޕީންސްގެ ވެރިރަށް މެނީލާ އަށް ދަތުރުކުރި ޗައިނާ މީހުން އަނބުރާ އެޤައުމަށް ފޮނުވާލައިފިއެވެ.

ފިލިޕީންސްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފައިވަނީ އާދިއްތަ ދުވަހު އެޤައުމަށް ޗައިނާގެ ވޫހާން ސިޓީން ދަތުރުކުރި 156 ޗައިނާ މީހުން ކަލިބޯ އިންޓަރނޭޝަނަލް އެއަރޕޯޓުން ރޯޔަލް ޗަރޓެޑް ފުލައިޓެއްގައި އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. އަދި މިއީ ކަލިބޯ އިން ވޫހާންއަށް ދަތުރުކުރާނެ ފަހު ފުލައިޓް ކަމަށް ފިލިޕީންސް އިން ވަނީ ހާމަކޮށްފައެވެ.

ފިލިޕީންސްގެ ސިވިލް އޭވިއޭޝަން ބޯޑު އެކްޒެކެޓިވް ޑިރެކްޓަރ ކަރމެލޯ އަރސިލާ ވިދާޅުވެފައިވަނީ ޗައިނާއިން 500 އާ ގާތްކުރާ ޢަދަދަކަށް ފަތުރުވެރިން ކަލިބޯ އެއަރޕޯޓަށް ޒިޔާރަތްކުރި ކަމަށެވެ. އަދި ވޫހާނުން ދަތުރުކުރުން މަނާކުރި ނަމަވެސް އެމީހުން ދަތުރުފެށި މަންޒިލަށް އަނބުރާ ފޮނުވާލާނެ ކަމަށެވެ.

ފިލިޕީންސް އަށް ޗައިނާގެ ފަތުރުވެރިން ދަތުރުކުރި ނަމަވެސް، އެއްވެސް މީހާކު ކަރަންޓީން ނުކުރާކަމަށާއި، އެއީ އެއިން މީހެއްގެ ފަރާތުން ބަލީގެ އަލާމާތެއް ފެނިފައި ނުވާތީ ކަމަށް ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
100%
0%
ކޮމެންޓް