ކ. މާލެ
|
17 ޖެނުއަރީ 2020 | ހުކުރު 08:09
ދުނިޔޭގެ އެންމެ ދިގު ކޭކު އެޅުމުގެ މަސައްކަތް ކުރަމުންދަނީ
ދުނިޔޭގެ އެންމެ ދިގު ކޭކު އެޅުމުގެ މަސައްކަތް ކުރަމުންދަނީ
ދި ގާޑިއަން
ދުނިޔޭގެ އެންމެ ދިގު ކޭކު
އިންޑިއާގެ ކޭކުއަޅާ މީހުން ނުކުމެ ދުނިޔޭގެ އެންމެ ދިގު ކޭކު އެޅުމުގެ މަސައްކަތް ފަށައިފި
މި ކޭކުގެ ދިގު މިނުގައި 6.5 ކިލޯ މީޓަރު ނުވަތަ 4 މޭލު ހުންނާނެ ކަމަށް ބެލެވޭ

އިންޑިއާގެ ދެކުނުން އޮންނަ ކެރެލާގެ ސިޓީއެއްކަމަށްވާ ތްރިއްސުރުގައި ކޭކުއަޅާ މީހުން ނުކުމެ ދުނިޔޭގެ އެންމެ ދިގު ކޭކު އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ގިނިސް ވޯލްޑް ރެކޯޑް ފޮތަށް އެރުވުމުގެ މަގުސަދުގައި ފެށި މި މަސައްކަތުގައި 1500 ކޭކުއަޅާ މީހުންނާއި ކައްކާއިން ހިމެނޭކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މި ކޭކުގެ ދިގު މިނުގައި 6.5 ކިލޯ މީޓަރު ނުވަތަ 4 މޭލު ހުންނާނެ ކަމަށް ބެލެވެއެވެ.

ޗޮކްލެޓް އައިސިން ޖަހައިގެން ހަދާ މި ވެނީލާ ކޭކް ބެހެއްޓުމަށްޓަކައި ހާހަކަށްވުރެ ގިނަ މޭޒު ބޭނުން ކޮށްފައިވެއެވެ. މި ކޭކުގެ ދިގުމިނުކުގައި 4 މޭލު ހުންނާނެ ކަމަށް ބުނާ އިރު، ފުޅާ މިނުގައި 10 ސެންޓި މީޓަރު ހުންނާނެކަމަށް މި މަސައްކަތުގައި އިސްކޮށް އުޅޭ ފަރާތްތަކުން ބުނެއެވެ. މި ކޭކުގައި ބަރުދަނުގައި 27،000 ކިލޯ ހުންނާނެ ކަމަށް ބެލެވެއެވެ.

މި ކޭކު އެޅުމަށްޓަކައި ގާތްގަޑަކަށް 4 ގަޑިއިރު ހޭދަކޮށްފައިވެއެވެ. ކޭކު އެޅުމަށް 12،000 ކިލޯގެ ހަކުރާއި ފުށް ބޭނުންކޮށްފައިވެއެވެ. ކެރެލާގެ ބޭކާސް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ގިނިސް ވޯލްޑް ރެކޯޑް އިން ވަނީ މި ކޭކު ބަލާފައެވެ. ގިނިސް ވޯލްޑް ރެކޯޑުން މިހާރު ކޭކު ބަލާފައިވާ އިރު، އަދި މި ކޭކާއި ދޭތެރޭގައި ވަކިގޮތެއް ނުނިންމައެވެ.

ކެރެލާގައި އެޅި ކޭކުގެ ދިގުމިނަށް ބަލާފައި މިއީ 2018 ވަނަ އަހަރު ޗައިނާއިން އެޅި 3.2 ކިލޯމީޓަރުގެ ފުރުޓް ކޭކަށްވުރެ ދިގު ކޭކަކަށް ވެގެންދާނެއެވެ. މިވަގުތު ދުނިޔޭގެ އެނެމް ދިގު ކޭކު އެޅުމުގެ ރެކޯޑް އޮތީ ޗައިނާ އަތުގައެވެ.

- ކޮމެންޓް