އުރީދޫގެ ޗީފް ފައިނޭންޝަލް އޮފިސަރު އަދި ބޯޑު ޑިރެކްޓަރގެ މަޤާމަށް ބޭފުޅަކު އައްޔަންކޮށްފިއެވެ.
އެ މަޤާމަށް އައްޔަންކޮށްފައިވާ ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމް އަކީ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމާއި އެގްޒެކެޓިވް ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި (އުރީދޫ މޯލްޑިވްސްގެ މައި ހިއްސާދާރު ކަމުގައިވާ ވަތަނިއްޔާ އިންޓަރނޭޝަނަލް އެފްޒެޑް-އެލްއެލްސީ އިން ނޮމިނޭޓްކޮށްފައިވާ ރެޕްރެޒެންޓެޓިވް) އެވެ.
ސުރޭޝް ވަނީ ޓެލެކޮމިއުނިކޭޝަން، ރީޓެއިލް، އަދި މެނުފެކްޗަރިންގ ފަދަ އިންޑަސްޓްރީތަކުގައި މަސައްކަތްކޮށް، ފައިނޭންސްގެ ދާއިރާއިން 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯދާފައެވެ. އުރީދޫ މޯލްޑިވްސްއާ ގުޅުމުގެ ކުރިން އޭނާ ވަނީ އުރީދޫ ގްލޯބަލް ސަރވިސަސްގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމުގައި ވެސް މަސައްކަތްކޮށްފައެވެ. ސުރޭޝް ވަނީ ބާރލާ އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއިން މެނޭޖްމަންޓްގެ ދާއިރާއިން މާސްޓަރސް ހާސިލުކޮށްފައެވެ. އަދި އޭނާއަކީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސް އޮފް އިންޑިއާގެ މެންބަރެއް ކަމަށް އުރީދޫ އިން ބުނެއެވެ.
ސުރޭޝްގެ އެހީތެރިކަމާއި ލީޑަރޝިޕްގެ ދަށުން އުރީދޫ މޯލްޑިވްސްއިން އިތުރު ކުރިއެރުމާއި ކާމިޔާބީތައް ހޯދާނެކަމުގެ އުންމީދު އެބައޮތް ކަމަށް އުރީދޫ އިން ބުނެއެވެ.