Advertisement
ކ. މާލެ
|
29 އޮކްޓޯބަރ 2019 | އަންގާރަ 19:54
ތ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
ތ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
ހެލްތު މިނިސްޓްރީ
ތ. އަތޮޅު ހޮސްޕިޓަލް
ތ. އަތޮޅު ހޮސްޕިޓަލުން ދަތުގެ ފަރުވާ ދޭން ފަށައިފި
ދަތުގެ ފަރުވާގެ ހިދުމަތް 16000 އަށްވުރެ ގިނަ މީހުން ހޯދާނެ
ދުވާލެއްގެ މައްޗައް 100 އަށްވުރެ ގިނަ މީހުން ތ. އަތޮޅު ހޮސްޕިޓަލުން ހިދުމަތް ހޯދާ

ތ. އަތޮޅު ހޮސްޕިޓަލުން ދަތުގެ ފަރުވާގެ ހިދުމަތް ރަސްމީކޮސް ދޭން ފަށައިފިއެވެ.

ތ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ނިޝާމާ މުހައްމަދެވެ.

ހެލްތު މިނިސްޓްރީން ބުނީ ތ. އަތޮޅު ހޮސްޕިޓަލުން ދަތުގެ ފަރުވާގެ ހިދުމަތް 16000 އަށްވުރެ ގިނަ މީހުން ހޯދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މިއީ މުޅި ތ. އަތޮޅުގެ އާބާދީ ކަމަށް ވެސް ހެލްތް މިނިސްޓްރީން ބުނެއެވެ.

Advertisement

ހެލްތް މިނިސްޓްރީން ބުނީ ދަތުގެ ފަރުވާ ހޯދުމައްޓަކައި ވޭތުވެދިޔަ ދުވަސްތަކުގައި އަތޮޅުގެ އެކި ރަށްރަށުން ގިނަ އަދަދެއްގެ ބަލިމީހުން މާލެ އަދި ލ. ގަމު ރީޖަނަލް ހޮސްޕިޓަލްއަށް ރިފާރކުރެވިފާ ކަމަށެވެ. އަދި މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗައް 100 އަށްވުރެ ގިނަ މީހުން ތ. އަތޮޅު ހޮސްޕިޓަލުން ހިދުމަތް ހޯދާކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ތ. އަތޮޅު ހޮސްޕިޓަލުގައި އަލަށް ދޭން ފެށި ދަތުގެ ފަރުވާގައި ބޭނުންކުރާ އާލާތްތަކަކީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާ ކޮއްފައިވާ ސާމާނެވެ. ހެލްތް މިނިސްޓްރީން ބުނީ މިފަދަ ޑެންޓަލް ސެޓަފްއެއް ގާއިމްކުރުމައްޓަކައި މިލިއަނަކަށްވުރެ ރުފިޔާ ހަރަދުވެގެންދާނެ ކަމަށެވެ.

ތ. އަތޮޅު ހޮސްޕިޓަލުގައި މިވަގުތު 5 ސްޕެސަލިސްޓް ޑޮކްޓަރުންނާއި، 2 މެޑިކަލް އޮފިސަރުންނާއި، 11 ނަރުހުން އަދި ޓެކްނިކަލް 9 މުވައްޒަފުން މަސައްކަތް ކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް