Advertisement
ކ. މާލެ
|
29 އޮކްޓޯބަރ 2019 | އަންގާރަ 17:46
ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން
ޝުއައިބް މުހައްމަދު އިގްބާލް
މަރުގެ އިންޒާރު
ފުލުހަކަށް މަރުގެ އިންޒާރު ދިން 3 މީހަކު ހައްޔަރުކޮށްފި
ހައްޔަރުކުރީ 19، 25 އަދި 31 އަހަރުގެ ފިރިހެނުން
އިންޒާރު ދިނީ ފުވައްމުލައް ސިޓީގައި މަސައްކަތްކުރާ ފުލުހަކަށް

ފުވައްމުލަށް ސިޓީގައި ފުލުހަކަށް މަރުގެ އިންޒާރުދިން 3 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ފުލުހަކަށް މަރުގެ އިންޒާރުދިން މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 3 ދިވެހި ފިރިހެނުން އަންގާރަ ދުވަހު (މިއަދު) މެންދުރު ފުވައްމުލަކު ސިޓީން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ދިވެހި ފިރިހެނަކާއި، 25 އަހަރުގެ ދިވެހި ފިރިހެނަކާއި، 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

Advertisement

މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

ފުވައްމުލައް ސިޓީން އަންގާރަ ދުވަހު 3 ޒުވާނަކު ހައްޔަރުކޮށްފައިވާ އިރު، ސޯޝަލް މީޑިއާގައި މީހުންނަށް މަރުގެ އިންޒާރުދީ މުޖްތަމައުގައި ބިރުވެރިކަން އުފެދޭގޮތަށް އަނިޔާވެރިކަމަށް ހިތްވަރުދެމުންދާ މައްސަލައެއްގައި 19 އަހަރުގެ ދިވެހި ފިރިހެނެއް ވަނީ ހޮނިހިރު ދުވަހު ހައްޔަރުކޮށްފައެވެ. މި މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް